Wathan Edhey Gothah – MDP » ރައީސް މައުމޫނު ވެރިކަން ކުރައްވަނީ ގާތްމީހުންނަށް ފުރުސަތުދީ ހިޔާލު ތަފާތު މީހުންނަށް ހުރިހާ ގޮތަކުން ދަތިކޮށްގެން- މޮޑީ

October 21, 2008

ރައީސް މައުމޫނު ވެރިކަން ކުރައްވަނީ ގާތްމީހުންނަށް ފުރުސަތުދީ ހިޔާލު ތަފާތު މީހުންނަށް ހުރިހާ ގޮތަކުން ދަތިކޮށްގެން- މޮޑީ

ރައީސް މައުމޫން ދިވެހިރާއްޖޭގައި ވެރިކަން ކުރައްވަމުން ވަޑައިގެންފައިވަނީ ރައިސް މައުމޫންގެ ގާތް ބޭފުޅުންނަށް ފުރުސަތު ދެއްވައިގެން ރައީސް މައުމޫނާ ޚިޔާލުތަފާތުވާ ބޭފުޅުންނަށް ހުރިހާ ގޮތަކުން ދަތިތައް ކުރިމަތި ކުރައްވައިގެން ކަމަށް އެމްޑީޕީ އިންތިޚާބުގައި ހިމެނިވަޑައިގަންނަވާ ޏ.އަތޮޅު މެންބަރު މުޙައްމަދު އިބްރާހިމް ދީދީ (މޮޑީ) ވިދާޅުވެއްޖެއެވެ. މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ ނާއއިޒު ގޮތުގައި ފައިދާތައް ލިބުނު މީހުން އެތިއްބެވީ ޑީއާރުޕީގައި ކަމަށާއި ޑީއާރުޕީގައި ތިބި ގިނަ މީހުން އެތިބީ އެހެން ގޮތަކަށް ބަދަލު ނުވެވޭވަރަށް އޭގެތެރެއަށް މޫލާފައި ކަމަށެވެ.

ވަޠަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން މާލެ ވިލިނގިނލީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ތިރީސް އަހަރު ލިބުނުއިރުވެސް ދިވެހިރާއްޖެއަށް ބަދަލު ނުގެނެވުނު ބަޔަކަށް ދެން އިތުރަށް ބަދަލު ނުގެންނެވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ބަދަލަކަށް އެދި އެކި ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންވެސް މުޙައްމަދު ނަޝީދު އަންނިއަށް ވޯޓު ދެއްވުމަށް މުޙައްމަދި އިބްރާހިމް ދީދީ އެދިވަޑައިގަތެވެ.