Wathan Edhey Gothah – MDP » މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަށް ގެންގުޅުއްވާނެ ސިޔާސަތު މާދަމާ ހާމަކުރައްވާނެ

August 27, 2008

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަށް ގެންގުޅުއްވާނެ ސިޔާސަތު މާދަމާ ހާމަކުރައްވާނެ

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަށް އެމްޑީޕީގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިޔާސަތު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާދަމާ ހާމަކުރައްވާނެއެވެ.

މި ސިޔާސަތު ހާމަކުރައްވާނީ އައްޑު އަތޮޅު ފޭދޫ އެމްޑީޕީ ހަރުގޭގައެވެ. މި ސިޔާސަތު ހާމަކުރުމުގެ ރަސްމިއްޔާތުގައި މަސްތުވާތަކެތީގެ ވަބާ މިގައުމުގައި ފެތުރިފައިވާ މިންވަރުގެ ސަބަބުން ރައްޔިތުން ކުރަމުންދާ ޝަކުވާތައް ކިޔައިދެއްވާނެއެވެ. އަދި އެމްޑީޕީގެ ސަރުކާރަކުން މިމައްސަލައިގައި ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވާ، ކުރުމުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރަކުން ކުރާނެ ކަންތަކާއި ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް ކިޔައިދެއްވާނެއެވެ.

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރައްވާނެކަމަށް ރިޔާސީ ކެންޑިޑޭޓް ނަޝީދު (އަންނި) ވަޢުދުވެވަޑައިގަތީ ތ ތިމަރަފުށީގައެވެ. ތިމަރަފުށީގައި ވަޢުދުވެވަޑައިގަންނަމުން ނަޝީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ބެލެވޭ 30 ހާސް ކުދިންނަށް އެމްޑީޕީގެ ސަރުކާރަކުން އޯގާތެރިކަމާއި އެކު ފަރުވާދީ އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދޭނެއެވެ. އަދި މަސްތުވާތަކެތިން މިގައުމު ސަލާމަތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އެކަންތައް ކުރައްވާނެއެވެ.