Wathan Edhey Gothah – MDP » އިނގިރޭސީން އައްޑޫ ދޫކޮށްލިއިރު އަނެއް ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ ހުރިހާ ކަމެއް އައްޑޫގައި ހުރި – ކެންޑިޑޭޓް ނަޝީދު

August 30, 2008

އިނގިރޭސީން އައްޑޫ ދޫކޮށްލިއިރު އަނެއް ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ ހުރިހާ ކަމެއް އައްޑޫގައި ހުރި – ކެންޑިޑޭޓް ނަޝީދު


އައްޑޫގައި ތިބި އިނގިރޭސީން އައްޑޫ ދޫކޮށްލިއިރު އަނެއް ދިވެހިރާއްޖޭގައި ދިވެހިން އެދޭ ހުރިހާކަމެއް އައްޑޫގައި ފުރިހަމަވެފައި ހުރިކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އިނގިރޭސީން އައްޑޫ ދޫކޮށްލި އިރު އައްޑޫއަކީ އެއްބިލިއަން ޑޮލަރުގެ އަގު ހުރިތަނެއް ކަމުގައެވެ. ނަމަވެސް އޭގެ 38 އަހަރުފަހުން ބަލާއިރު ރާއްޖެ މިވަނީ އެއްބިލިއަން ޑޮލަރަށްވުރެ ބޮޑަށް ދަރަނިވެރިވެފައިކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

އަނެއް ދިވެހި ރާއްޖޭގައި ދިވެހިން ބޭނުންވާ ކަންތައް އައްޑޫގައި މީގެ 38 އަހަރުކުރިން ހުރިކަމުގެ ހެކި ދައްކަވަމުން ނަޝީދު ވިދާޅުވީ އޭރު އައްޑޫގައި ސަލާން ނުޖަހާ ބޭސްފަރުވާ ކުރެވޭނެ ހޮސްޕިޓަލެއް ހުރިކަމުގައެވެ. އަދި އޭރު އައްޑޫގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅިފައިވުމާއި ރައްޔިތުންގެ ފުދިގެން ކުޑަ ޚަރަދަކުން ދިރިއުޅުމުގެ ކަންތައް ފުއްދަމުންދިޔަކަމުގައި ނަޝީދު ވިދާޅުވިއެވެ. އައްޑޫގައި އިނގިރޭސީން ހަދައިދިން އެއާޕޯޓާއި އެހެނިހެން ތަންތަނުގެ އެދެވޭ ފައިދާ އައްޑޫ ރައްޔިތުންނަށް ނުހިފިފައިވަނީ މި ސަރުކާރުގެ ސަބަބުންކަމުގައި ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރަށް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އައްޑު އަތޮޅުގެ ރައްޔިތުންނަކީ ވަރަށް ޚާއްސަ ބައެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ބަދަލަކަށް ބޭނުންވެގެން އަންނަ ހިނދު އައްޑޫ ރައްޔިތުންނަކީ އެކަމުގައި ފާހަގަކުރެވޭ ދަރަޖައަކަށް ބައިވެރިވާބައެއްކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން އިބްރާހިމް ނާސިރުގެ ވެރިކަން ބަދަލުވެގެން ދިޔައިރުވެސް އައްޑޫ ރައްޔިތުން މުހިއްމު ދައުރެއް ކުޅުނުކަމުގައި ވިދާޅުވިއެވެ.

މިޖަލްސާގައި ނަޝީދުވަނީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދު އައްޑޫގެ ރައްޔިތުންނަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.
ރޭގެ ޖަލްސާއަށް އައްޑޫ ރައްޔިތުންގެ ފަރާތުން ވަރަށް އެދެވޭ ތަރުޚީބެއް ލިބުނެވެ. މިގޮތުން މުހިއްބުއްދީން ސްކޫލުގެ ހޯލާއި ގޯތިތެރޭގައިވެސް ގިނަ އަދަދެއްގެ އާއްމުން ޖަލްސާގެ އަޑު އެހުމަށް އައިސް ތިއްބެވެ.

3 Comments

  1. އިތުރު ފޮޓޯސައިޓަށް ލާން ފެނޭ //
    ސާބަހޭ އަންނި ތިޔަކުރައްވާ މަސައްކަތަށް
    ދިވެހިރައްޔިތުންނަށް ޓަކައި %100 ނުވިކޭނެކަމުގެ ޔަޤީންކަމާއި އެކު އައްނިއަށް ވޯޓް ދެއްވާ
    އެހެން ކެންޑިޑޭޓުންގެ އެއްވެސް އިތުބާރެއްނެއް ނުވިކޭނެކަމުގެ
    ޝުކުރިއްޔާ ރަމަޒާން މިބާރަކް

    Comment by Jalla — August 31, 2008 @ 10:53 pm

  2. ކޮބާތަ އަނެއް ދިވެހިރާއްޖެ؟ އަހަންނަކަށް ނުފެނޭ! ދުނިޔޭގެ ޗާޓަކުންވެސް މިހާރު މި އޮތް ދިވެހިރާއްޖެފިޔަވައި އެހެން ދިވެހި ރާއްޖެ އެއް ފެންނާކަށް ނެތް.ވީމާ ދުނިޔޭގެ އެދުންވެރިކަމާހުރެ އަނެއް ދިވެހިރާއްޖެ އަށް ފޮށިތަންމަތި ބަނދެގެން ދިއުމަށްވުރެ ކަފުން ބަނދެގެން އަނެއް ދުނިޔެ އަށް ދިއުންވެސް މާ ރަނގަޅު ވާނެ!!!!!!!!!!!!!!!

    Comment by Anonymous — September 2, 2008 @ 12:00 pm

  3. އަންނިގެ ސިޔާސަތުގައި ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގައި ބޭރުގެ ފަރާތްތައް ށާމިލްކުރާނަންތޯ ރިޔާސީ ސުވާލާއި ޖަވާބުގައި އެއްސެވުމުން ވިދާޅުވި އަޅުގަނޑުމެން މިއުޅެނީ ލާމެހިފައިވާ ދުނިޔެއެއްގައޭ..! އެމް.ޑޯ.ޕީ ގައި ޤައުމުގެ ދާޚިލީކަންތައްތައް އަމިއްލައަށް ނިންމާހާ ގާބިލުކަން ނެތީތަ؟؟

    Comment by Ibbe — September 8, 2008 @ 11:27 am