Wathan Edhey Gothah – MDP » ފުވައްމުލަކުގައި ހެދޭ އެއާޕޯޓު ވާންޖެހޭނީ ރަގަޅަށް ދިރާސާކުރުމަށްފަހު ހެދޭ ތަނަކަށް – ކެންޑިޑޭޓް ނަޝީދު

August 31, 2008

ފުވައްމުލަކުގައި ހެދޭ އެއާޕޯޓު ވާންޖެހޭނީ ރަގަޅަށް ދިރާސާކުރުމަށްފަހު ހެދޭ ތަނަކަށް – ކެންޑިޑޭޓް ނަޝީދު

ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތެއް ދިރިއުޅޭ
ފުވައްމުލަކުގައި ހެދޭ އެއާޕޯޓު ވާންޖެހޭނީ ރަގަޅަށް ދިރާސާ ކުރުމަށްފަހު ހެދޭތަނެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ހެދޭ އެއާޕޯޓަށް ޖެއްސޭނީ ކޮންފެންވަރެއްގެ ބޯޓެއްކަން ނިންމޭނީ ކުރެވޭ ދިރާސާއަށްފަހުގައި ކަމުގައެވެ. ފުވައްމުލަކުގައި އެއާޕޯޓެއް ހެދުމަކީ އަނެއް ދިވެހިރާއްޖޭގައި ދިވެހިން އެދޭ ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަށް މުހިއްމު ބައެއްކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެހެންކަންކަމުގައި އެބޭފުޅާއަކީ މާހިރެއް ނޫންނަމަވެސް ދަތުރުފަތުރުގެ ކަންތަކުގައި މާހިރެއްކަމުގައި ހާމަކުރެއްވިއެވެ.

ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ އެރައްޔިތުންނަކީ އިލްމީ ބައެއް ކަމުގައެވެ. އަދި ދިވެހިން މިތިބީ ހަތަރު އަގޮޅިއެއްގައި ކަމަށާއި ޚަރާބުގެ މަގު ނުވަތަ ސަލާމަތުގެ މަގު ޚިޔާރުކުރުން އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށެވެ. ފުވައްމުލަކުގެ ރައްޔިތުން ކަންކުރިމީހުންނަށް ހައްގު މަގާމު ދޭނެކަމަށް އުއްމީދު ކުރައްވާކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ވިސްނާނުލާ އެޅޭ ފިޔަވަޅެއްގެ ސަބަބުން ދިވެހިން މިހާރު ހޯދާފައި މިވާ މިނިވަންކަމުގެ މަގާމު ގެއްލޭ ހިސާބަކަށްވެސް ދެވިދާނެކަމުގައި ނަޝީދު ވިދާޅުވިއެވެ.

މިހާރު ވެރިކަން ކުރަމުންދާ އުސޫލު ބަދަލުކުރުމަށްޓަކައި ވޯޓުލުމަށް ނަޝީދު ފުވައްމުލަކުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. މިގޮތުން މާލޭގައި އެކަކު ހުރެގެން ހަމައެކަނި އޭނާގެ ވިސްނުމާއި އެއްގޮތަށް ހުރިހާ ކަމެއް ކުރުމުގެ ނިޒާމު ގަބޫލު ނުކުރެވޭކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ތިބީ ވިސްނޭ ރައްޔިތުންކަމަށާއި އެބައިމީހުންގެ ރަށާއި އަތޮޅުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އެބައިމީހުންގެ ވިސްނުމާއި ހިޔާލުގެ ހިއްސާ މުހިއްމުކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ރައްޔިތުންނާއި އެބޭފުޅާއާއި އެންމެ ފުރަތަމަ ބައްދަލުވީ އިސްލާހަށް މަސައްކަތްކުރެއްވުމުގެ ސަބަބުން ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި އިރެއްގައި ކަމުގައެވެ. އެއީ ފުވައްމުލަކުގައި ކަރަންޓުގެ އަގު ބޮޑުކުރުމުގެ މައްސަލައިގައި އިހްތިޖާޖުކުރި ޒުވާނުންތަކެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިފަދަ ކަންތައްވަނީ ވެރިކަން ތަޣައްޔަރުވީމާ ކަމުގައެވެ. އަދި ވެރިކަމަކީ ރައްޔިތުން އޮބަހައްޓައިގެން ކުރާކަމެއް ނޫންކަމުގައިވެސް ނަޝީދު ހާމަކުރެއްވިއެވެ.
ހޮނިހިރު ދުވަހު ރޭގެ ޖަލްސާގައި ހިޔަނި މިނިސްޓަރ އައިމިނަތު ޖަމީލު ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އަނެއް ދިވެހި ރާއްޖޭގައި އަޅާލާ އޯގާތެރިވެ މުޖުތަމަޢަށް އެނބުރިއައުމަށް އެހީވާނެކަމުގައި ވިދާޅުވިއެވެ. އަދި އަންހެން ބޭފުޅުންނަކީ ގަދަރުވެރި ވިސްނުންތެރިބައެއްކަމަށާއި އެބޭފުޅުންގެ ވޯޓު ވިއްކާނުލުމަށް ގޮވާލެއްވިއެވެ.

7 Comments

  1. ކޮން އަނެއް ދިވެހިރާއްޖެ!! ނަޝީދު ވެްސް އުޅެނީ ވެަަރިކަން ނުކުރެވިގެން! ރަނގަޅު ވާހަކައެއް…..ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ..
    ދެން މި ހިޔަނި މިނިސްޓަރު އައިމިނަތު ޖަމީލު މީ އަދި ކާކު؟؟ މީނަގެ ކާފަގެ ކާފަ ވެސް ވޯޓުދިނީ މައުމޫނަށް!!

    Comment by Alibe' — August 31, 2008 @ 10:42 pm

  2. އައްނިއަށް ތިކުރާމަސައްކަތައް ހަމަސާބަސް އައްނިއަކީހިއްވަރުގަދަމީހެއް. ހިއްވަރުކުކުރޭ ކާމިޔާބުވާނެ .އަގީ

    Comment by Anonymous — September 1, 2008 @ 11:07 am

  3. ދިވެހި ރައްޔިތުންނަށްޓަކައި ޤުރުބާންވި ހަމައެކަނި ބޭފުޅާ އަކީ އަންނި…އެކަމަށް އަންނިއަށް ވޯޓް ދޭނަން..އަންނި އަކީ އަހަރެމެންނަށް ‘މިއަދު’ ދައްކައިދިން ބޭފުޅާ…ތިކުރާ ހިއްވަރަށް ހަމަ ސާބަސް…

    Comment by Ainthu — September 2, 2008 @ 11:58 am

  4. އޭބަލަ އަލިބެ! ހާދަ ރުޅިގަދަވެފަ! ރުޅިއަންނަނެކަމެއް ނެތް. ހަގީގަތް ވާނީ ހަގީގަތަށް. އަންނި އެވިދާޅުވާ އަނެއް ދިވެހިރާއްޖެ މިހާރުވެސް މިއޮތީ ފެންނަން. ކަލޯއަށް ތިގޮތަށް ވާހަކަވެސް ތިދެއްކެނީ އަންނިގެ ސަބަބުން.. ރާއްޖެއަށް އެންމެ ކުޑަމިނުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިލިބުނީވެސް އަޅުގަނޑުމެންގެ އޮންރަބަލް މުހައްމަދު ނަޝީދުގެ ސަބަބުން ނޫންތަ؟ އަލިބެ، މަކުޑަކޮށް ހިނިވެސް އެބައާދޭ އަލިގެ ތިގޮތަށް ހަގީގަތް ގަބޫލުނުކުރަން އުޅޭތީ..

    Comment by researcher — September 2, 2008 @ 12:28 pm

  5. އަންނި އަކީ އަހަރެމެންނަށް ‘މިއަދު’ ދައްކައިދިން ބޭފުޅާ. އަންނިއަށް އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރައްޖެވެސް ދެއްކެނީ. މައިމޫން މީގެ ކުރިން 90% މަތިން ހޮވުނަސް ﷲ ގެ ވަގިފުޅާއެކު މިއަދު ދިވެހި ރައްޔަތުން މިތިބީ މައުމޫނު ނޫން އެހެން މޫނަކަށް ވޯޓް ދިނުމަށްޓަކާ ތައްޔާރަށް. އިރާދަ ކުރައްވާފިޔާ އެމޫނަށް ވާނީ އަޅުގަނޑު ސިޔާސީ މައިދަނުގަ އެންމެ ލޯބިވާ އަންނިއަށް. =ކ.ގުރައިދޫގެ ޒުވަނެއް=

    Comment by think nation — September 3, 2008 @ 1:01 am

  6. ސާބަހޭ، ހަމަތިކުރާ ހިއްވަރަށް ސާބަހޭ، ޔަޤީން މިފަހަރު އަންނި ހވޭނެ. ޔަޤީން މިފަހަރު މިކަން ކޮށްފައި ނޫނީ ހުއްޓައެއް ނުލާނާނަން.
    ކުރެންދޫ ރައްޔިތުންގެ ފަރާތުން އަންނި އަށް ދިގު އުމުރަކަށް.

    Comment by ނާފަރު ހަމީދު ކުރެންދޫ ރައްޔިތެއް. — September 5, 2008 @ 12:05 pm

  7. އަނި ތިޔަކުރާ ހިތްވަރަށް ސާބަސް …. ވޯޓްގެ ނަތީޖާ އިއުލާންކުރަންވާ ދުވަހު އައި.ޖީ.އެމް.އެޗް އަދި އޭޑީކޭ އަދި އައު ސަހަރާ ކުއްލި ހާލަތަކަށް ގެންނަން ޖެހޭނެ އިގޭ…
    މައުމޫނަށް ކާމިޔާބު ލިބިއްޖެއްޔާ އަހަރެންނަށް ހާޓް އެޓޭކެއް ވެސް ޖެހިދާނެ… ތިޔަ ކަމުގައި ކުރިއަށްދޭ. އަދި އިރާދަކުރެވިއްޖެއްޔާ ކާމިޔާބު ލިބޭނެ.. އަހަރެން ދުވާވެސް ކުރާނަން

    Comment by shaihaan — September 6, 2008 @ 4:26 am