ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން ރޭ ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއްޖަގަހައަށް ގެއްލުންތަކެއް ދީފި
ވަތަން އެދޭގޮތަށް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިންމާލުމަށް ހިންގަމުންދާ ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއް ޖަގަހައަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންތަކެއް ދީފިއެވެ.
ރޭ ހުޅުވުނު ޖަގަހަތަކުގެ ތެރެއިން ގެއްލުން ދީފައިވަނީ ހެންވޭރު ކަށިމާ ހިނގުމުގައި ހުޅުވި އެވާރ ޗާންސް ޖަގަހައަށެވެ. އެޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސައިކަލްތަކެއްގައި ވަޅި އާއި ކަނޑި ހިފައިގެން އައި ހަމީހަކު މިޖަގަހައިގައި ނަގާފައި ހުރި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ދިދަތައް ކަނޑާލުމަށްފަހު އެތާ ދަމާފައި ހުރި ފޮތިތައްވެސް ވީދާލާ ހިފައިގެން ދިޔައީއެވެ. އަދި އެތާނގައި ގާޑަކަށް ހުރިމީހާ “އަގައިން ބުނެފިނަމަ ކޮށާލާނަމޭ” ކިޔާ ބިރުދައްކާފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
އެވާ ޗާންސް ޖަގަހައިގެ އިތުރުން ރޭ ހުޅުވާފައިވަނީ ހެންވޭރު ޖަނަވަރީ ހިނގުމުގައި ހުޅުވުނު ގައުމީ ޖަގަހަ، ސޯސަން މަގުގައި ހުޅުވުނު ސޯސަން ޖަގަހަ އަދި ގަލޮޅު ފާށަނާކިލެގެފާނު މަގުގައި ހުޅުވުނު ނަމޫނާ ޖަގަހަ އަދި މާފަންނުގައި ހުޅުވުނު މިރިޔާސް ޖަގަހއެވެ. . މިދެ ޖަގަހަ ހުޅުވައިދެއްވުމުގައިވެސް ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި ރޭ ވަރަށް ދަންވަންދެންވެސް މި ޖަގަހަތަކުގައި އެކި ބޭފުޅުން ވާހަކަ ދައްކަވާފައެވެ.
މިއީ ހަމަ ގޮޅާގެ ކަމެއް ކަން ކަށަވަރެވެ.
Comment by Ahmed — October 22, 2008 @ 7:08 pm
މީ ޑީއާރުޕީއަށް ނާކާމިޔާބު ވާނެކަމުގެ ހެއްކެއް
Comment by Jalla — October 22, 2008 @ 8:09 pm
ޑރ. ޢާއިޟާ ކިޔާ ޑީއާރްޕީ ގެ މީހަކު އައްޑު އަތޮޅަށްގޮސް ވޯޓް ގަތުމަށް ފައިސާ ހަރަދު ކުރަމުން އެބަދޭ. މިކަންތަށްތަކަށް ރައްޔިތުން ހެލާ ތިބުން އެދެން.
އަދި ދަންނަވަން އޮތް ވާހަކައަކީ މީހަކު ހުންނަގޮތަކުން ރަނގަޅު ނަބައެއް ނޭގޭނެ. އަދި އަންނަން ހުރިމީހަކީ ނުބައި މީހެއްކަމަށް ބެލެވޭކަށް ނެތް. މިހާރު 30އަހަރު ވަންދެން ހުރިމީހާގެ ސިފައަކީ މަޑުމައިތިރި، ފެންނަ ފެނުމުގެ ރަނގަޅު، އަޑި ނުބައި، ހަސީލަތް ނުބައި، ގޮތް ދޫނުކުރުމުން ފުރިފައި ހުރި މޫނު ރިވެތި މީހެއްކަން 30 އަހަރުގެ ރިކޯރޑުން ފެންނާނެ. ވީމާ ތިޔަބޭފުޅުން ގައުމުގެ މަސްލަހަތަށް ފުންކޮށް ވިސްނާ ވަޠަން އެދޭ ގޮތަށް ވޯޓް ދެއްވުމަށް ވަރަށް ބޮޑަށް އެދެން.
Comment by addu — October 23, 2008 @ 12:17 am
ތަޖްރިބާއަކީ މީހަކު ރައީސަކަށް ކޮލިފައިވާ ކަމެން ނޫން. އަޅުގަނޑްމެން ބޭނުންވަނީ ކަންތަށް ކޮށްދެވޭ މީހަކަށްވުން. އެކަހަލަ މީހަކަށް ވޯޓް ދިނުން މުހިންމު.
Comment by hussain — October 23, 2008 @ 12:22 am
ވަރަށް މުއުތަބަރު ގޮތަކަށް ހަބަރު ލިބުނުގޮތުގައި ޖިންނި ގެނެސްގެން މައުމޫން ބެލި ބެލިމުން 2ވަނަ ބުރުން ބަލިވާނެ ކަމެއް އެގިއްޖެ. ވަރަށް އުފާވެރި ޚަބަރެއް..
Comment by Jinni — October 23, 2008 @ 12:44 am
އަބޫ ޖަހުލު ބަދުރު ހަނގުރާމައިގެ ދުވަހު މާތް ﷲ އަށް ދުޢާ ދެންނެވިކަމަށް ބުނެވެނީ މިޢިބާރާތް ” ހައްދަވައި ބޮޑުކުރެއްވި އިލާހު! އަހަރެމެންނާ މުޙައްމަދުގެފާނަށް ތަބާވާ މީހުންނާ ދެބައިމީހުންކުރެ ޙައްޤުގޮތުގައި ތިބި ބަޔަކަށް ނަޞްރު ދެއްވައިފާނދޭވެ! ” އެހެންމެ މުޙައްމަދުގެފާނަށް ތަބާވީ މީހުން ވެސް ދުޢާ ކުރިކަމަށްވަނީ ހަމަ މިގޮތަށް! އެހެންކަމުން ޙައްޤުގޮތުގައި ތިއްބެވީ މުޙައްމަދުގެފާނަށް ތަބާވާ މީހުންކަމަށްވީތީ އެދުވަހު ނަޞްރު ލިބިވަޑައިގެންނެވީ އެކަލޭގެފާނަށް .
Comment by ds — October 25, 2008 @ 12:15 pm