Wathan Edhey Gothah – MDP » އިސްލާހީ ޕާޓީތަކުގެ އިއްތިހާދުން އުފައްދާ ސަރުކާރުވާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިސްރާފުނުކުރާ ސަރުކާރަކަށް – ޑރ ވަހީދު

October 27, 2008

އިސްލާހީ ޕާޓީތަކުގެ އިއްތިހާދުން އުފައްދާ ސަރުކާރުވާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިސްރާފުނުކުރާ ސަރުކާރަކަށް – ޑރ ވަހީދު

ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ފަރާތުން އުފައްދާ ސަރުކާރުވާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިސްރާފުނުކުރާ ސަރުކާރަކަށް ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ ވަހީދު މިގޮތަށް ވިދާޅުވީ ވަތަން އެދޭ ކެމްޕޭންގެ ފަރާތުން ބޭއްވި ފަހު ޖަލްސާގައެވެ. ޑރ ވަހީދު ވިދާޅުވި ގޮތުގައި ދިވެހިންނަށް ދެން ފެންނަ ސަރުކާރުވާނީ މިހާތަނަށް ދިވެހިންނަށް ތަޖުރިބާ ކުރެވިފައި ނުވާފަދަ ގާބިލް ސަރުކާރަކަށެވެ. އަދި އެސަރުކާރުން ރައްޔިތުންނާއި ކުރިމަތިލާނީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައެވެ.

ޑރ ވަހީދުގެ އިތުރުން މިޖަލްސާގައި ވާހަކަ ދެއްކެވި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވޯޓު ދިނުމަށް ގާސިމް ދެންނެވިކަމަށް ރައްޔިތުންނަށް އަންގައިދިނުމަށް އެޖަލްސާ ބެލިމީހުންނަށް ގާސިމް ގޮވާލެއްވިއެވެ. އަދި މުހައްމަދު ނަޝީދަށް ކާމިޔާބު ލިބިމުން މައުމޫނު އަންގައިގެން ރައްޔިތުންނާއި ދެކޮޅަށް ގާނޫނާއި ޚިލާފު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ގާސިމް އިބްރާހިމް ގޮވާލެއްވިއެވެ.

މީގެ އިތުރުން ރޭ ވާހަކަ ދެއްކެވި ޖުމުހޫރީ ޕާޓީގެ ދިޔާނާ ސައީދު ވަނީ ގަނީމާ މުދާ ބަހާހެން ވެރިކަން ބެހުމުގެ ފުރުސަތު މައުމޫނަށާއި އޭނާގެ އާއިލާއަށް ނުދިނުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ގުޅިފައިވާ އިއްތިހާދުގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕް ރީކޯ މޫސާ މަނިކުވަނީ ހަސަން އީވާން ނަސީމު ތަޅާ މަރާލި މައްސަލައާއި ޖަލުގައި ބަޑިޖެހި ހާދިސާގެ ރިޕޯޓުން އުނިކޮށްފައިވާ ބައިތައް ރައްޔިތުންނަށް ކިޔައިދެއްވާފައެވެ. މޫސަ މިބައިތައް ކިޔައިދެއްވުމުން އެސްއެލްޕީގެ އިބްރާހިމް އިސްމާއިލް ވާހަކަ ދައްކަވަމުން ވިދާޅުވީ އިންފޮމޭޝަން މިނިސްޓަރ ނަޝީދަކީ އެބައިތައް ކަނޑައެޅިގެން އެގި ހުންނަވާ ޒާލިމެއްގެ ފަހަތުގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމުގައެވެ. އަދި ރައްޔިތުންނަށް ލޯތްބެއް ހުރި އެކަކުވެސް މައުމޫނުގެ ފަހަތުގައި މިހާރު ނުހުންނާނެ ކަމުގައި އިބްރާ ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް ވަނީ މިގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށްޓަކައި އަދުގެ ސަރުކާރުގެ ބަދަލުގައި މުހައްމަދު ނަޝީދަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.

11 Comments

  1. ނޯޓް: އަޅުގަޑު ރައްދު ދޭނީ ހަމަ އެގޮތަށް. އޭނާގެ ޖާނަކަށް މާލަކަށް ގެއްލުމެއް ނުދޭނަން. ރައްދުދޭނީ އޭނާ ރައްދު ދިން ދާއިރާއިން!

    Comment by supporter. not a member of any political party. who wants freedom — October 27, 2008 @ 11:06 pm

  2. ހަމަޖެހޭ ދަރިޔާ.
    އަހަރަމެން އެއްވެސް ރައްދެއް ދޭނެކަމެއް ނެތް. އަޅުގަޑުމެން މި ދަނޑިވަޅުގައި ބަދަލުހިފުމުގެ ރޫހް އާލާ ނުކުރަމާ.
    އަޅުގަޑުމެން ބޭނުމީ ހެޔޮ ބަދަލެއް. ބަދަލު ހިފާކަށް ނޫން!
    ވިސްނާ ވިސްނާ
    ހިކްމަތްތެރިކަމާއެކު ކަންތައް ކުރޭ.
    ނުވިސްނާ އެޅޭ އެންމެ ފިޔަވަޅެއްގެ ސަބަބުން އަހަރަމެން ދާން މިއުޅޭ މަންޒިލަށް ނުދެވިދާނެ.! އަނެއް ދިވެހި ރާއްޖެއަށް ނުދެވިދާނެ!!

    މިސައިޓްގެ އެޑްމިނިސްޓްރޭޓަރުން މަތީ އެވާ އިންޒާރުގެ ކޮމެންޓް މިސައިޓުން އަވަހަށް ނެގުމަށްއެދި ދަންނަވަން.
    އެއީ އެމްޑީޕީ އިއްތިހާދުގެ ސަޕޯޓަރެއްނޫން.

    އެއީ ވަރަށްބޮޑަށް ރޭވިގެން ޑީ އާރު ޕީން ހިންގަމުންދާ ބޮޑު ޖަރީމާއެއް.

    އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައިވިޔަސް އެއީ ގާނޫނީ ބޮޑު ކުށެއް! މި ކުށުގެ ހައްގު އަދަބު ލިބެން ޖެހޭނެ!

    Comment by vathanah takai — October 27, 2008 @ 11:18 pm

  3. ހާދަ ތާކުން ތާކު ނުޖެހޭ ކޮމެންޓް ތަކެކޭ!

    Comment by heheh — October 29, 2008 @ 3:18 am

  4. “ކާމިޔާބުގައި ހިތްތިރި ކުރަންޖެހޭނެ، ނާކާމިޔާބުގައި ކެއްތެރި ވާންޖެހޭނެ” : މުހައްމަދު ނަޝީދު އަންނި

    Comment by އަހުމަދު — October 29, 2008 @ 3:35 am

  5. އައްނިއަށް މަރުހަބާ. ވަރަށްހިއްވަރުގަދަ. މިލިބުނުކާމިޔާބީގައި ހެޔޮގޮތުގައި ޤައުމާގެން ވަތަންއެދޭ ގޮތަށް، އަމިއްލަ އެދުންތައް ދުރުކޮށް ވަތަންގެ ދަރިން އެދޭ ގޮތައް މިޤައުމުގެ ބަލިކަށިވަމުންދާ އިސްލާމް ދީނާ، އިޤްތިސާދާ، އަދިވެސް މިހެންހުރި ހުރިހައި ކަމެއް ރަނގަޅު ކުރުމަށް ހުރިހައިމެން އެކުވެރިވެގެން އިންތިހާބު ކާމިޔާބު ކުރިގޮތަށް މަސއްކަތްކުރަމާހިގާ. ﷲ އަޅަމެން ކުރާ ރަނގަޅުކަންތަކުގައި ބަރަކާތް ލައްވާށި.

    Comment by Vathan ge dhariyeh — October 29, 2008 @ 5:26 am

  6. މަރުޙަބާ އަންނި…. އަދި ހުރިހާ ދިވެހި ރައްޔިތުންނަށް..

    Comment by Mohamed Eman — October 29, 2008 @ 6:33 am

  7. ފުރަތަމަވެސް މިއެއްބައިވަންތަކަން ކުރިއަށް ނެރުއްވިނަމަ މިފޮނިރަހަ މާކުރިން ލާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރޭ. 30 އަހަރުގެ މަސައްކަތް މިނިންމާލެވުނީ އެކުވެރި 21 ދުވަހުން. ބަދަލެއް ނޫން ދެން ހިފަންވީއަކީ. ނެގެނި ރައީސް ބަހައްޓަވަންވީ 30 އަހަރު ދުވަހުގެ ތެރޭގައި ހާވާފައިވާ ހަޑިތައް އަމިއްލަ އަތުން ސާފުކުރުވަން. ޚިޔާނާތެއްވާނަމަ މުސާރައިންވެސް ކަނޑައިގެން އެބައި ހޯދަން. – ވަތަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާންދޭން – ވަތަންގެ އާޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން.
    ސާބަހޭ ވަތަނުގެ ދަރިންނަށް. މަރުޙަބާ ރައްޔިތުންގެ ރައީސް

    Comment by Anonymous — October 29, 2008 @ 8:00 am

  8. މަރުހަބާ އަންނި.އަޅުގަނޑުމެން ދިނީ %100 .އަހަރުމެން ބޭނުމީ “ޖަސްޓިސް ފޯ ޢަލީ ސާހިރު” ޖަލުގައި މަރާލި.(މއ. ދުއްލިސާ) އެންމެން

    Comment by ma. dhullisa — October 29, 2008 @ 8:37 am

  9. ވަތަންގެ ގޮވާލުމަށް އިޖާބަދީ ރިވެތި އަޙްލާގާއި މައާފު ކުރުމުގެ މަތިވެރި ސިފައަށް ހިތްވަރުދެން.

    Comment by Inaek — October 29, 2008 @ 3:12 pm

  10. މުހަންމަދު ނަޝީދު ހަމަ ސާބަސް

    Comment by Vathan geDhariyeh — October 30, 2008 @ 7:00 pm

  11. އަންނި ކަމެއް ނުކޮށްދިނަސް އަޅުގަނޑުމެނަށް އަޑު އުފުލާކަށް ޖާގައެއް ނެތް. ސަބަބަކީ އަޅުގަނޑު މެންނަށް އެކަން ކަން ދަސް ކޮށްދީ، އަޅުގަނޑުމެންގެ ހިތުން ބިރު ކަނޑުވާލަދީ، އަޅުގަނޑުމެންގެ ވެރިކަން އަޅުގަނޑުމެނަށް ހޯދަދިނީ، ﷲގެ އިރާދަފުޅާ ލައިގެން ހަމަ އަންނި. އެހެންވީމަ ކާންދޭ އަތުގައި ދަތް ނާޅަމާ.

    Comment by kulhudhuffushin.. — November 6, 2008 @ 9:24 am