Wathan Edhey Gothah – MDP » ސަރުކާރު ހިންގުމުގެ ބާރުތައް ގާނޫނު އަސާސީ ޚިލާފުވާފަދަ ގޮތަކަށް ޔާމީނާއި އެކު ހިއްސާކުރުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފި

October 21, 2008

ސަރުކާރު ހިންގުމުގެ ބާރުތައް ގާނޫނު އަސާސީ ޚިލާފުވާފަދަ ގޮތަކަށް ޔާމީނާއި އެކު ހިއްސާކުރުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބު މައުމޫނު އަބްދުލްގައްޔޫމަށް ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު އަސާސީ އާއި ޚިލާފުވާފަދަ ގޮތަކަށް ސަރުކާރު ހިންގުމުގެ ބާރުތައް ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމާއި އެކު ހިއްސާކުރެއްވުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފިއެވެ.

ގުޅިފައިވާ އިދިކޮޅު ހަތް ޕާޓީ އެކުލެވޭ ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި އާއްމުކުރި މި އެއްބަސްވުމުގައި ވާގޮތުން މައުމޫނު ހޮވިއްޖެނަމަ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާއި ސަރުކާރުން ނިންމާ ނިންމުންތައް ނިންމާނީ ޑީއާރުޕީގެ ފަރާތުން ކަނޑައަޅާ 3 މީހުންނާއި ޕީއޭ ގެ ފަރާތުން ކަނޑައަޅާ 3 މީހުން މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. މީގެ އިތުރުންވެސް އިގްތިސާދީ ހުރިހާ ނިންމުންތަކެއް ނިންމުމަށްޓަކައި ވަކި ވުޒާރާއެއް ކަނޑައަޅުމަށްވެސް އެއްބަސްވެފައިވާއެވެ.

މިއެއްބަސްވުމާއި މެދު ވާހަކަ ދައްކަވަމުން އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ޑރ ހަސަން ސައީދަށް ތާއީދުކުރައްވާ ޑރ އަހުމަދު ޖަމީލު ވިދާޅުވީ މި އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ޚިލާފުވާ އެއްޗެއްކަމުގައެވެ. އަދި މިއެއްބަސްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ނިގުޅައިގެންފައިވާކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވި ގޮތުގައި މިއީ އިންތިހާބަކާއި ނުލާ ޔާމީނަށް ވެރިކަން ފުރޮޅާލުމަށް ވެފައިވާ އެއްބަސްވުމެކެވެ. މީގެ ޑީއާރުޕީއިން މިގައުމަށް އިސްލާހު ގެނެސްފީމޭ ބުނަނީ މިފަދަ ކަންތައްކުރުމަށްތޯ ޖަމާލު ސުވާލުކުރެއްވިއެވެ.

ޖުމުހޫރީ ގުޅުމުގެ ނައިބް ލީޑަރ އަހުމަދު ނާޝިދު ވިދާޅުވީ މައުމޫނަށް ވެރިކަން ލިބުމުން މިއެއްބަސްވުމާއި އެއްގޮތަށް އަމަލުކުރާން ފަށައިފިނަމަ މިގައުމަށް އިސްލާހު ގެނައުމަށް މަސައްކަތްކުރާންފެށި ދުވަސްވަރުގެ ހާލަތަށްވުރެ ދަށަށް މިގައުމުދާނެއެވެ. އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވީ މިއީ ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް ލިޔެފައި އިތުރު ފަސްއަހަރު ޚުދުމުޚްތާރު ވެރިކަމެއް ކުރާންވެގެން އުޅޭކަމުގެ ހެއްކެއް ކަމުގައެވެ.

ޑރ ހަސަން ސައީދުގެ ރަނިންމޭޓް ޑރ އަހުމަދު ޝަހީދު ވިދާޅުވީ މިއެއްބަސްވުމަކީ ޑީއާރުޕީގެ މެމްބަރުންނަށްވެސް އޮޅުވާލައިގެން ކޮށްފައިވާކަމަކަށްވާތީވެ ޑީއާރުޕީގެ އާއްމު މެމްބަރުންވެސް މިފަހަރު ވޯޓުލެވެމުން މިދަނީ ކާކަށްތޯ ވިސްނާލަން ޖެހޭކަމުގައެވެ.

7 Comments

  1. ސާބަހޭ. ސާބަހޭ.
    މިފަހަރު މީ އަހަރަމެންގެ ފަހަރޭ.
    އެބޭ ވެރިކަމުން ބާލާފަހަރޭ.
    މިފަހަރު ރައްޔިތުން ވޯޓް ލާނީ ބަދަލަކަށޭ/
    މިފަހަރު ވެރިކަން ކުރާނީ ކުދި ބޮޑު އެންމެ ހާ ރައްޔިތުން.

    Comment by Anonymous — October 21, 2008 @ 10:40 am

  2. މާތް ﷲ އަންނި ތިކުރާ މަސައްކަތަށް ބަރަކާތް ލައްވާށޭ…. ދިވެހި ހެޔޮވިސްނޭ ކޮންމެ މީހަކު އަންނި ތިކުރާ މަސައްކަތަށް ތައުރީފް ކުރަންޖެހޭނެ…

    Comment by Malik — October 21, 2008 @ 11:56 am

  3. ހަމަ ސާބަސް…….. އެންމެން އެކަތިގަނޑަކަށްވެ ކުރައްވަމުން ތިޔަ ގެންދަވާ
    ބަރަކާތްތެރި މަސައްކަތަށް ނަގުލުރޯޅި “އިސްލާހުގެމަގު” ގެ ޓީމުން ސާބަސްދީ
    ޝުކުރު އަދާކުރަމެވެ. ޤައުމަށް ބޭނުންވަނީ އިސްލާހެވެ.
    ހެޔޮބަދަލެވެ. މިކަމުގައި މީސްތަކުންނަށް ހެޔޮގޮތް
    ވިސްނައިދިނުމުގައި ނަގުލުރޯޅި އިން މިއަންނަނީ
    މަސައްކަތް ކުރަމުންނެވެ.
    30 އަހަރުވީ އަނިޔާވެރިކަމަށް ނޫނެކޭ ބުނާށެވެ…….
    ނަގުލުރޯޅި އަކީ 2004 ވަނަ އަހަރުން ފެށިގެން
    ވެލިދޫގައި ނެރެވެމުން އަންނަ މިނިވަން ނޫހެއް!!

    Comment by Naguluroalhi Team — October 21, 2008 @ 1:38 pm

  4. މި އެއްބަސްވުމުން ދޭހަވަނީ، މިހާރުގެ ރިފޯރމް މިނިސްޓަރ ކުއްޓި ނަޝީދު ގެންގުޅެނީ، ފެނުކައްކާބޮލީގެ ޢިއްޒަތުގައިކަން. ކުއްޓިމެންގެ ޖާހިލުކަން ހިސާބަށްވުރެ މައްޗަށް ދިޔައިމަ، ވިސްނާކަށް ބޭނުމެއްވެސް ނުވާނެ.އަދިވެސް މަ މޮޅުވެގެން އުޅޭތި………

    Comment by Rush — October 21, 2008 @ 1:39 pm

  5. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ވަރަށް ހިއްވަރާއެކު މަސައްކަތް ކުރައްވަން. ޑީ.އާރު.ޕީ އަށް އިތުރު 20،000 ވޯޓް ލިބިއްޖެނަމަ، އެމީހުން މި އިލެކްޝަން ކާމިޔާބު ކުރާނެ. ވީމާ، އެންމެ އިތުރު ވޯޓެއްވެސް އެފަރާތަށް ނުދިނުމަށް ހުރިހާ ފަރާތްތަކަށް އަންގަވައި ދެއްވާ.

    Comment by Deena — October 21, 2008 @ 4:02 pm

  6. މިފަހަރު އަޅުގަނޑުމެން ބޭނުންވަނީ ރަގަނޅު ހެޔޮ ބަދަލެކެވެ. އެއީ ސަބަބުތަކެއްނެތިޔެވެސްނޫނެވެ. އަޅުގަނޑުމެންގެ ގައުމުގަ ބޭނުންވަނީ އެންމެންގެމެދުގަ އިންސާފާ ހަމަހަމަޔަށް ކަންތަކުރުމަށެވެ. އަދި ގާނޫނާ އިސްލާމްދީނުގައި ވާހަމަތަކާ އެއްގޮތައް ކަންތަކުރުމަށެވެ. މިގައުމުގައި ބޭނުންވަނީ އާއިލީ ވެރިކަމެއް ނޫނެވެ. ބޭނުންވަނީ ރައްޔިތުންގެވެރިކަމެކެވެ. މިގައުމުދެކެލޯބި އަދި ގައުމަށްރަންގަނޅު އިސްލާހެއް ގެނަންބޫނުމިޔާ ނަސީދުއަށް ވޯޓެއްދެއްވުންއެދެމެވެ.

    Comment by Ahmed Niyaz — October 21, 2008 @ 8:49 pm

  7. މައުމޫނަކީ ތިގޮތަށް ފެންމަތިވާ ވާހަކަތައް ޢާންމުންނަށް ވިސްނުނަ ނުދީ މަކަރާ ހީލަތުން ވާހަކަ އޮށްބާލާ މީހެއް. މާދަމާ ތިކަމަށްޓަކައި މަކަރުވެރިރޭވުންތަކެއްގެ ދަށުން އަންނިއާ ބެހޭ ވާހަކަތަކެއް އުފައްދާ ޓީވީއާ ރޭޑިއޯއިން ފަތުރަންފަށާނެ. އެކަމުގައި ވަރަށް ކުޅަދާނަ ޓީމެއް މައުމޫނު ގެންގުޅެނީ. ހުސްޖާހިލުން. ރަށްފުށުގެ މީހުންތައް ހައްލުވަމުން އެގެންދާގޮތް ނިކަންބަލާބަލަ. މައުމޫން ވެރިކަމަށް އެރިފަހުން އެންމެ އިސްކަމެއްދެނީވެސް ރައްޔިތުން މަގުފުރައްދަން. އެއްކަމަކަށް މިހާތަނަށް އެންމެބޮޑުހޭދައެއް މައުމޫން ކުރީވެސް މިކަމަށް. މައުމޫން ޤަބޫލުކުރާގޮތުގައި އަދިވެސް ރަށްފުށުގެ ގިނަމީހުންނަކީ ހޭލުންތެރިކަން ވަރަށް ކުޑަބައެއް. މިރޫހުގައި އަދިވެސް މަސައްކަތް ކުރަމުންއެދަނީ. ވީމާ ރާއްޖޭގެ ރަށްރަށުގައި އިއްތިހާދުން ވަރަށްގަދައަށް ކެމްޕެއިންކޮށްގެންމެނުވީ ކާމިޔާބުގެ އަށްސޭރިއަކަށް ނުދެވޭވެކަން ގަބޫލުކޮށްގެން މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން. މިއީ ވަރަށްސީރިއަސްވާހަކައެއް. -މާހިރު-

    Comment by Anonymous — October 21, 2008 @ 11:38 pm