ލަވަޔަކާ، ޝިޔާރަކާ، ޓީވީ އިސްތިހާރެއް އެކަނި ހަދައިގެން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތެއް ނުކުރެވޭނެ- ކެންޑިޑޭޓް ނަޝީދު
މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ލަވަޔަކާއި ޝިޔާރަކާއި، ޓީވީ އިސްތިހާރެއް ހެދިޔަކަސް އެކަމެއް ނުވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓް ނަޝީދު މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް އެމްޑީޕީގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރެއްވުމަށްޓަކައި އައްޑު އޮތޮޅު ފޭދޫގައި 28 އޮގަސްޓްވީ ބުރާސްފަތިދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރަކުން އިސްކަންދެއްވާނީ ބަލައިގެން ވިސްނައިގެން ފައިދާތައް ބޮޑު މަސައްކަތް ކުރުމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހުމަކީ ކުށެއް ނުވަތަ ޖަރީމާއެއްކަމަށް ބެލުމުގެ ބަދަލުގައި އެކުދިންނަށް ދިމާވި ހާލަތެއްގެ ސަބަބުން ވީ ގޮތެއް ކަމަށްބަލައި އޯގާތެރިކަމާއި އެކު މުޖުތަމައަށް ކުދިން އަހުލުވެރިކުރުމަށް އިސްކަންދިނުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމުގައި ނަޝީދު ވިދާޅުވިއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ މަގުތައް ވަރުގަދައަށް ޗެކުކޮށް އެމަގުތައް ބަންދުކުރުމާއި އެތަކެތީގެ ވިޔަފާރި ކުރާފަރާތްތަކާއި މެދު ހަމަހަމަ އުސޫލަކުން ގާނޫނީ ފިޔަވަޅު އަޅާނެކަމަށާއި މަސްތުވާތަކެތިން ގައުމު ސަލާމަތްކުރުމުގައި ޖަމިއްޔާ ޖަމާއާތްތަކާއި އާއިލާތަކުގެ ދައުރު ފުޅާކުރައްވުމަކީވެސް އެމްޑީޕީގެ ސިޔާސަތެއްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.
މަސްތުވާތަކެއްޗާއި މެދު ރައްޔިތުންގެ ޝަކުވާތައް މަގުމަތީންނާއި، ބަހުސްތަކުން، މުޒާހަރާތަކާއި ހިޔާލުފާޅުކުރުންތަކުން އަދި ސާވޭތަކުން އެމްޑީޕީ އަޑުއަހާފައިވާކަމުގައި ނަޝީދު މިއަދު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ޝަކުވާތައް ނަޝީދު މިއަދު ނޫސްވެރިންނަށް ކިޔައިދެއްވިއެވެ.
މީގެ އިތުރަށް ކުރުމުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރަކުން މަސްތުވާތަކެތި ރާއްޖެއެތެރެ ކުރާ މަގުތައް ބެލެހެއްޓުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަންފަށާނެކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ގައިދީންނަށް މަސްތުވާތަކެތި ފޯރުކޮށްދިނުން ހުއްޓުވާ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ބަންދުކުރާ ގައިދީން އެހެން ގައިދީންނާއި ވަކިން ބަންދުކުރާނެކަމުގައި ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރަކުން ދިގު މުއްދަތެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފެންވަރު ރަގަޅު ފަރުވާދީ އެމީހުން އަބުރާ މުޖުތަމައަށް ނިކުތުމަށް ބާރު އަޅާ ގޮތަށް ގާނޫނު އިސްލާހުކުރާނެކަމަށް ވިދާޅުވިއެވެ. އަދި ފަރުވާދޭ ތަންތަނަށް މަސްތުވާތަކެތިވަނުން ހުއްޓުވާ ރާއްޖެއަކީ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވިފައިވާ ތަނަކަށް ހަދާނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މަސްތުވާތަކެތިން ގައުމު ސަލާމަތްކުރުމަކީ ތިންމަސްދުވަހުން ވާނެކަމެއް ނުންކަމަށާއި ނަމަވެސް ދެއަހަރު ތެރޭގައި ނަތީޖާ ފެންނަން ފަށާނެކަމުގައި ވިދާޅުވިއެވެ.
Photos by Maapu
ރަގަޅެވެ. ލަވަކިޔަކަސް އިސްތިހާރު ކުރިޔަކަސް މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތެއް ނުކުރެވޭނެއެވެ. ތިޔަ ފާޅުކުރި ޚިޔާލަށް އަހަރެން ވަރަށް ތަރުހީބުދެމެވެ. އަހަރެންވެސް އަންނިއާއި އެކު މިހިރީ އަތުކުރި އޮޅާލައިގެން ނިކުންނަށް ތައްޔާރުގައެވެ.
Comment by Auraabeen — August 29, 2008 @ 3:05 am
ަ ރާައްޖެއަށް މިހާތަނަށް ގެނެވުނު އިސްލާހު ތަކުގެ ބާނީ އަކީ އަންނި ކަމާައިމެދު ޝަައްކެތްނެތެވެ. އަންނި އަކީ ކަންތައްތައް ކުރެވޭވަރުގެ ޤާބިލިއްޔަތު ހުރިމީހެކެވެ. ތިޔަކުރާ މަސައްކަތަައް ރަޙްމަތް ލައްވާށި އެވެ.
Comment by Anonymous — August 29, 2008 @ 10:32 pm
ކަލެއަށް ވެރިކަމެއްވެސް ނޫންކުރެވޭނީ މަސްވެރިކަން ކުރެވިދާނެ އެކަންކުރަން ކެންޕޭންކުރޭ ކަލޭހޮވެނެ!!!!!!!!!!!!!!
Comment by Anonymous — August 31, 2008 @ 6:30 pm