Wathan Edhey Gothah – MDP » އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަތަން އެދޭގޮތަށް އެމްޑީޕީ އިއްތިހާދަށް ތާއީދުކުރައްވާކަން ހާމަކުރެއްވައިފި

October 23, 2008

އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަތަން އެދޭގޮތަށް އެމްޑީޕީ އިއްތިހާދަށް ތާއީދުކުރައްވާކަން ހާމަކުރެއްވައިފި

އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުންކޮޅެއް އިސްލާހަށް މަސައްކަތްކުރައްވާ އިއްތިހާދަށް ތާއީދުކުރައްވާ ބަދަލަކަށް ބޭނުންވާކަން ހާމަކުރައްވައިފިއެވެ.

މިއަދު ވަތަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވަޑައިގެން އެއާޕޯޓުގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވަމުން ގެންދެވި ތިން ބޭފުޅުންކަމުގައިވާ މުހައްމަދު ނިޔާޒާއި ފަތުހުﷲ ފާއިޒް އަދި މުހައްމަދު ރަޝީދު ވިދާޅުވީ އެއާޕޮޓުގެ ފެންވަރު ރަގަޅުކޮށް އެތަނުން ހިދުމަތް ލިބެމުންދާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައި ސަރުކާރަށް ކުރިވިދާނެ އެތައް ކަމެއް ކުރުމަށް އެތައް ފަހަރުކު އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތަކުން އިލްތިމާސްކުރުމުންވެސް އެކަމަށް އިޖާބައެއް ދެއްވާފައެއް ނުވެއެވެ.

މުހައްމަދު ނިޔާޒު ވިދާޅުވީ އެބޭފުޅުން މިއަދު އެނިކުންނެވީ ގައުމަށް ވަތަން އެދޭ ގޮތަށް އަންނަމުންދާ ބަދަލުތަކާއި އެކު އެއާޕޯޓުގެ ހާލަތުވެސް ބަދަލުކުރެއްވުމަށްޓަކައި ކަމުގައެވެ. އަދި ވަތަން އެދޭ ގޮތަށް އުފައްދާފައިވާ އިއްތިހާދަށް ތާއީދުކުރުމުގެ ކުރީން ރެޕްސް އެސޯސިއޭޝަންގެ މެމްބަރުންނާއި އެއާޕޯޓް ރެޕްސް ރެކްރިއޭޝަން ކްލަބްގެ އިސްފަރާތްތަކުގެ ހިޔާލު ހޯއްދެވިކަމަށެވެ. އަދި ރެޕްސް އެސޯސިއޭޝަންގެ 390 މެމްބަރުންގެ ތެރެއިން 290 މެމްބަރުން އެބޭފުޅާގެ ހިޔާލަށް ތާއީދުކުރެއްވިކަމުގައިވެސް ހާމަކުރެއްވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިންޒަކީ ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ބަދަރުގެ ހާލަތު ވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމުގައެވެ. އަދި ރިސޯޓް އޯނަރުން ރިސޯޓްތައް ތަރައްގީކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކާއި ކައިރިކުރެވޭ ފެންވަރަކަށްވެސް ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް މަސައްކަތް ނުކުރާކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.

6 Comments

  1. އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުންނަށް އައްސަރިބަހާ ސާބަސް

    Comment by halani satthaaru (naifaru) — October 23, 2008 @ 7:26 am

  2. އެއާޕޯޓް ރެޕްސް އެސޯސިއޭޝަން އިސްބޭފުޅުންނަށާއި މިކަމަށް ދާހިދުކުރި ހުރިހާ ދިވެހި ބަތޮލުންނަށް ހަސަރިބަހާ ސަބަސް، މާތްﷲ ތިހުރިހާ ކުދިންނަށް ތިޔަހެދޭ ފެންވަރުގެ ކަންތަ ތައްހުފީގް ދެއްވާޝިއެވެ. އަމީން

    Comment by Anonymous — October 23, 2008 @ 8:38 am

  3. އަލިފުށީ މިއޮތީ އައްނިއާ އެކުގަ::

    Comment by rikko — October 23, 2008 @ 10:41 am

  4. މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެވޭނީ އަށްނިއަށް : ސާބަހޭ އައްނި::

    Comment by DJ Ram — October 23, 2008 @ 10:45 am

  5. އަހަރެމެން ވައިކަރަދޫމީހުންވެސް މިތިބީ ވަތަންއެދޭގޮތައް..ޓިން

    Comment by Anonymous — October 24, 2008 @ 4:04 pm

  6. ލ.އަތޮޅެ މާމެންދޫ މީހުން ވެސް މިތިބީ ހަމަ ވަތަން އެދޭ ގޮތައް………..މީ އަހަރެމެންގެ ފަހަރު ……………އެއާރ ޕޯޓްގެ މުވައްޒަފުންނައް ހަމަ ސާބަސް

    Comment by maas — October 25, 2008 @ 11:27 pm