Wathan Edhey Gothah – MDP » ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފި

October 27, 2008

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފި

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.

ޓީމްގެ ފަރާތުން ވާހަކަ ހާމަކޮށްފައިވަނީ މިއަދު ވަތަން އެދޭ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ. ޓީމްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މައުރޫފް، ނަސްރުﷲ އަދި ސޮލާހެވެ.

މިބޭފުޅުން މިއަދުވަނީ ދިވެހި ގައުމު މިދެކޭ އަނިޔާވެރި ދުވަސްތައް ބަދަލުކުރުމަށް ވަތަން އެދޭ ގޮތަށް ތާއީދުކުރުމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ގާނޫނުން ލިބޭ ބާރުތައް ލިޔެވިފައިވީނަމަވެސް މި އަނިޔާވެރިވެރިކަމުގައި އެބާރުތައް ހަގީގަތުގައި ލިބެން ނެތްކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ގެޒެޓްގައި ގާނޫނު ޝާއިއުކުރުމަށްފަހުވެސް އަދިވެސް މިގާނޫނަށް އަމަލުކުރެވެމުންނުދާކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ލީގަލީ ގާނޫނު ލިޔެވިފައިވަނީ ކޮންމެ ފަރާތަކަށްވެސް އެބޭނުންގޮތަކަށް ތަރުޖަމާކުރެވިދާނެ ފަދަ ގޮތަކަށް ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. މިކަން މިގޮތަށް މިހާރުވެސް ކުރެވެމުންދާކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ޓީމްގެ ފަރާތުން ވަތަން އެދޭގޮތަށް ތާއީދުކުރުމަށް ނިންމެވީ އެޖަމިއްޔާގެ ހިންގާކޮމިޓީގެ 71 އެޖެންޓްގެ މެމްބަރުން އެއްބަސްވެގެންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

2 Comments

  1. މިފަހަރު އިރާދަކުރެއްވިއްޔާ މިއީ އަހަރުމެންގެ ފަހަރެވެ.
    ﷲ އަލަމެންނަށް ކާމިޔާބު ދެއްވާށިއެވެ.
    ސާބަހޭ އަންނި އަދި ތިޔަ އިއްތިހާދުގެ ޓީަށް!!!!!!!!!!!!!!!!!

    Comment by Ali — October 27, 2008 @ 10:19 am

  2. ސާބަހެ، އަދި ކިރިޔާ ތި ފެންނަނީ އަލި މަގެއް

    Comment by Dunya — October 27, 2008 @ 12:47 pm