Wathan Edhey Gothah – MDP » ގއ. ވިލިނގިލީ ފާތުމަތު ހަސަން ސުނާމީގައި ވިހާލި ވެ ޖެހުނު ބިކަހާލަށް އަދިވެސް ހައްލެއް ނުލިބޭ

March 25, 2008

ގއ. ވިލިނގިލީ ފާތުމަތު ހަސަން ސުނާމީގައި ވިހާލި ވެ ޖެހުނު ބިކަހާލަށް އަދިވެސް ހައްލެއް ނުލިބޭ

ކޮލަމް ލިޔުއްވީ: މުހައްމަދު ނަޝީދު ގ. ކެނެރީގެ

އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އަޅުގަނޑުމެން ގއ. ވިލިނގިއްޔަށް އައީ 2005 ވަނަ އަހަރުގެ ވަރަށް ކުރީކޮޅުގައެވެ. ޕާޓީގެ ނިސްބަތުން ބޮޑު ވަފްދަކާއި އެކުގައެވެ. ސުނާމީގައި ގެދޮރު ގެއްލިފައިތިބި އެތައްބަޔަކާއި ދިމާވިއެވެ. ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުންނެވެ.

ވިލިނގިލީ ފިޔަޖަހާގޭ ފާތުމަތު ހަސަން އަށް ސުނާމީގެ ވަގުތީ ހިޔަލެއް ލިބުނީ ހަމަ ކިރިޔާއެވެ. ސުނާމީގެ ބޮޑުރާޅު ވިލިނގިއްޔަށް އެރިއިރު ފާތުމަތު ހަސަން ދިރިއުޅެނީ އޭނާގެ އަމިއްލަ ގެއެއްގައެއް ނޫނެވެ. އޭނާއަކީ ކުޑަ ހަތަރު ކުދީންގެ މަންމައެކެވެ. ފިރިމީހާއެއް ނެތެވެ. ސުނާމީގައި ވިހާލިވެ ގެދޮރުގެއްލި ބިކަހާލު ޖެހުނު މީހުންގެ ތެރޭ ފާތުމަތު ހަސަނެއް ނުހިމެނިއެވެ. ފާތުމަތު ހަސަން އަށް ވަގުތީ ހިޔަލުން ތަންކޮޅެއް ލިބުމަށް ހުރަސް އެޅުނީއެވެ.

ހަތަރު ދަރީންނާއިއެކު ފާތުމަތު ހަސަން ވަންނާނެ ހަމަ އެއްވެސްތަނެއް ނެތުނީއެވެ. ހަތަރު ދަރީންނާއިއެކުގައި ވަނީ އަތޮޅުއޮފީހަށެވެ. އަތޮޅުވެރިން ގާތަށެވެ. ފާތުމަތު ހަސަނަށް ވަގުތީ ހިޔަލަކުން ޖާގަލިބޭނެ ގޮތް މެދުވެރިވީ މިދެންނެވި ހިސާބުންނެވެ. 2005 ވަނަ އަހަރުގެ ވަރަށް ކުރީކޮޅުގައި އަޅުގަނޑުމެން ގއ. ވިލިނގިއްޔަށް އައިއިރު ފާތުމަތު ހަސަން ހުންނެވީ ވަގުތީ ހިޔާ 4 ނަމްބަރުގައެވެ.

އެދުވަހު ފާތުމަތު ހަސަން ހުރީ ކޮންމެވެސް މިންވަރަކަށް ޝުކުރުވެރިވެއެވެ. ވަގުތީ ހިޔަލަކުންނަމަވެސް ތަންކޮޅެއް ލިބޭ ގޮތް ވުމުންނެވެ. 2005 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެނަށް ގއ. ވިލިނގިއްޔަށް ދެތިންފަހަރަކު އައުދެވިއްޖެއެވެ. ކޮންމެ ފަހަރަކުވެސް ވަގުތީ ހިޔަލަށް ދެވެއެވެ. އެތަނުން މީހުންނާއި ބައްދަލުކޮށް ހާލު ބަލާ ހަދަމެވެ.

މިއަދު ( 24 މާޗް 2008 ގައި) ފާތުމަތު ހަސަން އާއި ވަގުތީ ހިޔަލުގައި ތިބި ދެންވެސް ތިބި މީހުންގެ ހާލު ވަރަށް ދެރައެވެ. ބިކަވެފައި ނިކަމެއްޗެވެ. ލަދުގަންނަހާ ނިކަމެއްޗެވެ. ތަނުގެ ފުރާޅުން ފެންފައިބަނީ އެކަންޏެއް ނޫނެވެ. ތަންހުރީ ގާތްގަނޑަކަސް ރޫޅިފައެވެ. ފާތުމަތު ހަސަން ހުރީ ރުޅިގަދަވެގެންގޮސް ރޫޅޭ ހިސާބުގައެވެ. އޭނާއަށް ދާއިމީ ގެއެއް ލިބޭނޭ ކަމަކަށް ނުވެއެވެ. ވަގުތީ ހިޔަލުގައި ދިރިއުޅޭ އެހެންމީހުންގެވެސް މާބޮޑު އުންމީދެއް ނެތެވެ. މި ސަރުކާރުން އެމީހުން ގެ ހާލަތާއި މެދު އަޅާލުން ހުއްޓާލައިފިކަން އެމީހުނަށްވެސް ވަނީ ކަށަވަރުވެފައެވެ.

އެކަކަސް ދިމާވާ ދެރައަކުން އަނެކަކު ފާއިދާ ހޯދުމަކީ ރަނގަޅު ކަމެއްނޫނެވެ. ފާތުމަތު ހަސަން ގާތުގައި އަޅުގަނޑަށް ވޯޓެއް ދިނުމަކަށް ނޭދެމެވެ. އޭނާ ހުރި ހާލު ފެނިފައެވެ. ވަގުތީ ހިޔަލުގައި އޭނާ ދިރިއުޅޭ ތަންކޮޅުއޮތީ މުޅީންހެން ވީރާނާ ވެފައެވެ. ފާހާނާ ހަލާކުވެގެން މުޅިތަނުގައި ދުވަނީ ނަޖިސް ވަހެވެ. ފާތުމަތު ހަސަން ގެ ދޮށީ ދަރިފުޅު މަދަރުސާއަސް ދިއުމަށް ތައްޔާރުވަނީއެވެ.

ގއ. ވިލިނގިލީގައި ސުނާމީ އިން ވިހާލިވެ ގެއްލުންލިބުނު މީހުނަށް އަދުލުވެރި ބަދަލު ދެވިފައެއް ނުވެއެވެ. ރަށުގައި އެންމެފުޅާ ދާއިރާއެއްގައި މަސްކައްކާ އެއްފަރާތަކީ ކާމިލްބެއެވެ. އިރުމަތީގޭ ކާމިލް އެވެ. މީނާއަކީ އެންމެ ބޮޑު ގެއްލުން ލިބުނު އެއްފަރާތެވެ. މީނާއަކަށްވެސް ބަދަލެއް ނުލިބެއެވެ. އަމީޒް އަކީ ވަޑާންގެއެއް ހިންގާ ކޮންޓްރެކްޓް މަސައްކަތްކުރާ ޒުވާނެކެވެ. އޭނާއަށްވެސް ލިބުނު ގެއްލުން އިންތިހާއަށް ބޮޑެވެ. ލިބުނު ބަދަލެއް ނެތެވެ.

ހައްގު ބަދަލު ލިބޭނޭ ތޯ އާއމެދު ކުރެވޭ ސުވާލަކީ މިއަދުގެ ރާއްޖޭގައި އެންމެ އަޑުއިވޭ ސުވާލެވެ. މިޖީލުގެ ސުވާލަކީ އެއީއެވެ. މީސްމީހުނަށް ފައިސާކޮޅެއް ދެވިދާނެއެވެ. ފާތުމަތު ހަސަންގެ ހަތަރު ދަރީންނަށާއި އޭނާއަށް މިހާރުގެ ސަރުކާރުން ލިބިދެވޭނެ ބަދަލެއް ނެތެވެ. އެކުދީންގެ ހިތްތަކުގައި ލާފައިހުރި ލައްތައް ފިލުވޭނީ ލައްކަދުވަހުންނެވެ.

14 Comments

  1. ސާބަސް އަންނިއައް. ތީ ރައްޔިތުންގެ ރައްޔިތެއް

    Comment by hassan — March 26, 2008 @ 3:12 pm

  2. އަންނި 2003 ވަނަ އަހަރުން ފެށިގެން މިވީ ދުވަސްތެރޭގައި ކިތައޗ މުޒާހިރާ އަށް ދިޔަތޯ؟ އެމްޑީޕީ އިން ކިތައް މުޒާހިރާ ބޭއްވިތޯ؟

    Comment by fcuk inna — March 26, 2008 @ 3:37 pm

  3. މައުމޫނަކީ އެނާގެ ޒަޢާމަތުގައި ދިވެހިރާއްޖޭގައި އިސްލާމްދީން މީސްތަކުންނަށް އޮޅުވާލައި، މީސްތަކުންގެ ހައްގުތައް ނިގުޅައިގަނެ، އެތަކެއް ބައެއްގެ ފުރާނަތަށް ދުއްވާލައިފައިވާ މީހެކެވެ. އޭނާ ދެކޮޅުހެދި ކަމުގައިވިޔަސް މިއީ ކަން އޮތް ގޮތެވެ.
    އޮނަތިރީސް އަހަރުވަންދެން ވެރިކަންކޮށްފައި، ތިމަންނަ ކޮށްދިން ކަންތަށް އެނގޭނީ އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހުންނަށޭ ބުނުމުން ފަހެ ނިމުނީ ހެއްޔެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ދިވެހިރާއްޖެއަށް ޑްރަގްގެވަބާ ތަޢާރަފްކޮށް މުޅިޒުވާން ޖީލުވަނީ ހަލާކުވެފައެވެ. އެމީހުން ތިބީ އެއްޗެއް ވިސްނޭ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ކޮށްދީފައިވާ ކަންތަކެއްވެސް ނޭގޭނެތާއެވެ.
    މައުމޫނު ދިވެހިރާއްޖެއަށް ތައާރަފު ކޮށްދީފައިވަނީ ޑްރަގާއި، ވަށްކަމާއި މާރާމާރީއެވެ. މިއީ އަޅުގަނޑުމެން ބޭނުންވާ އެއްޗަކަށް ނުވާތީ، އޭނާ ދެން އިތުރަށް ވެރިކަމުގައި ބެހެއްޓުމުގެ ބޭނުމެއްނެތެވެ.
    إن شاء الله މިފަހަރު މައުމޫނަކަށް ދިވެހިރާއްޖޭގެ ވެރިކަމަކަށް ނާދެވޭނެއެވެ. އަދި ބަދަލުގައި “އާ މޫނެއް” އަންނާނެއެވެ.
    އަޅުގަނޑުމެން އެންމެންގެ ދުޢާ އަކީ މައުމޫނު 2008 ވަނަ އަހަރުގެ އިންތިހާބުން ފެއިލްވެ، އާ މޫނެއް ދިވެހި ވެރިކަމުގައި ހަވާލު ވުމެވެ.
    – އާމީން –

    Comment by Hidhayah — March 28, 2008 @ 2:51 am

  4. އަންނި ވެރިއަކަށް ހޮވުނަސް އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނައްތާލުމަށް މައުމޫން ކުރި މަސައްކަތްތައް ކުރާނެހެން ވަރަށް ޔަގީން ކުރެވޭ! އަންނިގެ ވެރިކަމެއްގާ ރާއްޖޭގައި ބުދު ފައްޅި އެޅުމުގެ ފުރުސަތު ދޭނަންދޯ؟

    Comment by rasheed — April 20, 2008 @ 12:33 pm

  5. އަންނި ތީ ހަމަ އެއްވަނަ!!! ގައުމާގެން ކުރިޔަށް….:)

    Comment by wafaa — August 6, 2008 @ 4:32 pm

  6. އަންނި، ތިހެން ތިބުނަނީ ދިވެހިންނަށް ސުނާމީގަ ހާލުގައި ޖެހިގެން އުޅޭ މީހުންނަށް ތަން ނުލިބިގެން އުޅޭ ވާހަކަ، ބަލަ ބަލާބަލަ އިންޑޮނޭސިޔާ، ކިތައްމީހުންތޯ ބޯއަޅާނެ ބާލީސް އޮތީ، އެހެންކަންތައްތަކުގެ ތަރައްގީވާހަކަ ދައްކާއިރު ރަނގަޅު ކަންނޭގެ މިވާހަކަ ވެސް ބުނަން.
    ދިވެހިންނަށް ހިޔާވާނެ ފުރާޅު އެބަހުރި(ފުރާޅު ހޫނަސް)، ކާޑުގެ ބާވަތްތައް ހިލޭ ލިބޭ، ކަރަންޓް ހިލޭ، އެހެންގައުމުތަކުގަ މިވަރުވެސް ނުވޭ.

    އަންނީ ކަލެޔަކަށް ދުވަހަކުވެސް ނުފެންނާގެ އެހެންމީހަކު ރަނގަޅު ކަމެއްކުރިޔަސް. އަބަދުވެސް މައުމޫނު ކަމެއް ނުކުރެޔޭ ، އަނެއްމީހަކު އަނެއްކަމެއް ނުކުރެޔޭ. ދެން މިހެންނުކިޔަ ތިމަންނަޔަކަށް މިވެނި ކަމެއް ނުކުރެވެޔޭ ބުނިއްޔާ މާ ރަގަޅު ވާނެހެން ހީވަނީ!

    Comment by Bazoo — August 17, 2008 @ 11:22 am

  7. އަންނި އަށް ވެރިކަން ކުރެވޭނެތަ؟

    Comment by faathun — August 27, 2008 @ 11:22 pm

  8. އަންނި ތިކުރާ ހިތްވަރަކަ ހަމަ ސާބަސް؟

    Comment by faathun — August 27, 2008 @ 11:28 pm

  9. ހިތް ވަރު ކޮއްލާތި ފައްފަށުން ސާބަސް؟

    Comment by faathun — August 27, 2008 @ 11:30 pm

  10. އަޅުގަޑުމެން ބޭނުމެއް ނުވޭ އެހެން ގައުމުތައް އޮތް ހާލަތު ބަލާކަށް.ފަހަރެއްގަ ތިބުނާ ގަޢުމުތަކުގަވެސް އޮވެދާނެ ރައްޔިތުންގެ ހާލަތަށް ނުބަލާ ސަރުކާރުތަކެއް.އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ މިގަޢުމުގެ ހާލަތު ރަގަނޅު ކުރަން. މިގައުމަށް ހެޔޮ ބަދަލެއް ގެންނަން.އެއީ ދީނީގޮތުންވެސް(އިސްލާމް ދީން) އުމްރާނީ ގޮތުންވެސް ކުރިއެރުން ހޯދަން.މާތްﷲ އެފަދަ ދުވަހެއް މި ރާއްޖެއަށް ދައްކަވާފާން ދޭވެ.

    Comment by Anonymous — August 29, 2008 @ 3:01 pm

  11. އަންނި އަށް ވަރަށް ސަޕޯޓް ކުރަން، އަދި ވަރަށް ބައްދަލު ކޮށްލާ ހިއްވޭ . މިއީ (ޝަރާ) 21 .

    Comment by shara — August 31, 2008 @ 5:08 pm

  12. ދިވެހިދަރިންނާއި ވަތަނަށް ތިޔަ ވަމުންދާ ޤުރުބާނީ އަކީ ދިވެހި ތާރީޚުގައި ތާއަބަދަށް ރަން އަކުރުން ލިޔެވިގެންދާނެއެވެ. މާތް الله ގެ އިރާދަފުޅާއެކު، އަޅުގަޑު އުމުރުން ދުވަސްވާދުވަހު މިހަޤީގަތް ދިވެހިތާރީހުގެ ތެރެއަށް އައިސްފައިވަނީ ކިހިނަކުންތޯ… އަޅުގަދު ބަލާނަމެވެ.

    Comment by shahym — September 10, 2008 @ 7:12 pm

  13. ަ އަންނިއަށް ސާބަހޭ ބުނެވޭނީ ، އަންނި ކޮށްދެއްވި މަސައްކަތް މިޔަދު ފެންނަން މިޔޮތީ … އަންނިއަށް ސާބަހޭ … އަންނި އަކީ މިގައައުމުގެ ހުންގާނު ، މިހާރު މިފެނިގެން މިދިޔަ އިސްލާހު ތަކަކީ ހަމަ އަންނި ކޮށްދެއްވި ބުރަމަސައްކަތުން ލިބިފައިވާ ކަންތައްތަކެއްކަމަށް ޚުދު އަޅުގަނޑު ގަބޫލުކުރަން …. ގއ ވިލިގިލާ …..

    Comment by Ameez — September 23, 2008 @ 12:38 pm

  14. މައުމޫނު ބުނެގެން އާފަތިހުގަ ޖަހާފަ އެބައިން ކޮންމެ ދިވެއްސަކަށްވެސް އެމީހަކު ބޭނުންވާ ދީނަކަށް އުޅމުގެ މިނިވަންކަން ލިބެންޖެހޭ ކަމުގަ…މީގެ ދޭހަވަނީ މައުމޫނުގެ ދީންވެރިކަންތަ؟

    Comment by dhivesse — October 13, 2008 @ 7:55 pm