Wathan Edhey Gothah – MDP » ވަތަން އެދޭގޮތުގެ ގުޅުމުގެ ފަރާތުން ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ އާއި ބައްދަލުކުރައްވައިފި

October 21, 2008

ވަތަން އެދޭގޮތުގެ ގުޅުމުގެ ފަރާތުން ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ އާއި ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ މިސްޓަރ ޕޯލް އޯ ގްރޭޑީ އާއި ވަތަން އެދޭގޮތުގެ ގުޅުން (އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުން) ތަމްސީލު ކުރާ ޓީމަކުން ބައްދަލު ކުރައްވައިފިއެވެ. މި ޓީމްގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީ ގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ނާއިބު ޑރ. މުހއްމަދު ވަހީދު ހަސަން މަނިކާއި، ގުޅިފައިވާ ޕާލިމެންޓަރީ ގުރޫޕުން ހަސަން އަފީފާއި، ގައުމީ މަޖިލިސް މެމްބަރު އަދި އެމްޑީޕީ އިލެކްޝަންސް ބަލަހައްޓަވާމުހައްމަދު ރަޝީދެވެ.

ރިޔާސީ އިންތިޚާބު 2008 ގެ ފުރަތަމަ ބުރުގައި ހިނގައިދިޔަ ގާނޫނާއި ގަވާއިދާ ޚިލާފް މައްސަލަތަކާއި، އައިޑީ ކާޑް ތަކާއި ބެހޭ މައްސަލަތަކާއި، ވޯޓަރުންގެ ލިސްޓް ގައި ދިމާވި މައްސަލަ ތަކާއި، ވޯޓްފޮށި ކައިރީ ބައިތިއްބާ މީހުންގެ މައްސަލަ ތަކާއި ޖަލުގައި ތިބި ގައިދީންނަށް އައިޑީކާޑް ހަދާދިނުން ލަސްވަމުންދާ މައްސަލަ ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ ގެ އަރިހުގައި ވަތަން އެދޭގޮތުގެ ޓީމުން ވަނީ ދަންނަވާފައެވެ. މި މައްސަލާތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްޕުޅު ތަކާއިއެކު ނަންގަވާދެއްވާނެ ކަމުގައި ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ މިސްޓަރ ޕޯލް އޯ ގްރޭޑީ ވަނީ ވިދާޅުވެފައެވެ.

4 Comments

 1. އެހެންތަވަނީ!

  Comment by Anonymous — October 22, 2008 @ 10:37 pm

 2. އިތިހާދައް ސާބަސް މިފަހަރު ބަދަލުވާނެ ބަދަލު ކުރެވޭނެ!

  Comment by Anonymous — October 24, 2008 @ 6:53 am

 3. ގޮޅާބޯ އިސްތިއުފާ މިއީ ހަރު ބަހެށް

  Comment by adam — October 25, 2008 @ 10:10 am

 4. މައުމޫނުގެ ބަހާއި ޢަމަލު ވޭތުވެދިޔަ 30 އަހަރެކޭ އެއްފަދައިން މިހާރުވެސް ދިމާނުވާކަމުގެ ހެކިތައް ވަރަށް ފާޅުކޮށް ފެންނަން އެހެރީއެވެ. ތިމާއާއި ބެހެގޮތުން ފާޑެއް ކިއިއްޖެ ނަމަ، ފާޑުކީ މީހެއްގެ ދުވަސް ދުއްވާލުމަކީ އޭނާގެ ޠަބީޢަތުގައިވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެ ރިޕޯޓުގައިވާ ގޮތުން އޮފީހުގައި ހުރި މައްސަލަތައް އިޞްލާޙުކުރުމުގެ ބަދަލުގައި އޭގެ ޙައްލުކަމުގައި މައުމޫނާއި އޭނާގެ ބައިވެރިންނަށް ފެނުނީ އޮޑިޓަރ ޖެނެރަލް ބޭރުކުރުމެވެ. މިކަން އަޅުގަނޑުމެންނާއި ހަމައަށް ފެންމަތިވެފައި ނެތްނަމަ، މިއީ އެމަނިކުފާނު ގެންގުޅުއްވާ އުޞޫލުކަން އަޅުގަނޑުމެންނަށް ނޭގުނީހެވެ. މިއީ އަޅުގަނޑުމެން ވިސްނަން ވެއްޖެ ކަމެކެވެ. ވިސްނަންވީ އަޅުގަނޑުމެންނަށް ޙަޤީޤަތް ނޭގޭ ކަންކަމުގައި އެމަނިކުފާނުގެ ޢަމަލު ހުންނާނީ މިއަށް ވުރެވެސް ނުބައިކޮށް ކަމެވެ. އިޞްލާޙުކުރުމާއި އިޞްލާޙު ޤަބޫލުކުރުމަކީ އެމަނިކުފާނު ބޭނުންފުޅު ކަންކަން ނޫންކަމެވެ. ވީމާ، އިދިކޮޅު ބޭފުޅުންގެ މަސައްކަތުން ރާއްޖެއަށް އައިސްފައިމިވާ އިޞްލާޙު އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދާނެ ކަމާއި މެދު ޝައްކެވެ. އެހެންކަމުން، މިފަހަރު އެމަނިކުފާނު ބަދަލުކޮށް އަންނި ވެރިކަމަށް ހޮވުމަކީ އިޞްލާޙުގެ ކަންތައް ކުރިއަށް ދާނެ ހަމައެކަނި ގޮތެވެ. 28 އޮކްޓޯބަރ 2008 ގައި ނެގޭ ވޯޓުގައި އަންނިއަށް ވޯޓުދޭށެވެ.

  Comment by Mohamed — October 25, 2008 @ 2:05 pm