Wathan Edhey Gothah – MDP » މައުމޫނާއި އިދިކޮޅު މީހުންނަށް އަނިޔާދީ ބަދަލު ހިއްޕަވާނެކަން ތާރީހުން އަންގައިދޭ- ރީކޯ މޫސަ

October 21, 2008

މައުމޫނާއި އިދިކޮޅު މީހުންނަށް އަނިޔާދީ ބަދަލު ހިއްޕަވާނެކަން ތާރީހުން އަންގައިދޭ- ރީކޯ މޫސަ

އިންތިޚާބުގެ ކުރިއަށް އޮތް ބުރު ކާމިޔާބު ވިޔަސް ދިވެހިރައްޔިތުންގެ ކިބައިން ނުވަތަ މައުމޫންގެ ސަރުކާރާ ދެކޮޅު ބޭފުޅުންގެ ކިބައިން ބަދަލު ނުހިއްޕަވާނެ ކަމަށް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި މައުމޫންގެ ސަރުކާރު ނިމުމަކަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކަށް އަނިޔާދީ ބަދަލު ހިއްޕަވާނެ ކަމަށާއި އެއީ ތާރީޚުން އަންގައިދޭ ހަގީގަތެއް ކަމަށް ލ.އަތޮޅު އިއްޒަތްތެރި މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

ވަޠަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން މާލެ ވިލިނގިނލީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް މައުމޫން ކިޔަވައި ވިދާޅުވަން ހުންނެވިއިރު، ލީބިޔާއިން ހަތިޔާރު އެތެރެކޮށްގެން އިބްރާހިމް ނާސިރުގެ ވެރިކަން ވައްޓާލުމަށް ރާވައި ހަތިޔާރު ހޯދުމަށް ޓިމެއް ލިބިޔާއަށް ފޮނުއްވިކަން އެކަމުގައި އުޅުއްވި ބޭފުޅުން މޫސަގެ އަރިހު ވިދާޅުވެފައިވާ ކަމަށެވެ.

މޫސަ އަށް ޖަލުގައި ދިން އަނިޔާތަކަށް އިޝާރާތް ކުރައްވައި، މަސްއޮޑި ނަސީމް މެންނަށާއި ކުވާ މުޙައްމަދު މަނިކުމެންނަށް ހެއްދެވި ގޮތާއި އޮގަސްޓް ބާރަތޭރައިގެ ހާދިސާގފައި ކަން ހިނގާ ދިޔަ ގޮތަށް އިޝާރާތް ކުރައްވައި މޫސަ ވިދާލުވީ މިފަހަރު މައުމޫނަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ، އިސްލޙަށް މަސަްކަތް ކުރި އެންމެންގެ ބޯ ކަނދުރާއާ ވަކި ކުރާނެ ކަމީ ގައިމު ކަމެއް ކަމަށެވެ.

މައުމޫން އަބްދުލްޤައްޔޫމަކީ އަނިޔާވެރިއެއް ކަމަށައި އޭނާ ހައްޔަރު ކޮށްދެއްވުމަށް ސިފައިންނާއި ފުލުހުންނަށް މޫސަ ގޮވައިލެއްވިއެވެ.

Photos by M I Maniku

5 Comments

 1. ރީކޯ މޫސަ ދެއްކީ ވަރައްވެސް އަސަރުން ފުރިގެންވާ ވަހަކަ ކޮޅެއް. މައުމޫނުގެ އަނިޔާވެރިކަން ވަނީ ހައްދު ފަހަނަ އަޅާ ގޮސްފަ. އެކަލޭގެ ވެރިކަމުން ބޭލުމަކީ އެންމެގެ ޒިންމާއެއް. މިފަހަރު އެކަަން ކުރަން ހިނގަމާ. މިފަހަރު މީ އަހަރުމެންގެ ފަހަރަށް ހަދާމާ

  Comment by Anonymous — October 21, 2008 @ 9:00 am

 2. ރީކޯމޫސަ ދެއްކި ވާހަކައިގެ ވިޑިއޯ ޔޫތިއުބް އަށް އަޕްލޯޑް ކޮށްދެއްވައިފިނަމަ، މިވާހަކަތައް އަޑުއިވިފައި ނުވާ ގިނަ އަދަދެއްގެދިވެހީންނަށް ފެނި އަދި އަޑުއިވިގެންދާނެ! ﷲގެ އިރާދަފުޅުން މިފަހަރު، ވަޠަން އެދޭގޮތަށް މިކަންތައް ނިމިގެންދާނެ!

  Comment by Ibraheem — October 21, 2008 @ 7:55 pm

 3. މައުމޫނަކީ ފެށުނީއްސުރެވެސް އަނިޔާވެރިޔެއް. މިފަހަރު އޭނަ ހޮވުނަސް ނުހޮނުވަސް ވާނެ އޭނަ ގެ ދުވަސް ދުއްވާލަން!!!

  Comment by boakiba — October 21, 2008 @ 9:55 pm

 4. މައުމޫނަށް އަނިޔާކޮށް މަރާލަން އަހަރެން ގޮވާލަން، އޭނާޔަށް ހައްގު އަދަބުދޭން އަހަރެން ބޭނުން.. ކަތިލާ، ފިހެލާ، ކައްކާލާ، އަންދާލާ، އަދި ކާފަރު ކުއްޓި ވެސް ކަތިލާ، އަނގަ އޮރި ކަލޭގެ (ކުއްޓި) މައުމޫނަށް ސަދިޖަވެސް ޖަހާ….

  Comment by Cristian DRP — October 21, 2008 @ 10:02 pm

 5. އަހަރެމެން ވެސް މިތިބީ މޫސަ އާ އެކު އެބޭގަޑު ބާލަން ތައްޔާރަށް. މިފަހަރު އަހަރެމެން ނަށް މާތްﷲގެ އިރާދަފުޅުން ކާމިޔާބު ދެއްވާނެ.

  Comment by ammysh — October 21, 2008 @ 10:32 pm