Wathan Edhey Gothah – MDP » ރަމްޟާން މަހުގެ އަޅުކަމާއި ކުރިމަތިލާއިރު ހާލުގައި ޖެހިފައިވާ ނިކަމެތިންގެ މަތީން ހަދާންނައްތާލައިގެން ނުވާނެ – ކެންޑިޑޭޓް ނަޝީދު

August 31, 2008

ރަމްޟާން މަހުގެ އަޅުކަމާއި ކުރިމަތިލާއިރު ހާލުގައި ޖެހިފައިވާ ނިކަމެތިންގެ މަތީން ހަދާންނައްތާލައިގެން ނުވާނެ – ކެންޑިޑޭޓް ނަޝީދު


ރަމްޟާން މަހުގެ އަޅުކަމާއި ދިވެހިން ކުރިމަތިލާއިރު ދިވެހިންގެ ތެރޭގައި ތިބި ސުނާމީގައި ހާލުގައި ޖެހި ވަގުތީ ހިޔާތަކުގައި ހަތަރު އަހަރު ހޭދަކުރަމުންދާ ނިކަމެތިންގެ މަތީން ހަނދާންނައްތާލައިގެން ނުވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މިހެން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރަމްޟާން މަހުގެ މަރުހަބާ ކިޔުމަށް ރޭ ދެއްވި ހާއްސަ މެސެޖްގައެވެ. ފުވައްމުލަކުގައި ހުންނަވައިގެން ދިއެފްއެމް އަދި ފާރްއަވޭ އެފްއެމް މެދުވެރިކުރައްވާ ނަޝީދު ދެއްވި މިމެސެޖްގައި ފާހަގަކުރެއްވި ގޮތުގައި ސުނާމީގައި ހާލުގައި ޖެހިފައިވާ މީހުން ހިތްދަތިކަމުގައި ކުރިމަތިލަމުން އެދަނީ ހަތަރުވަނަ ރަމްޟާން މަހާއެވެ. މިއީ ދެލޯ މަރާލައިގެން އަތްއުރާލައިގެން ތިބެން ހެޔޮނުވާނެވަރުގެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އިންސާނީ ގަދަރާ ކަރާމާތައް އިހުމާލުވެގެން ތިބެ ފުރިހަމަ އަޅުކަމެއް އަދާކުރުމަކީ އޭގެ ޒާތުގައި ފުރިހަމަކަމެއް ނޫންކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މިކަންކަމުގެ މަތިން ހަދާންނައްތާލައިގެން ތިބެން ވެއްޖެނަމަ އަޅުގަނޑުމެންގެ ދީނާ އަގީދާއި މެދު އެހެން މީހުން ސުވާލު އުފައްދާނެކަމުގައި ވިދާޅުވިއެވެ. އެހެންވެއްޖެނަމަ އިސްލާމްދީނާއި ދީނުގެ ދަންނަބޭކަލުންގެ ގަދަރު ކުޑަވެ އިތުބާރު ގެއްލޭނކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

އަޅުކަމަކީ ފޫހި އެއްޗެއްކަމުގައި ހެދުމަށް މިސްކިތްތައް ގިނަކޮށް ނަމާދުކުރާ މީހުން މަދުކުރަމަކީ ޒަމާނީ ހީލަތްތެރި ރޭވުމެއްކަމަށާއި މިކަމާއި މެދު ސަމާލުވުމަށްވެސް ނަޝީދު ދިވެހިންނަށް ގޮވާލެއްވިއެވެ. އަދި ދީނީ އިލްމުވެރިން ލައްވާ ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވަރަށް ކުރިއްސުރެ ހިންގާ ކަމެއްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. މިގޮތުން 1800ގެ އަހަރުތަކުގައި ފެށުނު “ގަސްވެރިޔާ ލައްވާ ގަސްކެނޑުން” ޝިއާރު މިއީ މިކަމުގެ މިސާލެއްކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިރަމްޟާންމަސް އަޅުގަނޑުމެންނާ ކުރިމަތިލަނީ ކައިރި މާޒީގައި ދުވަހުކުވެސް ދެކިފައިނުވާ ދަތިކަމާއި އެކުގައެވެ. ސިޔާސީ ބޭނުމަށް ބޭކާރު ޚަރަދުކުރުމާއި ދޮގު މައުލޫމާތު ފެތުރަމުން ދާއިރު ސަރުކާރުގެ މާލީ ސިޔާސަތު މިހާރު މިވަނީ ފޭލިވެފައިކަމުގައި ނަޝީދު ވިދާޅުވިއެވެ. މުދަލާއި ޚިދުމަތުގެ އަގު އުފުލިފައިވަނީ ޚާއްސަކޮށް މިމަހު އޭގެ ބުރަ އުފުލަންޖެހޭ ގޮތަށްކަމަށް ނަޝީދު ވިދާޅުވިއެވެ.