Wathan Edhey Gothah – MDP » އަންނިގެ ރިޔާސީ ކެމްޕޭން ކޮޅުމަޑުލަށް

March 29, 2008

އަންނިގެ ރިޔާސީ ކެމްޕޭން ކޮޅުމަޑުލަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނިގެ ކެމްޕޭންގައި 10 މެންބަރުންގެ ޓީމަކާއެކު މިއަދު ތ.އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފިއެވެ.
މުހަންމަދު ނަޝީދު ކޮޅުމަޑުލަށް ކުރައްވާ މިދަތުރުގައި އެއަތޮޅުގެ ކަމުވޮށި ބައެއް ފަރާތްތަކުން ބައިވެރި ވެލައްވައެވެ. ކެމްޕެއިން ޓީމް ޒިޔާރަތް ކުރާނެ ރަށްތަކުގެ ތެރޭގައި ދިޔަމިގިލި، ގުރައިދޫ، ގާދިއްފުށި، ކިނބިދޫ އަދި އޮމަދޫ ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ މެންބަރުންގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި، ކެންޑިޑޭޓް ރައްޔިތުންނާއި މުޚާތަބް ކޮށްލެއްވުން އޮންނާނެއެވެ.
އެމްޑީޕީގެ އެތެރޭގެ މިއިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން އައްޑުއަތޮޅު، ފޯއްމުލައް، ތިލަދުންމަތި އަދި ހުވަދުއަތޮޅުގެ ރަށްތަކަށް މުހަންމަދު ނަޝީދު އަންނި، ވަނީ ޒިޔާރަތް ކުރައްވާފައެވެ.