Wathan Edhey Gothah – MDP » ކެންޑިޑޭޓް ނަޝީދަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ ވަޒީފާއިން ވަކިކުރި މައްސަލަ ކުށްވެރިކުރަން – ޒަކީ

October 22, 2008

ކެންޑިޑޭޓް ނަޝީދަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ ވަޒީފާއިން ވަކިކުރި މައްސަލަ ކުށްވެރިކުރަން – ޒަކީ

ވަތަން އެދޭގޮތަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ އާދިލް ސަލީމް ވަޒީފާއިން ވަކިކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވާކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ.

ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ޒަކީވަނީ އާދިލް ވަތަން އެދޭ ގޮތަށް އެބުރިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައެވެ. އަދި މައުމޫނު އަބްދުލް ގައްޔޫމުގެ ކެމްޕޭންގައި ދުވަހުން ދުވަހަށް މަސައްކަތްކުރައްވަމުން ގެންދަވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާތިފް ޝަކޫރާއި މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ އާދިލް ވަޒީފާއިން ވަކިކުރުން ކުއްވެރިކުރައްވާ ކަމަށާއި އޭގެން ދައްކުވައިދެނީ މައުމޫނުގެ ސަރުކާރުގައި ހަމަހަމަކަމާއި އިންސާފެއް ނެތްކަން ކަމުގައި ޒަކީ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ހުއްދަދެއްވަމުން ސިޔާސީ ފިކުރު ގެންގުޅުއްވާ ގޮތަކުން އެއްވެސް ބޭފުޅަކަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާނެކަމަށާއި އެއްވެސް ފިއްތުމެއް ކުރިމަތިނުކުރައްވާނެކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވާކަމަށް ޒަކީ މިއަދު ހަދާންކޮށްދެއްވިއެވެ. އެހެންނަމަވެސް އޭގެފަހުން ކަންތައް ވެފައިވާ ގޮތުންނާއި ގާނޫނު އަސާސީ އިސްލާހުވުމަށްފަހުވެސް މިހާރު ފެންނަމުން މިދާ މަންޒަރުތަކުން އެނގެނީ ރައީސް މައުމޫނަކީ ޑިމޮކްރަސީ ދަންނަ ބޭފުޅެއް ނޫންކަމުގައި ޒަކީ ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި އާދިލް ސަލީމް ބައިވެރިވެވަޑައިގަތެވެ. އާދިލްވަނީ އެބޭފުޅާއާއި މެދު ސަރުކާރުން ކަންތައްކުރެއްވި ގޮތުގެ ސަބަބުން އެކަމާ ހިތްހަމަ ނުޖެހިގެންވިޔަސް މިފްކޯއަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އެތާގެ މުވައްޒިފުންނަށް ގޮވާލައްވާފައެވެ. އާދިލް މިއަދު ހާމަކުރެއްވި ގޮތުގައި އެބޭފުޅާ ވަޒީފާއިން ވަކިކުރެއްވިކަމުގެ ސަބަބު އަންގާ ވަޒީފާއިން ވަކިކުރި ޗިޓް އަދިވެސް އެބޭފުޅާއަށް ލިބިވަޑައިނުގަންނަވައެވެ. ނަމަވެސް ރޭ ދަންވަރު ރައީސް އޮފީހުން ގުޅުއްވާފައި އާދިލް މިފްކޯގެ ބޯޑުން ވަކިކުރެއްވިކަން އަންގަވާފައިވާކަމުގައި އާދިލް މިއަދު ވިދާޅުވިއެވެ.

އާދިލް ވަޒީފާއިން ވަކިކުރެއްވީ ސިޔާސީ ސަބަބަކުން ނޫންކަމަށާއި މިފްކޯގެ އެތެރޭގައި ކޮރޮޕްޝަންގެ މައްސަލަތަކެއް ބެލެވުމުންދާކަމަށް ފިޝަރީޒް މިނިސްޓްރީގެ ނައިބް ފާތިން ހަމީދު ވިދާޅުވިކަމަށް ނޫސްވެރިޔަކު މިއަދު ދެންނެވުމުން އާދިލް ވިދާޅުވީ ކެންޑިޑޭޓް ނަޝީދަށް އެންޑޯސް ކުރެއްވުމުން އެބޭފުޅާގެ މައްޗަށް ތުހުމަތުތައް އަންނާނެކަން ޔަގީންކުރެވޭ ކަމަށާއި ނަމަވެސް ވައްކަމެއް ދުވަހަކުވެސް ކުރައްވާފައި ނޯންނާނެކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށާއި ފާތިން ހަމީދު “އަތްދިގުވެގެން އުޅުއްވަނީ” ކީއްވެތޯ އާދިލް ސުވާލުކުރައްވާފައިވެއެވެ.

25 Comments

  1. އާނ، ފާތިން ހަމީދު މާ އަތް ދިގުވެގެނ އުޅެނިއްޔޯ، އޭނައަކީ ކުރިން މަޖިލީހުގަ އުޅުނު އިރުވެސް އިނގިލި ދިގުވެގެން ނޫސްވެރިޔަކު މެދުވެރިކޮށް ރާއްޖޭގެ އެންމެނަށް އިނގިއްޔެއް ދިން މީހެއް، މިފަހަރު އަތް ކޮންތާކަށް ބާނާނެބާ!!!

    Comment by nadhym — October 22, 2008 @ 3:44 am

  2. […] ކެންޑިޑޭޓް ނަޝީދަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފ

    Pingback by Welcome to Naguluroalhi « NAGULUROALHI — October 22, 2008 @ 8:39 am

  3. އާދިލަށް ދަންނަވަން ބޭނުންވާހާވެސް އެއްޗަކީ، ތިޔައީ ނަމޫނާ ޑިމޮކްރަސީއަށް ދެއްކެވި ނަމޫނާ މިސާލެކެވެ. އަދުގެ ސަރުކާރުން ގެންގުޅުއްވާ ދެފުއް ދެގޮތް ސިޔާސަތުގެ ބަބުން އިތުރައް ބޭޒާރުވުން ނޫންކަމެއް ނުވާނެއެވެ.

    Comment by Ali — October 22, 2008 @ 10:07 am

  4. ތީ ހަމަ ގޮޅާގެ ވައްތަރު.އުމުރު ފަސްދީ ދާއިރުވެސް، ދެގޮތެއް ނުވެ ހުދުމުހް ތާރު ގޮއި ގަނޑުގަ.ހަމަ ސާބަސް ތިކުރާ ހިއްވަރަށް

    Comment by jooo — October 22, 2008 @ 10:50 am

  5. އާދިލް އަކީ ހަމަ ހީރޯ އެށް ތިކަހަލަ ދަރިން މިގައުމަށް ބޭނުން ވަނީ

    Comment by fitte — October 22, 2008 @ 12:45 pm

  6. ގަދީމީގޮތް މަތީ އަބަދަށް ތިބޭކަށް ލާޒިމެއް ނޫނޭ
    މިދީބައްއޮތް މޮޅެއްރަގަޅެއް ލިބުން އެދުމީ ކުށެއްނޫނޭ
    ދަރިންނަށް ފަހިވުމަށް ކުރިމަގު ކިޔާނަމަ މަރުހަބާ އުފަލުން
    ކުރިއްސުރެ ކުރިކަމެއް އެގޮތަށް ކުރާކަށް ވާޖިބެއްނޫނޭ
    އުޅޭ ހާލަތު ރަގަޅުކޮށް ކުރިމަގަށް ހެޔޮގޮތް އެދޭ ގޮތުގައި
    އެޅޭ ބިންގާ ތެދައް އެޅުމަށް މިތާ އަދިވެސް ލަހެއް ނޫނޭ
    ކިހާ ދުވަހަކު ކިހާ ބޮނޑީބޮއެ ކިހާ ދެރައެއް މިގައުމަށް ދިން
    މިހާރުމިހުރި ހުދުމުހުތަރީ ޒައީމެއް ބޭނުމެއް ނޫނޭ
    މިގައުމުގެ ރައްޔަތުން ލޯބިން ބަލައިގަތުމުން މި އެމް.ޑީ.ޕީ
    މިގައުމުގެ ވެރިކަމަށް ދާތަން ދުށުންދެން މަލަހެއްނޫނޭ.
    އަޅުގަނޑުގެ ދުއާއަކީ މައުމޫނުގެ އަނިޔަވެެރި ވެރިކަންް ނިމުމަކަށް ﷲ ސުބުހާނަހޫ ވަތައަލާ ނުމުމަކަށް ގެނައުމެވެ. =ނައިންޓެ=

    Comment by Anonymous — October 22, 2008 @ 1:09 pm

  7. ްއާދިލް ގަދަ

    Comment by ahmed mamdhooh — October 22, 2008 @ 1:47 pm

  8. މައުމޫނު ހާދަ ބިރުގަންނަނީތި. ކިތަންމެ ބިރުގަތަސް މިފަހަރު ކުރާނެ ކަމެއްނެތް އިނގޭ. ފިލައިގެންވެސް ދެވެން ނޯންނާނެ. ވިސްނައިގެން ހުންނައްޗޭ.

    Comment by aisha — October 22, 2008 @ 2:15 pm

  9. ހިހިހިހި…. އަދިވެސް މައުމޫނު އަމިއޗލައަށް ބޭޒާރުވަނީ…. މިކަން ނުހުށްޓާނެ އޭނަ…. ޖެހޭނީ ހަމަ ބަދަލުކުރަން… މަ ވޯޓު ބަދަލަކަށް

    Comment by himme — October 22, 2008 @ 5:15 pm

  10. ހިހިހި… ދެން ލަލަލަލަ….

    Comment by sasas — October 22, 2008 @ 5:16 pm

  11. މައުމޫނައް ސާބަސް! ކުރިންހެން ހަމަމިފަހަރުވެސް އަންނި ރައްވާލާތި…
    މައުމޫނައް ސާބަސް!
    މައުމޫނައް ސާބަސް!
    މައުމޫނައް ސާބަސް!
    މައުމޫނައް ސާބަސް!

    Comment by Bond07770 — October 22, 2008 @ 6:53 pm

  12. ބަލަގަ މައުމޫނު ނޫޅޭ އަމްދަކުން ބިރަކުން. މި ފަހަރުވެސް ހޮވޭނީ މައުމޫނު. ކަލޭމެން ކިތަންމެ ވަރަކަށް މައުމޫނު އާއި ދިމާލަށް އެއްޗެހިކިޔަސް އަހަރެމެން ދިވެހިންގެ ހިތެއް ނޭބުރެވޭނެ.

    Comment by anonymous — October 23, 2008 @ 11:19 am

  13. މާތްﷲ އިރާދަ ކުރެއްވިއްޔާ މިފަހަރުވެސް ހޮވޭނީ މައުމޫނު.

    Comment by anonymous — October 23, 2008 @ 11:23 am

  14. ޢާދިލް އެވެ. ޢާދިލް އަކީ އަޅުގަނޑުގެ ގާތް ރައްޓެއްސެކެވެ. ރައްޔިތުންނަށްތާއީދުކުރެއްވުމުން މިފްކޯގެ ވަޒީފާއިން ވަކިކުރުމަކީ މައްސަލަޔެއްނޫނެވެ. އާދިލް މިހާރު ތިޔަހުންނެވީ ރައްޔިތުންނާ އެކުގައެވެ. ކުރިޔަށްއޮތްތާގައި ރައްޔިތުންގެ ޚިދުމަތުގައި މާފުރިހަމަޔަށް ނިކުމެވަޑައިގެންނެވޭނެކަންޔަޤީނެވެ.
    ފިޝަރީޒްމިނިސްޓްރީގާ އެއުޅޭ ގޮތްކުޑަ ފާތިންހަމީދަކީ އެތަނަށް ދިމާވެފައިވާ ބޮޑު މުސީބާތެކެވެ. އޭނަ އައިފަހުން އެތަނުގާ އެތަށް ޒަމާނެއްވަންދެން މަސައްކަތްކުރަމުން އައި ފަންނީ ތަޖުރިބާކާރުންތަށް އެވަނީ ބޭރުކޮށްލާފައެވެ. އެއީ ހަމައެކަނި އޭނަބޭނުންގޮތަކަށް ހުރިހާކަމެއް ކުރަން މަގުފަހިކުރުމަށެވެ.

    Comment by މުސާ ހުސޭން — October 23, 2008 @ 5:41 pm

  15. އާދިލްއަށް ތިޔައައީ ފިޝަރީޒްގަ އެއުޅޭ ފާތިންހަމީދުގެ ހޫނުފެނެކެވެ. އެޔަކުން ވާނެ މާކަބޮޑުކަމެއްނޯންނާނެއެވެ. ފިޗަރީޒުން މަތީ ތަޢުލީމި ހޯދަފައިވިޔެއްކަމަކު އޭނަޔަށްއެގޭނީ ހަމައެކަނި ތަންހަލާކުކުރާށެވެ. ބޮޑުބޭބެ ޔާމިނަށް އީއީޒެޑް އިންކަންކަން ފަހިކޮށްދިނުން ނޫންކަމެއް އޭނަ އެތާކުނުކުރެއެވެ.

    Comment by މުސާ ހުސޭން — October 23, 2008 @ 5:47 pm

  16. އެއާއިލާގެ އާލާތުންނެއްނު މުޅި ރާއްޖޭގަވެސް …ކިހާ ބޮޑު ބަލާއެއް ؟ މި ބޮޑު މައުމޫނޭ ކިޔާ ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ…

    Comment by Anonymous — October 23, 2008 @ 10:18 pm

  17. އެއާއިލާގެ އާލާތުންނެއްނު މުޅި ރާއްޖޭގަވެސް …ކިހާ ބޮޑު ބަލާއެއް ؟ މި ބޮޑު މައުމޫނޭ ކިޔާ ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ…

    Comment by balikashi 30 aharaffahu gadha 5 aharo dhen — October 23, 2008 @ 10:20 pm

  18. އެއާއިލާގެ އާލާތުންނެއްނު މުޅި ރާއްޖޭގަވެސް …ކިހާ ބޮޑު ބަލާއެއް ؟ މި ބޮޑު މައުމޫނޭ ކިޔާ ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ…

    Comment by balikashi 30 aharaffahu gadha 5 aharu dhen — October 23, 2008 @ 10:20 pm

  19. ކުދިންނޭ ނިކަންވިސްނާ ހޭއަރާބަލަ، މީތިޔަކުދިންގެ ޤައުމޭ، ކާބަފައިން ތިޔަކުދިނަނާއި ހަމޔަށް ގެނެސް ދެއްވި އަމާނާތޭ، އިސްލާމް ދީނާއި އިދިކޮޅު އަމަލުތައް ހިންގާ އަދި އެފަދަ އަމަލުތައް ހިންގުމަށް ގޮވާލާ މީހަކަށް ތިޔަ ސަޕޯރޓްކުރާ ކުރުން ތިޔަކުދިން ގެ ކާބަފައިން ވެސް އެކަމާ ދެކޮޅު ހަދާނެ. އަންނި އަކީ ރޯދަވެސް ހިފާމީހެއްނޫން. ރާބޮއި އުޅޭ އަދި ރާބުއިމަށް ހިތްވަރުދޭ މީހެއް. ދޮންމީހުން އުޅޭގޮތަށް އުޅެން ގޮވާލާމީހެއް.

    Comment by Anonymous — October 24, 2008 @ 1:47 pm

  20. އެޅާ އެހުރީ އެރިގޮތަށް ފައިބަން ނޭގިފަ، ބުޅާވެސް ފަހައިގަތީމަ ގޮސް ގަހަށް އަރާ އޮންނާނެ އަމިއްލަޔަށް ފައިބާކަށް ނޭގޭނެ. ދެން ޖެހޭނީ އެންމެންވެގެން ބާލަން. އެބޭ މުސްކުޅި ކަމުން ފައިބާނެ ގޮތެއް ނުވިސްނުނު. ދަމާ ބާލާ.

    Comment by Anonymous — October 24, 2008 @ 7:43 pm

  21. ސާބަހޭ! އާދިލަކީ ހަމަ ހީރޯއެއް!

    Comment by Aneh meeheh — October 25, 2008 @ 1:08 am

  22. އަޅުގަނޑު އެދެނީ ހުރިހާ މައުމޫނުގެ ސަޕޯޓަރުން ރޭގައި އިލްޔާސް ދެއްކެވި ވާހަކަފުޅު ބައްލަވާލެއްވުމަށް

    Comment by Anonymous — October 25, 2008 @ 10:34 am

  23. ކުރިއަށް އޮތް ދެދައުރު ދިވެހި ރާއްޖޭގެ ވެރިކަމުގައި މައުމޫން އަބުދުލް ޤައްޔޫމު ހުންނަވާނެކަމަށް ހޯދުން ތަކުން ދައްކައފި، އަންނިއަށް ބޮޑެތި މުސީބާތްތަކެއް ކުރިމަތި ވަމުން އަންނަކަމަށް ދައްކައިފި، އަންނިގެ ސަޕޯރޓަރުން އަންނި އާއި އިދިކޮޅުވެ އަންނިގެ ދުވަސް ދުއްވާލަން މަސައްކަތް ކުރާނެކަމަށް ދައްކައިފި. އެމްޑީޕީގެ ނަން ކުރިއަށް އޮތް ތިން އަހަރު ތެރޭވެސް ނުވެސް ފެންނަ ހިސާބަށް ވެއްޓިގެން ދާނެކަމަށް ދައްކައިފި. އަންނިގެ ވަރަށް އަރިސް މީހަކު އަންނިއާއި ޚިޔާލު ތަފާތުވެ އަންނިއާއި އިދިކޮޅު ޙަރަކާތްތކެއް ހިންގުމަށް ތައްޔާރު ވަމުންދާކަމަށް ދައްކައިފި. އަންނިގެ ވަރަށް ކައިރީގައި އަންނިގެ ހުރިހާ ސިއްރެއް އެނގޭ ހިސާބު ކައިރީގައި ވަރަށް ނުރައްކާތެރި މީހަކު އެބައުޅޭ. އެމީހެއްގެ ސިފަޔަކީ ހަށިގަނޑަށްވުރެން މޫނުކަޅު ހިނގުމުގައި ކުޑަވަރެއްގެ އައިބެއް ހުންނަ އުމުރުން 47 އަށްވުރެން މަތީ މޫނުގެ ކަނާތް ފަރާތުގައލި ލަކުނެއް ހުރިމީހެކެވެ. އެމީހަކު އަންނިގެ ސިއްރުތައް ޖާސޫސުކޮށް އިދިކޮޅު ފަރާތްތަކަށް އަންގަމުން ގެންދޭ އަންނި އެމީހަކަށް ސަމާލުވާންޖެހޭ. އަންނި އަށް އަދިވެސް އިދިކޮޅު ހަރަކާތްތަކުގައި އިތުރު ކާމިޔާބު ހޯދޭނެ ކަމަށް ދައްކާ، ނަމަވެސް ވެރިކަމަށް އާދެވޭނެ ކަމަށް އެއްވެސް ހޯދުމަކުން އަދި ނުދައްކާ. އެއްވެސް ސުއާލެއޮ އޮތްނަމަ މިސައިޓްގައި ލިއުއްވާ.
    އަޅުގަނޑަކީ ވަކިފަރާތަކަށް ޖެހިފަވާ މީހެއް ނޫން. އަޅުގަނޑު ބަލަނީ މޫނުމަތީގައި ހުންނަ ސައިންތަކުން ނާއި، ތަރިތަކުގެ ހޯދުން ތަކުންނެވެ. އަންނި އަށް މީގެ ފަހުން އަންނި ނުކިޔާށެވެ. އެނަން ރަނގަޅެއް ނޫނެވެ. އެނަމާ އޭނަގެ އުފަން ރާހި އާއި ގުޅުވާލުމުން ދޭތި ދޭއްޗަށް ހަނގުރާމަ ކުރަނީއެވެ. އެއީ، މައްސަލައެކެވެ.

    Comment by readyourfuture — October 25, 2008 @ 12:48 pm

  24. ގދ.ތިނަދޫ ކޯޓްގައި އުޅޭ ޝިމްނާ އާދަމް މައުމޫނު ކެމްޕެއިން އޮފީހުގައި އަޑުގަދަ ކުރާއިން ގޮވިޔަސް އެއީ މައްސަލަ އަކަށް ނުވަނީ ބާވައެވެ. އަދި ހަމަ ތިނަދޫ ކޯޓްގައި އުޅޭ ފަރީޝާ ޢަލީއާއި ޝިމްނާ އާދަމް އާ ދެމީހުން ކެމްޕެއިން ކުރުމުން އެމީހުންނަށް ނައަންނަ ހުކުމް އެހެން ބަޔަކަށްވެސް އައިސްގެން ނުވާނެއެވެ.

    Comment by Anonymous — November 2, 2008 @ 11:48 pm

  25. ގދ.ތިނަދޫ ކޯޓްގައި އުޅޭ ޝިމްނާ އާދަމް މައުމޫނު ކެމްޕެއިން އޮފީހުގައި އަޑުގަދަ ކުރާއިން ގޮވިޔަސް އެއީ މައްސަލަ އަކަށް ނުވަނީ ބާވައެވެ. އަދި ހަމަ ތިނަދޫ ކޯޓްގައި އުޅޭ ފަރީޝާ ޢަލީއާއި ޝިމްނާ އާދަމް އާ ދެމީހުން ކެމްޕެއިން ކުރުމުން އެމީހުންނަށް ނައަންނަ ހުކުމް އެހެން ބަޔަކަށްވެސް އައިސްގެން ނުވާނެއެވެ.

    Comment by heylaa — November 2, 2008 @ 11:49 pm