Wathan Edhey Gothah – MDP » ސިވިލް ސާވިސް ގާނޫނަށް ހުށަހެޅުނު އިޞްލާހު ތައް ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ބޭރުކުރެއްވިޔަތީ ޝުކުރު ދެންނެވުން

April 1, 2008

ސިވިލް ސާވިސް ގާނޫނަށް ހުށަހެޅުނު އިޞްލާހު ތައް ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ބޭރުކުރެއްވިޔަތީ ޝުކުރު ދެންނެވުން

ސިވިލް ސާރވިސް ގެގާނޫނު ތަސްދީގު ކުރެވުނު ފަހުން އެ ގާނޫނަށް ރައީސް މައުމޫނު ހުށައަޅުއްވާފައިވާ އިސްލާހުތައް 2008 އޭޕްރިލް 1 ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ބޭރުކުރައްވަން ނިންމެވިޔަތީ އެކަމަށް ތާއީދު ކުރެއްވި މެމްބަރުންނަށް ވަރަށް އިޚްލާޞްތެރި ކަމާއިއެކު ޝުކުރު ދަންނަވަމެވެ.

ސިވިލް ސާރވިސް ގެ ގާނޫނަށް ރައީސް މައުމޫނު ހުށައެޅުއްވި އިސްލާހުތަކަކީ ދައުލަތުގެ މަދަނީ ޚިދްމަތްތެރީން (ސިވިލް ސާވިސް ގެ މުއައްޒަފުން) ނާއި ސަރުކާރުގެ އޮފީސްތަކުން ޚިދްމަތް ލިބިގަންނަ މީހުންގެ ހައްގު ތަކެއް އުނިވެދާފަދަ އިސްލާހުތަކެއްކަމުގައި ހާމަކުރެއްވުމަށް މަސައްކަތްކުރެއްވި ޖަމިއްޔާތައް ކަމުގައިވާ ރައިޓްސް ފޯ އޯލް، މޯލްޑިވިއަން ޑީޓެއިނީ ނެޓްވާކް، މޯލްޑިވްސް އެއިޑް، އެމްޕަވަރިންގ މޫވްމަންޓް، އޯޕަން ސޮސައިޓީ އެސޯސިއޭޝަން، ސޮސައިޓީ ފޯރ ވިމެން އެގެއިންސްޓް ޑްރަގްސް، އަދި ސްޓްރެންތު އޮފް ސޮސައިޓީ އަށް ވެސް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

ސިވިލް ސާރވިސް ގެ ގާނޫނު ތަސްދީގު ކުރެވުނު ފަހުން އެ ގާނޫނުގެ އަދި ދައުލަތުގެ މަދަނީ ޚިދްމަތްތެރީންގެ ހައްގު ތަކުގެ މައްޗަށް ނުފޫޒު ފޯރުކުރައްވާން ރައީސް މައުމޫނު ކުރެއްވި މަސައްކަތްޕުޅު ހުއްޓުވުވައިލެވުނުކަމީ މަދަނީ ޖަމިއްޔާ ތަކުގެ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިޚްލާޞްތެރިކަމުގެ ކުރިމަތީގައި ޚުދުމުޚުތާރު ވެރިޔަކަށާއި އެވެރިޔާއަށް ތާއީދުކުރާ ބަޔަކަށް ކުރި ނުލިބޭނޭކަމުގެ ބާރުގަދަ މެސެޖެކެވެ.

2 Comments

  1. އަންނިއަށް ވާ ސާބަސް

    Comment by na@ima — April 1, 2008 @ 3:46 pm

  2. ބަރާ ބަރު….. މައުމޫނަކައް ދެން ކެތެއް ނުވާނެ….. ދެން ލަލަލާ

    Comment by issey — April 2, 2008 @ 3:17 pm