މިފްކޯގެ އިސްވެރިން ދެއްކެވި ހިތްވަރުގަދަ މިސާލަށް ސާބަސްދީ މަރުހަބާ ކިޔަމެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ޢާދިލް ސަލީމާއި އޭނާގެ ދަށުން މަސައްކަތް ކުރައްވާ މިފްކޯގެ ސީނިއަރ މުވައްޒަފުން ވަޠަން އެދޭގޮތަށް ކެމްޕޭންގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރުމަކީ ހިތްވަރުގަދަކަމުގެ މިސާލެއްކަމަށް މިކެމްޕޭނުން ދެކެމެވެ. އަދި އެކަމަށް ސާބަސް ދީ މަރުހަބާ ކިޔަމެވެ.
މިފްކޯގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެބޭފުޅުން ވިދާޅުވީ ރާއްޖެއަށް ބަދަލެއް ގެންނަން ވެއްޖެ ކަމަށް އެބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި ފަހަތަށް ފިޔަވަޅު ނާޅުއްވައި ކުރިމަގަށް ވިސްނަވައި ވޯޓު ދެއްވުމަށް އެބޭފުޅުން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަދަލު ގެނައުމުގައި ޒުވާން، ތަޢުލީމީ މީހުން ބައިވެރިވާން ވެއްޖެ ކަމަށް އެބޭފުޅުން ދެކެވަޑައި ގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ މިފްކޯއަކީ އެކުންފުނީގެ މުވައްޒަފުންނަށް ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަށް މަޖުބޫރު ކުރާ ކުންފުންޏެއް ނޫންކަމަށާއި މިފްކޯގެ އަމާޒަކީ އެބޭފުޅެއްގެ ސިޔާސީ ފިކުރާއެކު ކުރިއަށް ވަޑައިގަތުން ކަމަށާއި އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި، ކޫއްޑޫގައި މަސައްކަތް ކުރާ އެކުންފުނީގެ އިސް ބޭފުޅަކު ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާތީ އެބޭފުޅާ މާލޭ ގެންނަވައި ރާއްޖެއިން ބޭރަށް ފޮނުއްވާ ލެއްވުމަށް އޭނާއަށް އަންގަވާފައިވާ ކަމަށެވެ.
އެބޭފުޅުންގެ ސިޔާސީ ވިސްނުމާއި ފިކުރު ހާމަކުރުމަކީ އެބޭފުޅުންނަށް ގާނޫނުން ލިބިދީފައިވާ ހައްގެއް ކަމަށާއި އެހައްގުގެ ބޭނުންކުރެއްވުމުން އެބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓް އިޢުލާން ކުރެއްވުމުން އެބޭފުޅުންގެ ވަޒީފާއަށް ހުރަސް އެޅުއްވުން، ވަޒީފާ ބަދަލު ކުރެއްވުން، ވަޒިފާއިން ވަކި ކުރެއްވުން ކަހަލަ ކަމެއް ސަރުކާރުން ނުކުރައްވާކަމަށް އެބޭފުޅުން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ކުރެއްވި ނަމަވެސް އެބޭފުޅުންގެ މިނިންމެވުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މިނިންމުން ނިންމެވީ ގައުމާ މެދު ވިސްނަވައި ގައުމަށް އެންމެ ފައިދާހުރީ މިގޮތުގައި ކަމަށް އެބޭފުޅުންނަށް ކަށަވަރުވާތީ ކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ރާއްޖެއަށް ބަދަލު ބޭނުންވާ ކަމަށާއި އެބަދަލު މިހާރު ތިބިގޮތުގައި ތިބެގެން ނުގެނެވޭނެ ކަމަށާއި ބަދަލު ގެނައުމުގެ އުއްމީދު ގެއްލިފައިވާ ދިމާ ދޫކޮށް ހުރިހާ ފަރާތްތަކުންވެސް އުއްމީދު އޮތް ދިމާލަށް ވަޑައިގަތުމަށް ގޮވައިލެއްވިއެވެ.
މިފްކޯގެ އިސްވެރިންގެ މިސާލަށް ތަބާވެ ރާއްޖޭގެ އެހެނިހެން ކުންފުނިތަކުންވެސް ވަތަން އެދޭ ގޮތަށް އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދަށް ތާއީދުކޮށް މުހައްމަދު ނަޝީދަށް މިފަހަރު ވޯޓު ދެއްވުމަށް މިކެމްޕޭނުން ގޮވާލަމެވެ.
ރަގަޅު ފާލެއްދޯ ހުން ގަނޑިޔާ ދެކޮޅައް ނުކެނޑިޢްޖިއްޔާ ރަނގަޅު ………ސާބަހޭ އާދިލް ވަތަން އެދޭގޮތައް،،،،،،،،…/////؟؟؟ ތީ ރަގަޅު ދަރިޔެއް …..ދިވެހި
Comment by shafeeg — October 21, 2008 @ 3:09 am
ތިހުންނަނީ މިހާރު ކަންފަތަށް މިޔުޒިކް ގޮތުގަ ބަލައިގަނެވޭ އަޑު އަޑު…..
Comment by Anonymous — October 21, 2008 @ 7:32 am
ސާބަސް އާދިލް!ތިގޮތަށް ގައުމަށް ހިދުމަތް ކުރަން ހުރޭ.އިރާދަކުރެއްވިއްޔާ މިފަހަރު ބަދަލުވާނެ
Comment by ibyad — October 21, 2008 @ 9:05 am
” ވިސްނާށޭ ޤައުމު” ގެ މައުނަ ވަރަށް ފުން. ޢާދިލް އަށް ސާބަސް. އަމިއްލަ ފައިދާއަށްވުރެ މުޅި ޤައުމުގެ މުސްތަޤުބަލަށް ވިސްނާ ކޮންމެ ދިވެއްސެއްގެ ހިތުގެ ޢަޒުމަކަށް ވާންވާނީ، ވޭތުވެ ދިޔަ 30 އަހަރުގެ ޚުދުމުހުތާރު ވެރިކަން ބަދަލުކޮށް، މުޅި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެނައުމަށް، އެންމެން އެކުގައި އަތުކުރި އޮޅާލައި، ސަފުތަށް ރުކުރުވާލުން.
Comment by Rush — October 21, 2008 @ 10:08 am
މިފްކޯގެ އިސްވެރިން މިސާލަކަށް ބަލައި، އެމް.ޓީ.ސީ.ސީ، އަދި މޯލްޑިވިއަން ފަދަ ކުންފުނިތަކުންވެސް، ވަތަން އެދޭ ގޮތަށް، އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދަށް ތާއީދުކޮށް މުހައްމަދު ނަޝީދަށް މިފަހަރު ވޯޓު ދެއްވުމަށް ގޮވާލަން.
Comment by Rush — October 21, 2008 @ 10:28 am
well it seems Mr. adil has been fired for his courageous outburst last night. so much for a free and fair election yeh….DIE YOU OLD BITCH (MAUMOON)
Comment by dheyo — October 21, 2008 @ 11:26 am
މާތްﷲ އިރާދަފުޅުން މިޤައުމުދަނީ ކުރިޔަ އަދި މިކަހަލަ ޤިނަޤުނަ ދިވެހި ބަތޮލްއުންވަނީ ލޯހުޅުވެމުން ދިހުންމީ މިޤައުމަ ލިބެމުން ކުރިން. ތިދަކުވާދިން ހިތްވަރަ މިފްކޯގެ މުވަޒިފެގެ ގޮތުން ވަރަށް ބޮޑަ ހުފާކުރަން އަދި މަނިކުފާނައި އެކޮ މަސަތްކުރުން ލިބުނުކަމީ ވަރަވެސް ފަޙުރުވެރިވަކަމެކެވެ.
ވަޠަން އެދޭގޮތަށް – ހުރިހާ މަސްވެރިން
Comment by Anonymous — October 21, 2008 @ 12:30 pm
މިފްކޯގެ އިސްވެރިންނަށް މަރުހަބާ!
Comment by asham — October 21, 2008 @ 12:52 pm
އާދިލް ވަޒީފާއިން ވަކިކުރާނެ. އެ ހަމަޔަގީން ކަމެއް. މައުމޫނެއްނުން ހުރީ ވެރިކަމުގައި. ލަދެއް ހަޔާތެއް ނުހުންނާނެ.
Comment by xekoh — October 21, 2008 @ 12:56 pm
ވަރަށް ގަދަ
Comment by Anonymous — October 21, 2008 @ 1:34 pm
I don’t think this a positive forecast, as I found these people join hands with a dictator last 30 years sucking people blood , robbing our nation from its spine and now they found no escape from prosecution , the only hideaway escape if join Wathan Edhey Grand Alliance. P with bitter heart in mind. This is pure hypocrisy; we can only forgive past mistakes in faith only not in social crimes
Comment by halaal — October 21, 2008 @ 2:08 pm
މަރުހަބާ އާދިލް…. އާދިލްމިހަރުވަނީ ވަޒީފާއިން ވަކިކޮށްފަ. އެހެން ނަމަވެސް އަޅުގަނޑު ބުނެލަން އޮތީ މައުމޫނެއް ނޫނޭ ރިޒްގް ދެއްވަނީ. އިރާދަ ކުރައްވާިޔަ އާދިލް އާއި އާދިލްގެ އަނބިދަރިން ތިބޭނީ 03 އިރު ކައިގެން އުފަލުގައޭ. އެދުވަސް އާދިލްއަށް މައުމޫނަށް ފެންނާނޭ
Comment by Anonymous — October 21, 2008 @ 3:33 pm
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާތިފް ޟަކޫރު ޑީއާރްޕީއަށް ކޭމްޕެއިން ކުރައްވަނީ، މިފްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ވަޠަން އެދޭގޮތަށް ކޭމްޕެއިން ކުރީމަ ވަގުތުން ވަޒީފާއިން ބޭރު ކުރީ. މީ އަޅުގަނޑްމެން ވިސްނަންޖެހޭ ސީރިއަސް މައްސަލަތަކަކީ، މިބޭބެ ހުރެގެން މިގައުމު އިސްލާހެއްވެސް އަދި އެހެން ކަމެއްވެސް ނުވާނެ. މިބޭބެ އަކީ ނާއިންސާފުގެވެސް ބައްޕަ ކަމާއި މެދު އަޅުގަނޑު ޟައްކެއް ނުކުރަން. މީ ތައުލީމީ ޒުވާނުންނަށް ދިން ވަރަށް ބޮޑު އިންޒާރެއް އަދި މީކަމުން ދޭހަކޮށްދެނީ އޭނަ ބޭނުންނުވާގޮތަށް މިގައުމުގައި ފިޔަވަޅެއްވެސް ނޭއެޅެނޭ. ހިތާމަ ކުރަން އަޅުގަނޑު ގޮވާލާހިތް އޮތީ ފަސްނުޖެހި ހުރިހާ ތައުލީމީ ބޭފުޅުން މިކަހަލަ ކަންތަށް ދެން އިތުރަށް ތަހަންމަލް ނުކޮށް ވަޠަން އެދޭގޮތަށް ނިކުމެ މިހިސާބުން މިވެރިކަމުގައި ސިއްކަ ޖަހާ މިކަންތަށް ނިންމާލާ ރައްޔިތުންގެ ވެރިކމަށް މިގައުމު އަނބުރާ ގެނައުން. މާތްﷲ އަޅުގަނޑް މެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި އާމީން.
Comment by haalathu — October 21, 2008 @ 3:47 pm
ބަދަލު ކުރެވޭނީ އަނިއަށް : ސާބަހޭ އަނީ : ތީއަހަރެމެން ބޭނުން ވާކަހަލާގެ މީހެައް::::
Comment by rikko — October 21, 2008 @ 4:24 pm
Aadil saleem ves e vaki kureenu …mee insaaf …mee minivan kamakee…Information ministarah ves mikameh nufenun dhoa? dhen bunaane thimanna ey insaaf hoadha dhey meehakee ..mi kahala kanathah vaa iru thibenee nidhaafa dhoa?? ..kureega maumoonah vote liyas dheneh nulaanan…dhanna haa dhanna bayeh ves mifaharu anni kolhah aburaanan…
Comment by addu — October 21, 2008 @ 5:16 pm
ވޭތުވެ ދިޔަ 30އ ތެރޭގައި މައުމޫނު ކުރިކަމަކަށް އެއްވެސް ގޮތަކުންނުވަތަ ސިފައެއްގާ އިހްތިޖާޖު ކުރިނަމަ އެމީހަކަށް ޖަލުގޭގެ ތޭރިތަކުގެ ހުރި ނާމާންކަން އިހުސާސް ނުކުރުވާ މީހަކު މިދިވެހިރައްޖޭގައި ނުވާނޭކަން ކަށަވަރު ޔަގީނެވެ، މައުމޫނުގެ މިސާލަކީ ކަރުތާފެނުގައި ބަކަތަޅާ މީހެކެވެ، މިއަދު އާދިލު ވަޒީފާއިން ވަކިކުރުމުން ދިވެހިންނަށް ސާބިތުވެން އެދިޔައީ މައުމޫނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ހުރިނުކުޅެދުންތެރިކަމާއި، އެވެރިން ގެންގުޅޭ ދެއުޅިއަށް ނުވާ ވިސްނުމެވެ،
އަދި ހިތުގާ އާލާވާ ސުވާލަކީ، ހަމައަލީވަހީދަށް ވުރެން ބުއްދީގައި ތެއްކަމެށް ހުރިމީހަކު ޑީއާރޕީގެ މީޑިއާ އޮފީހުގަ ނެތީބާ؟
Comment by ralhey — October 21, 2008 @ 7:12 pm
އާދިލް އަކީ ހީރޯ އެއް
Comment by jerry — October 21, 2008 @ 8:50 pm
ސާބަސް .މަނުމުނު އަކަށް ނެތްލިބިފަޔެއް މީހުންގެ ރިޒުގު ބަންދުކުރުމުގެ ބާރެއް. އަހަރެމެންގެ ދީނަކީ އިސްލާމް ދީން،ޑީއާރު ޕީ ގެ މައުމޫނިއްޔާ ދީނެއްނޫން.
Comment by Mohamed — October 21, 2008 @ 9:18 pm
މިފްކޯގެ އިސްވެރިންނަށ ސާބަސް…. މަރުހަބާ އާދިލް!
ވަޠަން އެދޭގޮތަށް އަންނި އަށް ވޯޓދެއްވާ!!!!!!!!!
Comment by faxyl — October 21, 2008 @ 9:20 pm
މައުމޫނަކީ ބިރުގަންނަ މީހެއްކަން މިއަދު އެނގިއްޖެ. އިންޑިޔާގެ މައިސޫރާ ބެންގަލޫރުގައި ވޯޓުފޮށި ނުބެހެއްޓީ ހަމަ ގަންނާކުރަށްވާ ބިރުން. އޭނަޔަށް އެނގޭވިއްޔާ ވޯޓެއްނުލިބޭނެކަން. ހަނދާން ކުރާތި މައުމޫނު ކަލޭގެ ނުފޫޒުން ހަމަ ވޯޓުފޮށި މައިސޫރާ ބެންގަލޫރުގައި ނުބެހެއްޓީ. ހަނދާންކުރާތި އަހަރެމެން ނަކީ އެހާފިނޑިބަޔެއް ނޫނޫ. މިފަހަރު އަހަރެމެން އެންމެން ގާތްގަނޑަކަށް 1826 މީހުން ޓްރެވިންޑްރަމް ގޮސް މައުމޫނާ ދެކޮޅަށް ވޯޓުލާނަން. އަހަރެމެން ނަށް މިފަދަ ތަކުލީފެއް ޖެއްސީ ތީވެސް ވޯޓުލާން ނުދާންތިބި ކިތައްމެ މީހުނެއްވެސް ދާނެ.އަހަރުމެން ނަކީ ވަރަށް ހިތްވަރުގަދަ ބަޔެއްކަން މިފަހަރު މައުމޫނަށް އެނގޭނެ. ކކކ
Comment by Mohamed — October 21, 2008 @ 9:31 pm
ސާބަހޭ އާދިލް! ތީހަމަ ޤައުމީ ބަޠޮލެއް!
Comment by Anonymous — October 21, 2008 @ 10:17 pm
މާތްﷲ އިރާދަފުޅުން އާދިލް ގެ ތިއެދުން ފުރިހަމަ ކުރައްވާށި!
Comment by anonymous — October 21, 2008 @ 10:21 pm
ސާބަހޭ އާދިލް!!! ތިކުރާމަސައްކަތައް ،…… ތިކަހަލަ ދަރިންތަކެއް މި ކުޑަ ދިވެހިރާއްޖެއަށް ބޭނުންވަނީ،، އަޅުގަނޑުމެން ފަޚްރުވެރިވަން މަނިފާނު އަޅުގަނޑުމެންނަން ދިކޮށްދި ހިދުމަތައްޓަކާ،،،،،،
Comment by aishaa — October 21, 2008 @ 10:54 pm
ސާބަހޭ އާދިލް. އާދިލް އަލިފުށި ރައްޔިތުން ތިބީ އާދިލް އާ އެކުގައި. ސާބަސް. ހަމަ ސާބަސް މިފްކޯގެ މެނޭޖްމެންޓަށް.
Comment by citizens of Alifushi — October 22, 2008 @ 8:31 am
އަޅުގަނޑުމެނޗ ވަރަށް ބޮޑަށް އުފާ ވެއްޖެ އާދިލް ކަހަލަ ބޭފުޅެއް ވަތަން އެދޭ ގޮތަށް ޓީމަށް ތާއީދު ކުރެއްވީތީވެ. ސާބަސް އާދިލް އަށް.
Comment by citizens of guraidhoo — October 22, 2008 @ 8:34 am
އަޅުގަނޑު އުފާކުރަން އާދިލް ހަޤީގަތާ ކުރިމަތިލި ކަމަށްޓަކާ! ތިޔަކަހަލަ ދަރިން މިގައުމަށް ބޭނުންވަނީ!!!!!!!!!!!
Comment by james — October 22, 2008 @ 9:25 am
އާދިލްކުޅެފައޮތް ބުލޫފިލްމް ވަރަށްސަޅި.. ދެންމިހާރުއަދިމާމޮޅަށް ބުލޫފިލްމް ކުޅެވޭނެ. އެއީ ރީކޯމޫސަފަދަ ފުންނާބުއުސް ވަކަރުގޭ ފިލްމީތަރިންނާއެކުގަ މަސައްކަތްކުރުމުގެ ފުރުސަތުލިބުމުން.
Comment by matheen — October 23, 2008 @ 2:35 am
މައުމޫން އާއި ތަސްމީން އާއި ޔާމީން އާއި ، މިމީސް މި މީސް މީހުންނަކީ ޤާރޫން އާއި ހާމާން އާއި ޤާރޫން އާއި މިފަދަ އަނިޔާވެރިން ފަދަ މިޒަމާނުގެ އަނިޔާވެރިންނެވެ.
Comment by Anonymous — October 23, 2008 @ 9:13 am
މައުމޫނު އަދިވެސް މިއުޅެނީ މީހުންނަށް ބިރުދައްކަންދޯ!!
ކޮއްކޮ ޔާމީނަށާ ޅިއަނު އައްބާހަށް ތިދައްކާ ބިރެއް ދައްކާ!!
މައުމޫނަށްވެސް އެނގޭނެ ޑިމޮކްރަސީ ހަމަތަކުގެ މަތިން 7ވަނަ ދައުރަކަށް ކުރިމަތި ލީމަ ވީވަރު، އެހެންފަހަރު ފަހަރު ވަގުވޯޓުލައިގެން 90ޕއސެންޓް ލިބޭވިއްޔަ، މިފަހަރު ވަގުހަދިގެންވެސް 40ހަމަވީ ކިރިޔާ، އަހަރެންމީ ނަސްރީނާނަމަ އިނދެގެންވެސް ނޫޅުނީމުސް،
ނޫނޭ ބެއްޔާ ކަރަށް މަޅިވެއްޓެންދެން ހުންނާތި،
އިރާދަކުރެއްވިއްޔާ މީ ރައްޔިތުންގެ ފަހަރު، މައުމޫނު އެއްގޮތަކަށްވެސް ހީނުކުރާތި އަހަރެމެން ވާގި އެދެނީ ކަލޭގެ ކިބައިންނޭ!
އަހަރެމެންވެސް ކަލޭވެސް ހެއްދެވިފަރާތުން އަހަރެމެން ދިވެހިންގެ ދުޢާތަށް އިޖާބަކުރައްވާ ދުވަސް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ދައްކަވާނެ، ސާބަސް ގުޅިފައިވާ ދިވެހި ބަތޮލުން…
Comment by Fayaax — October 23, 2008 @ 4:45 pm
އާދިލް ސާބަސް
Comment by Iyad — October 24, 2008 @ 1:34 am
އާދިލް އަކީ ބަތަލެއް!!
Comment by zaneen — October 24, 2008 @ 1:14 pm
ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާން ދޭން!!!
Comment by NaisaaBOORII — October 24, 2008 @ 1:16 pm