ރައްޔިތުންގެ އިއްޒަތުއްނަފްސު ގެއްލިގެންދާ ސަބަބެއްކަމުގައި ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުން އޮތްއޮތުން ނައްތާލާނަން – ކެންޑިޑޭޓް ނަޝީދު
މިއަދު ރާއްޖޭގެ ރައްޔިތުންގެ އިއްޒަތުންނަފްސު ގެއްލިގެން ދާންޖެހޭ ސަބަބެއްކަމުގައި ހިމެނިފައިވާ ބޭސްފަރުވާއަށް ސަލާންޖަހަން އެމްޑީޕީގެ ސަރުކާރަކުންނައްތާލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަޢުދުވެވަޑައިގެންފިއެވެ.
މުހައްމަދު ނަޝީދު (އަންނި)ގެ ރިޔާސީ ފަސްވަޢުދުގެ ތެރެއިން އެންމެ ފަހު ވަޢުދު މިއަދު ވެވަޑައިގަތީ އައްޑޫ އަތޮޅާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުން އެނބުރިވަޑައިގަތްތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ނަޝީދު މިވަޢުދު ވެވަޑައިގަތީ އެމްޑީޕީގެ ހަރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ.
ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލައްވާނެކަމަށް ވަޢުދު ވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަމުންދާ ވަޢުދުތައް ﷲގެ އިރާދަފުޅާއި އެކު އެމްޑީޕީގެ ސަރުކާރަކުން ފުއްދައިދޭނެކަމުގައެވެ. މީގެ އިތުރަށް މިހާރު ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ގޮތުން އެންމެ ދަތިވެފައިވާ ދެތިންކަމެއް ނަޝީދު ފާހަގަކުރެއްވިއެވެ. މިގޮތުން ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން އަތްފޯރާ އަގެއްގައި ސިއްހީ ހިދުމަތް ލިބުމަށް ދަތިވަމުން ދިޔުމާއި، ސިއްހީ ކުއްލި ހާލަތެއްގައިވެސް ވެލްފެއާ އަދި ތީމުގޭ ނުވަތަ ވިޔަފާރިވެރިއެއްގެ ގާތުގައި ސަލާންޖަހަން ޖެހުމާއި މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމުވެފައިވުމާއި ނަރުދަމާގެ ސަބަބުން ފެންތަޣައްޔަރުވުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ސަރުކާރެއްގެ ސިއްހީ ސިޔާސަތު ބިނާކުރާނެ މައިގަނޑުކަންތައްވެސް ނަޝީދު މިއަދު ހާމަކުރެއްވިއެވެ. މިގޮތުން ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ފަރުވާ ރާއްޖެއިން ފަސޭހައިން ލިބޭނެގޮތް ހެދުމާއި ކޮންމެ ރައްޔިތެއްގެ ހެލްތު އިންޝުއަރެންސް އޮތުމާއި ސިއްހީ ދާއިރާގެ މީހުންނަށް ހަގީގީ މާނައިގައި ތަމްރީންތައް ދިނުމާއި ފަރުވާކުޑަކަމުން ސިއްހީ ދާއިރާގެ މީހުންގެ ފަރާތުން ކުރިމަތިވާ މައްސަލަތައް ބެލޭނެ ނިޒާމެއް ކަނޑައެޅުމާއި ރަގަޅު ސިއްހީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި ސިއްހީ ފަރުވާ ދެވޭނެ ގޮތަކަށް ހުޅުވާލައްވާނެކަމުގައި ވިދާޅުވިއެވެ.
އަންނިގެ މަސައްކަތަށް އައްސަރިބަހާސާބަސް ދަންނަވަން. އަދި ތިޔަމަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. ތިޔަ ސައިޓް އިތުރަށް ފުރިހަމކޮށްލަން ފެނޭ، އެގޮތުން އިތުރު ފޮޓޯތައް ހިމެނުމުގެ އިތުރަށް ދިއެފްއެމް، ކެޕިޓަލް،ފާރއަވޭ އެފް އެމް އަދި ދިވެހިރާއްޖޭގެ އަޑާ ނޫސްތަކުގެ ލިންކުތައް ތި ސައިޓުގައި ހިމެނުމުން އަޅުގަނޑުމެންކަހަލަ ރާއްޖެއިން ބޭރުގައި ތިބޭ ކުދިންނަށް އަންނިގެ އަޑު ވަގުތުން އަދި ހަބަރުތައް ތާޒާކޮށް ލިބިގެންދާނެ. ވީމާ އެކަން ފުރިހަމަވެގެން ދާނޭކަމުގައި އުންމީދުކުރަން.
Comment by rilwan — September 1, 2008 @ 10:07 am
http://www.new.facebook.com/group.php?gid=20878549405&ref=ts
Comment by Anonymous — September 2, 2008 @ 11:04 am
އަޅުގަޑަކީ ައަބަދުވެސް އެމް ޑީ ޕީ އަށް ހެޔޮއެދޭ މީހަކީމެވެ.އެމް ޑީ ޕީ ނޫނީ ހަގީގީ ރައްޔިތުންގެ ވިންދާ ގުޅޭ ޕާޓީ އެއްނެތެވެ.އެއްމެރަގަޅައް ރިޔާސީ ކެމްޕޭން ކުރަނީ އަންނި ކަމުގައި މިވަގުތު ފާހަގަ ކޮއް އަންނި އަށް ސާބަސް ދެމެވެ.އަޅުގަޑުގެ އުއްމީދަކީ ރަގަޅު ނާތީޖާ އަކުން އަންމި އށް ރާއްޖޭގެ ރައީސްކަންލިބުމެވެ.
Comment by Anonymous — September 2, 2008 @ 3:28 pm
އަން ނި އަށް ވާނެ ތަ
Comment by Anonymous — September 5, 2008 @ 11:54 am