ފަރެސް މާތޮޑާގެ އަންހެނުން ގުޅިފައިވާ އިއްތިހާދަށް ތާއީދުކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދޭ
އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު އިތުރުކުރުމަށްޓަކައި ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރާ ފަރެސް މާތޮޑާގެ އަންހެނުން “ވަތަން އެދޭ ގޮތަށް” ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.
ފަރެސް މާތޮޑާގައި ކެމްޕޭން ހަރަކާތްތައް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ ދުވަހެއްގެވެސް ހަވީރު އަންހެނުންދަނީ ނަޝީދަށް ތާއީދުކުރުމުގެ ހިނގާލުންތަކެއް ބާއްވަމުންނެވެ. އަދި މިހިނގާލުމުގައި ރަށުގެ އެކި ހިސާބުތަކަށް ގްރޫޕްތަކުން ގޮސް އެހިސާބުތަކުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް މައުލޫމާތު ދެމުން ދެއެވެ.
މީގެ އިތުރުން ރޭ މިރަށުގައިވަނީ އަންހެނުންނަށް ހާއްސަ ޖަގަހައެއް ހުޅުވާފައެވެ. މިޖަގަހައިގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު އަންހެނުން ހޭލުންތެރިކުރުމަށްޓަކައި އެކި ބޭފުޅުން ވާހަކަ ދެއްކެވުމާއި އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކުގެ ރެކޯޑިން ދެއްކުން އޮންނާނެކަމަށް ކެމްޕޭން އިންތިޒާމްކޮމިޓީން މައުލޫމާތު ދެއްވައެވެ. އެފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި މިހަފްތާ ތެރޭގައި ގދ އަތޮޅުގެ އެހެން ރަށްރަށުގައި ކެމްޕޭން ކުރުމަށްޓަކައި އަންހެނުންގެ ޓީމުތައް ފޮނުވަން ހަމަޖެހިފައިވެއެވެ.
ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް
Comment by adam rizmeen — October 21, 2008 @ 5:22 am
ފަރެސްމާތޮޑާގެ ހުރިހާރައްޔިތުންނަށް އިގޭނެ މައުމޫނުގެ އަނިޔާވެރިކަން. އެމްޑީޕީގެ ފަރާތުން އިބުރާހިމް ހުސެއިން ޒަކީ ދުރުވެ ރައްޔިތުންނަށް ކުރެވުނު އަނިޔާގެ ރިޕޯޓްނަންގަވައިގެން ލަންޑަނަށްވަޑައިގެން ދުނިޔޭގެ ސަމާލުކަމަށް އެމައްސަލަ ގެންނެވިކަން ތި އެންމެ ބޭފުޅުންނަށް އިގޭނެ. =ނިކްސް=
Comment by Anonymous — October 21, 2008 @ 10:37 pm
ސާބަހޭ ތިކުރާހިތްވަރަށް! ހުރިހާބޭފުޅުންވެސް ވަތަންއެދޭގޮތަށް ކުރިޔަށް ހިނގާ؟
Comment by noddy — October 21, 2008 @ 10:43 pm
ފަރެސް މާތޮޑާ މުސްލިމުންނައް މައުމޫނުގެ އޯޑަރައް ކުރިއަނިޔާ ހަނދާންނައްތާލާނީ ކިހިނަކުން ހީނުކުރާތި ރާއްޖެތެރޭމީހުންގެ ތިބުނާ ކުޅަދުމަދުވާނޭ ކޮންމެފަހަރަކު ވެރިކަމުގެ ދަހިވެތިކަމުގާ ރާއްޖެތެރޭ ނިކަމެތިންގެ ބޮލައްތިސަވާރުވަނީ ދޮގުވައުދުތައްތިކުރަނީ ހިތާމަކުރަން މައުމޫނައް ދީނުންބޭރުވާއިރުވެސްނޭގޭތީވެ
Comment by amir — October 21, 2008 @ 11:19 pm
މަރުހަބާ
Comment by ahmed ali — October 22, 2008 @ 1:09 am
ސާބަސް ތިކުރަނީ ގައުމީ ޚިދުމަތެއް! ސާބަސް!
Comment by Anonymous — October 22, 2008 @ 9:23 am
ތިހެން ހިފަހައް ޓާ. ގޮޅާބޯ އާ ދެކޮޅަށް ތެދުވޭ
Comment by its me — October 22, 2008 @ 10:55 am
ތިކުރާ ހިތްވަރަތށް ސާބަސް. ތިގޮތުގައި ކުރިޔަށް ދައްޗޭ. މިފަހަރުމީ މައުމޫނު ހަވަރަށްދޭ ފަހަރު ކަމުގައި ހަދަމާ.
Comment by aisha — October 22, 2008 @ 2:23 pm
މިލިޔުމާއި ނުގުޅޭ ޚިޔާލެއް މިއީ….. އެކަމަކު އެހެން ގޮތެއްނެތިގެން މިލިޔުނީ މައުމޫނަށް ވޯޓު ނުވާލާފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ފުލުހުންނަށްވަނީ ދީފަ…….
Comment by Anonymous — October 22, 2008 @ 7:43 pm
މައުމޫނުގައިގަ އަތްލިޔަސް ނިމުނީ! ހަނދާން ކުރައްޗޭ
Comment by Anonymous — October 23, 2008 @ 1:16 am
ސާބަސް ހަމަ ފަރެސް މާތޮޑާ ގެ ރައްޔިތުންނަށް
Comment by fathun — October 23, 2008 @ 11:40 am
ތިކުރާހިތްވަރަށް ހަމަސާބަހޭ، މިފަހަރު ބަދަލުކުރެވޭނެ ބަދަލުކުރާނަން މާތްﷲ އިރާދަފުލުން އަންނި އަށް ކާމިޔާބު ދެއްވާނެ ، ފަރެސް ރައްޔިތެއް
Comment by Anonymous — October 23, 2008 @ 11:44 am