Wathan Edhey Gothah – MDP » މައުމޫނު ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ވެރިކަމަށް ދަހިވެތިވުމުގައި ހައްދުން ނެއްޓިފައިވާތީ- ޑރ ވަހީދު

October 21, 2008

މައުމޫނު ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ވެރިކަމަށް ދަހިވެތިވުމުގައި ހައްދުން ނެއްޓިފައިވާތީ- ޑރ ވަހީދު

މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވައިގެން އެ އުޅުއްވަނީ ވެރިކަމަށް ދަހިވެތިވެ، ހައްދުން ނެއްޓިފައިވަ ބޭފުޅަކަށް ވާތީ ކަމުގައި ވަޠަން އެދޭ ގޮތަށް ކެމްޕޭން ކުރައްވާ އެމްޑީޕީ އިއްތިހާދުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ރޭ މާލެވިލިނގިނލި ރައްޔިތުންނާ ބައދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ވެރިކަމުގައި ތިރީސް އަހަރު ހޭދަކުރެއްވުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލައްވައި ރައްޔިތުންގެ ވޯޓުގެ ސާޅީށް ޕަސެންޓް ލިބިވަޑައިގަތުމުން އެހެން ގައުމެއްގައި ނަމަ މައުމޫނަށް އިސްތިއުފާ ދެއްވުމަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޑރ.ވަހީދު ވިދާޅުވީ ހަރުދަނާ ސަރުކާރެއް ހިންގުމުގެ ކެރިކުޅަދާނަކަށް މައުމޫނަށް ލިބިވަޑައިގެންފައި ނުވާކަމަށާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރޖެނެރަލް ރިޕޯޓުން ކަށަވަރުވެފައިވާ ކަމަށާއި އެރިޕޯޓަށްފަހު އެންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވައިގެން ނުވާނެ ކަމަށެވެ. ހަމައެގޮތަށް ރާއްޖޭގެ އިލްމުވެރިންގެ އިތުބާރެއް މައުމޫނުގެ މައްޗަށް މިހާރު ނެތްކަމަށާއި މިކަންކަން މިހެން ހުރުމާއެކު ރައްޔިތޔުންގެ ފައިސާއަށް ޚިޔާނާތް ތެރިވެފައިވާ އިލްމުވެރިންގެ އިތުބާރު ނެތް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވައިގެން އެކަމަށް ފައިނެންގެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.

މާލެވިލިނގިނލީގައި ދިރިއުޅުއްވާ ސިފައިންނާއި ފުލުހުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން އުޅުއްވާ ފްލޭޓްތަކުން އެމްޑީޕީ އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ ނެރުއްވާނެ ކަމަށް ޑީއާރުޕީ އިން ފަތުރާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެމްޑީޕީ އިއްތިހާދުގެ ސަރުކާރުވެގެންދާނީ ރައްޔިތުންނަށް އޯގާތެރި އަދުލުވެރި ހިތްހެޔޮ ސަރުކާރަކަށް ކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން ސާޅީސް ޕަސެންޓް މައުމޫނަށް ލިބިވަޑައިގަތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވީނަމަވެސް ފޮށިތައް އިތުރަށް ޗެކް ކުރަމުންދާއިރު މަކަރު ހަދާފައިވާކަން ކަށަވަރު ކުރެވެމުންދާތީ އެއަދަދަށް މައުމޫނަށް ވޯޓު ލިބިވަޑައިކަން މިހާރު ގަބޫލުކުރެއްވެން ނެތަކްމަށްވެސް ޑރ.ވަހީދު ވިދާޅުވިއެވެ.