Wathan Edhey Gothah – MDP » ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިއްހީ ސިޔާސަތު ނަރުހުންނަށް ހާމަކޮށްދެއްވައިފި

October 26, 2008

ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިއްހީ ސިޔާސަތު ނަރުހުންނަށް ހާމަކޮށްދެއްވައިފި

ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިއްހީ ސިޔާސަތު ނަރުހުންނަށް ހާމަކޮށްދެއްވުމަށް ބައްދަލުވުމަށް ބާއްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ނަލަހިޔާ ހޮޓެލްގައި ބޭއްވި މިބައްދަލުވުމުގައި އިއްތިހާދުގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރުމުގެ އިތުރުން މިހާރު ސިއްހީ ދާއިރާގައި ހިތްހަމަނުޖެހޭ ގޮތަށް ހުރި މައްސަލަތައް ނަރުހުންގެ ކިބައިން ސާފުކުރެއްވިއެވެ. މިބައްދަލުވުމުގައި އިއްތިހާދުގެ ފަރާތުން މައުލޫމާތު ދެއްވީ އެމްޑީޕީގެ ހިޔަނި ވަޒީރު ޑރ އައިމިނަތު ޖަމީލެވެ.

ނަރުހުންގެ މިބައްދަލުވުމަށް ވަރަށް ގިނަ ނަރުހުން ހާޒިރުވިއެވެ. އަދި ނަރުސްކަމުގެ ތައުލީމު ހޯއްދަވައިގެން އެންމެ ފުރަތަމަ މިހިދުމަތް ރާއްޖޭގައި ދެއްވާން ފެއްޓެވި ދެބޭކަބަލުން ކަމުގައިވާ އަލްފާޟިލާ ނަސީމާ މުހައްމަދު ކަލޭފާނާއި އައިޝަތު އިބްރާހިމްދީދީ މިބައްދަލުވުމަށް ވަޑައިގަތް ކަން މިކެމްޕޭންގެ ފަރާތުން ފާހަގަކުރަމެވެ.

މިބައްދަލުވުމުގައި ނަރުހުންގެ ކިބައިން ލިބުނު މައުލޫމާތުތަކުން ނަރުހުންނަށް މިއަދު ދިމާވެފައިވާ މައްސަލަތަކާއި މިހާރުގެ ސިއްހީ ނިޒާމާއި މެދު އާއްމުންގެ އިތުބާރު ގެއްލިފައިވާ ސަބަބުތަކާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުމާއި ތައުލީމީ ރޮނގުން ލިބެންވާ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން އެނގިގެން ދިޔައެވެ. މީގެ އިތުރުން ނަރުހުންގެ މަސައްކަތުގެ އަގުވަޒަން ނުކުރެވުމުގެ ޝަކުވާއާއި ނަރުހުންނަކީ މިއަދުގެ މުޖްތަމައުގައި ދަށް ބައެއްގެ ގޮތުގައި ބެލެވޭކަމުގައިވެސް އެބޭފުޅުންގެ ވާހަކަތަކުން ދޭހަވިއެވެ.

1 Comment

  1. އަޅެ އިއްތިހާދުކަން ނޭގެ ފުރަތަމަ އެކަން ވިސްނައިދޭންވީ އިއްތިހާދަށް ތާއީދު ކުރާ ހުރިހާ އެންމެނަށް. ޑީއާރްޕީއަށް ވުރެ ތިކަމުގައި އިސްކޮށް އުޅެނީތިކިޔާ އިއްތިހާދުގެ ބޭފުޅުން….
    ތިޔަ ކަހަލަ ވާހަކަ ދައްކާތީވެ އަންނި ގެ އަގު ވެއްޓެނީ. ފުރަތަމަ ތިމާ މެން އިސްލާހުވެ ބަލަ… ވެރިކަމަށް ފެންބޮވައިގެން ހުއްޓަސް ތީ ބޮޑުވަރު.. އިގޭ އަންނީ.. ހެހެހެ

    Comment by Anonymous — October 26, 2008 @ 2:12 pm