މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ރީތިރަށް ރިސޯޓްގައި ޖަހައެއް ހުޅުވައިފި
ރާއްޖޭގައި ވޭތިވެދިޔަ 30 އަހަރު ރައީސް މައުމޫނު ކުރަމުންދިޔަ ވެރިކަން ބަދަލުކޮށްލުމަށްޓަކައި ރީތިރަށް ރިސޯޓުގެ މުވައްޒަފުން އެރިސޯޓުގައި ޖަގަހައެއް ރޭ ހުޅުވައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި ބިލަތް ޖަގަހައިގެ ނަމުގައި ހުޅުވި މިޖަގަހައިން ކުރާނެ މަސައްކަތްތަކަކީ ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށާއި އެމްޑީޕީއިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ރީތި ރަށުގެ މުވައްޒަފުންގެ މެދުގައި ތާއީދު އިތުރުކުރުމެވެ. އަދި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ޖަލްސާތަކުގެ ސީޑީ ދެއްކުމާއި މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުންވެސް މި ޖަގަހައިގައި ކުރިޔަށް ދާނެކަމުގައި އެފަރާތްތަކުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މާލޭގައި ވެސް ރޭވަނީ ޖަގަހައެއް ހުޅުވާފައެވެ. ގުރާބުތުނޑި ޖަގަހައިގެ ނަމުގައި ބޮޑުތަކުރުފާނުމަގުގައި ކަސްޓަމްސް ސަރަހައްދުގައި ހުޅުވި މިޖަގަހަ ހުޅުވައިދެއްވީ އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ބަރާބަރު..!
Comment by sobah — October 27, 2008 @ 11:58 am
ކުޅުދުއްފުށީ ގަޢި ވޯޓ
Comment by Anonymous — October 28, 2008 @ 1:13 pm
ބުުނެަލަން ބޭނުންވަނީ ތިޔައިއްޒަތްތެރި ބޭފުޅުން އަޅުގަނޑުމެންނަށް ޓަކައި ތިޔަވީ ގުރުބާނީ ތަކާޢި ތިއަކޮއް ދެއްވި އަގުހުރި މަސައްކަތް ތަކަށް ހަމަގައިމުވެސް އަޅުގަނޑު ފައްފަށުން ޝުކުރުވެރިވަމެވެ. މިއަދުގެ އިންތިހާބުން މޮޅުވިޔަސް، ބަލިވިޔަސް، އަޅުގަނޑު ހުންނާނީ ތިޔާބޭފުޅުންގެ ފަހަތުގައެވެ.
Comment by ischern — October 28, 2008 @ 7:08 pm
ދިވެހި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އަލްފާލިލް މުޙައްމަދު ނަޝީދް އަށް ވަރަށް ފުރިހަމަ މަރުޙަބާ އެއް …… މަރުޙަބާ، މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ ،މަރުޙަބާ …….
Comment by resident - aneh dhivehi rajje — October 29, 2008 @ 9:40 am