Wathan Edhey Gothah – MDP » މިޑްޓާމް އިލެކްޝަން އެއް ބާއްވަން ފުރުސަތު ދެނީ މުސްތަގްބަލްގައި ފާޅުވާން ތިބި ސިޔާސީ ލީޑަރުންނަށްޓަކައި – ކެންޑިޑޭޓް ނަޝީދު

October 21, 2008

މިޑްޓާމް އިލެކްޝަން އެއް ބާއްވަން ފުރުސަތު ދެނީ މުސްތަގްބަލްގައި ފާޅުވާން ތިބި ސިޔާސީ ލީޑަރުންނަށްޓަކައި – ކެންޑިޑޭޓް ނަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށްފަހު މިޑްޓާމް އިލެކްޝަންއެއް ބާއްވަން ފުރަސަތު ދޭނީ މުސްތަގްބަލުގައި ފާޅުވާން ތިބި ސިޔާސީ ލީޑަރުންނަށްޓަކައި ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭން އާދަޔާ ޚިލާފު ސިޔާސީ ލީޑަރުންތަކެއް އުފެދިފައި ވީނަމަވެސް އެއިގެ ތެރޭގައި އަދިވެސް ފާޅުވެ ފެނިގެންދާނެ ހުނަރުވެރި ސިޔާސީ ބޭފުޅުންތަކެއް ތިއްބަވާނެއެވެ.

ނަޝީދު އެ އިޝާރަތް ކުރައްވާ ސިޔާސީ ލީޑަރުންގެ ތެރޭ ޚުދު ޑީއާރުޕީގައި ވެސް އެފަދަ ބޭފުޅުން ތިއްބަވާނެކަމަށާއި، އެމްޑީޕީ ގެ ޓީމްގައިވެސް އަދި ކުރީސަފަށް ނުނުކުންނަވާ ތަޖްރިބާކާރު ގާބިލް ބޭފުޅުން އެބަތިއްބެވި ކަމުގައި ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ނަޝީދު ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި މަސައްކަތްކުރައްވާން ނިކުންނެވީ ހެޔޮވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެއްވުމަށެވެ. އަދި ހެޔޮވެރިކަމެއް މިރާއްޖޭގައި ގާއިމްކުރެވެންދެން މިމަސައްކަތުގައި އުޅުއްވާނެކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ވެރިންނާއި ރައްޔިތުންނާއި ދެމެދަށް ވަންނަވާން އޭނާ ބޭނުންފުޅު ނުވާކަމަށެވެ.

ހެޔޮވެރިކަމެއް މިރާއްޖޭގައި ބާއްވަން ބޭނުންނަމަ ސާފުސާދާ އިންތިހާބެއް ބާއްވަންޖެހޭނެ ކަމަށާއި މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމެއްގައި އިންސާފުވެރި އިންތިހާބެއް މިރާއްޖޭގައި ނުބޭއްވޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މައުމޫނުގެ ނުފޫޒާއި ބާރު އެތައްގޮތަކުން ވޯޓްދޭ މީހުނަށް ފޯރުކުރައްވަމުން ގެންދަވާކަމަށާއި އަދި މިހާރުގެ ވެރިކަން އަމާންކަމާއިއެކު ފުރޮޅާލުމުގެ ގާބިލްކަމާއި އަޒުމާއި ހިތްވަރު އެބަހުރިކަމުގައިވެސް ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަދި އުވިދިޔަ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ވެސް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރ އަބްދުﷲ ޖާބިރު މިހާރު ތިއްބެވި ދެ ރިޔާސީ ނައިބުންގެ ތަފާތަށް ބައްލަވާލެއްވިއެވެ. އަދި ޑރ ހަސަން ސައީދަށް ތާއީދުކުރައްވާ ޑރ ޖަމީލް ވަނީ މައުމޫނާއި ޔާމީންގެ ބާރުތައް ބެހުމުގެ އެއްބަސްވުމުގެ ނުރައްކާ އާއްމުންނަށް ހާމަކުރައްވާފައެވެ.


Photos by M I Maniku

3 Comments

  1. ސާބަހޭ އާދިލް…ތި ކުރާ މަސައްކަތަށް ސާބަސް…..

    Comment by shain (naifaru) — October 22, 2008 @ 7:31 am

  2. ސާބަހޭއަންނި ސިޔާސީ ލީޑަރުން ތިބޭނީތިހެން މަންޑޭލާވެސް ވަރައްގުރުބާނީތައްވި ދުނިޔެއައް އިސްލާހުގެނެސް ވެރިކަން ދޫކޮއްލީ މިދަނޑިވަޅުގަ ޑީއާރުޕީ ވެސް އަންނިޔާގުޅުން ބުއްދިވެރީ ޑީއާރުޕީ ގަވެސް އެބަތިބި ވެރިކަމައް ގާބިލުމީހުން އެމީހުނައްފުރުސަތުލިބޭނެ މައުމޫނުވައްޓާލެވިޖިޔާ

    Comment by naanu — October 22, 2008 @ 9:20 pm

  3. އާދިލްކުޅެފައޮތް ބުލޫފިލްމް ވަރަށްސަޅި.. ދެންމިހާރުއަދިމާމޮޅަށް ބުލޫފިލްމް ކުޅެވޭނެ. އެއީ ރީކޯމޫސަފަދަ ފުންނާބުއުސް ވަކަރުގޭ ފިލްމީތަރިންނާއެކުގަ މަސައްކަތްކުރުމުގެ ފުރުސަތުލިބުމުން.

    Comment by afeef — October 23, 2008 @ 2:02 am