Wathan Edhey Gothah – MDP » ރިޔާސީ ކެންޑީޑޭޓް މުހައްމަދު ނަޝީދު މިރޭ ރޯދަމަހުގެ މަރުހަބާ ދަންނަވާނެ

August 30, 2008

ރިޔާސީ ކެންޑީޑޭޓް މުހައްމަދު ނަޝީދު މިރޭ ރޯދަމަހުގެ މަރުހަބާ ދަންނަވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ދިވެހި ރައްޔިތުންނަށް ރޯދަ މަހުގެ މަރުހަބާ ދެންނެވުން މިރޭ އޮންނާނެއެވެ.

ރާއްޖޭގެ ދެކުނުގެ ދެއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިރޭ ފުވައްމުލަކުގައި ހުންނަވާ ދެއްވާ މިމަރުހަބާގެ މެސެޖްގައި މި ރޯދަމަހާއި ދިވެހިން ކުރިމަތިލަމުން އަންނަ އިރު ދިވެހިންގެ ގިނަ ބަޔަކު ތިބި ދަތިހާލާއި ދިވެހި ގައުމު ތަހައްމަލުކުރުމަށް ޖެހިފައި މިވާ އިޤްތިސާދީ ދަތިކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ.

މީގެ އިތުރަށް މިއަދު މިގައުމުގައި ބަލިކަށިވަމުންދާ ދީނީ ހޭލުންތެރިކަމުގެ މައްޗަށާއި ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ބޭނުންތައް ފުއްދަމުންދާ މީހުންނާއި މެދު ރައްޔިތުން ހޭލުންތެރިވުމަށް ގޮވާލައްވާނެއެވެ. އަދި ދީނީ އިލްމުވެރިން ވިޔަފާރީގެ މައްޗަށް ހެއްލިގެން ދިޔުމުގެ މައްޗަށް ބައްލަވާލައްވާނެއެވެ.

އަނެއް ދިވެހި ރާއްޖެ ކެމްޕޭންގެ ފަރާތުން ރޯދަމަހަށް މަރުހަބާ ކިޔުމަށް މިރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވާ މާހެފުން ފެށޭނީ ކެންޑިޑޭޓްގެ މަރުހަބާގެ މެސެޖާއި އެކު ކަމަށް ކެމްޕޭން އޮފީހުން މައުލޫމާތުދެއެވެ. މި މެސެޖް ދިއެފްއެމް ރޭޑިޔޯއިން މިރޭ 8:30 ލައިވްކުރާނެއެވެ.