Wathan Edhey Gothah – MDP » ރިޔާސީ ސުވާލަށް ޖަވާބުދެއްވުމުގައި ކުރި ހޯއްދެވީ ކެންޑީޑޭޓް ނަޝީދު

September 4, 2008

ރިޔާސީ ސުވާލަށް ޖަވާބުދެއްވުމުގައި ކުރި ހޯއްދެވީ ކެންޑީޑޭޓް ނަޝީދު

މިނިސްޓްރީ އޮފް އިންފޯމޭޝަން އެންޑް ލީގަލް ރިފޯމް އިން އިންތިޒާމް ކުރައްވައިގެން 3 ސެޕްޓެމްބަރ 2008 ގައި ޓީވީ އާއި ރޭޑިޔޯ އިން ދުރަށް ދައްކައި އިއްވުނު “ވިސްނާށޭ ގައުމު ރިޔާސީ ސުވާލާއި ޖަވާބަށް” ކެންޑިޑޭޓުން ޖަވާބުދެއްވުމުގެ ވާދައިގާ ކުރިހޯއްދެވީ އެމްޑީޕީ ގެ މުހަންމަދު ނަޝީދު (އަންނި) ކަމުގައި ގިނަފަރާތްތަކަކުން ދަނީ ފާހަގަ
ކުރަމުންނެވެ.

ގާނޫނު އަސާސީގެ އިސްލާހުތައް ތަސްދީގުކުރެވުމަށްފަހު މިއަހަރު އިންތިޚާބު ބޭއްވެންދެން ހުންނެވި ވަގުތީ ރައީސް ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވާ ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެއްސަފަށް ފަހަތަށް ޖެހިވަޑައިގެންނެވި މަންޒަރު ފުރަތަމަ ފަހަރަށް ފެނިގެންދިޔަކަން އެއީ ފާހަގަކުރެވޭ ތަފާތު މަންޒަރެއްކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެކަން ވެފައިވަނީ ޑިމޮކްރަސީގެ މަސައްކަތުގައި އެތަކެއް ފާހަގަކުރެވޭ ގުރުބާނީ ވެފައިވާ އެމްޑީޕީގެ ހިއްސާބޮޑު ކާމިޔާބީގެ ފާޅުގަދަ ރަމްޒަކަށެވެ. ރިޔާސީ ސުވާލު ތަކަށް ޖަވާބު ދެއްވުމުގައި، އެމްޑީޕީ ގެ މުހައްމަދު ނަޝީދު ތަކުރާރުކޮށް ފާހަގަކުރެއްވި ފާއިތުވި 30 އަހަރު ހިންގާފައިވާ ސަރުކާރުގެ އިޝްރާފާއި ބޭކާރު ހޭދަތަކާއިމެދު ވަގުތީ ރައީސް މައުލޫއު އިން ބޭރުވެވަޑައިގެން ހިތްޕުޅުގެ ނުތަވަސްކަން ފާޅުކުރައްވާން ޖެހިވަޑައިގަތްކަން އެއީ
ނަޝީދުގެ ނުކުތާތަކުގެ ކާމިޔާބީއެއް ކަމުގައިވަނީ ފާހަގަކުރެވިފައެވެ.

ކުރިމަގުގެ ސިޔާސަތުތައް ކަނޑަ އެޅުއްވުމުގައި އެމްޑީޕީ އިން ކަންކޮށްފައިވާ ނިޒާމީ ފުރިހަމަކަމާއި އެހެން އެއްވެސް ކެންޑިޑޭޓެއްގެ ޕާޓީއިން އެފަދަ އިންތިޒާމްތަކެއް ބޭނުންނުކުރައްވާކަން ރިޔާސީ ސުވާލުތަކާއި ޖަވާބުތަކުން ހާމަވެގެން ދިޔައެވެ. އެމްޑީޕީން ރައްޔިތުންގެ އަޑު އެތައްގޮތަކަށް އަހައިގެންނާއި އެއަށް ފަހު އެތަކެއް އިލްމީ އަދި ފަންނީ މަޝްވަރާއަށްފަހު ކަނޑައެޅުނު އެތަކެއް ސިޔާސަތުތަކުގެގެ ތެރެއިން ރައްޔިތުން އެންމެ އެދިގެންތިބި ކަންކަމުން އެމްޑީޕީގެ ކެންޑިޑޭޓްގެ ރިޔާސީ ވައުދުތައް ކަނޑައެޅުނުކަން އެއީ ގިނަބަޔަކު މިހާރުފާހަގަކުރާ ކަންކަމެވެ. ދިރިއުޅުމުގެ އަގު ތިރިކުރުމާއި އަތްފޯރާ އަގުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅައި ލާމަހާލުމާއި، ބޭސްފަރުވާ އަށް ސަލާމްޖަހަންޖެހުން ނައްތާލުމާއި، މަސްތުވާތަކެތި ރާއްޖެ އެތެރެވާން ހުޅުވިފައިވާ ދޮރުތައް ބަންދުކުރެއްވުމުގެ ވައުދުތައް އެއީ މިހާރުން މިހާރަށް އަމާޒުކުރާންޖެހޭ މުހިންމު ކަންކަން ކަމާއި، މިކަންކަން ފުރިހަމަވާން ފެށުމާއެކު ރައްޔިތުންގެ މެދުގައި ތިޔާގިކަން އިތުރުވެ ހިތްހަމަޖެހުމާއި އުފާފާގަތިކަން އިތުރުވެ ފެތުރިގެންދާނެކަމުގެ ތަސައްވުރު ނަޝީދު ހާމަކުރެއްވީ ވަރަށް ތަފާތު މަޑުމައިތިރި ހުނަރުވެރި ހުށައެޅުއްވުންތަކަކުންކަން ފާހަގަވެގެން ދިޔައެވެ.

22 Comments

  1. އަންނި އަށް ތަރާވީހެއް ދޭން ބޭނުން…ފޯނު ނަމްބަރު ލިބިދާނެތަ

    Comment by niya — September 4, 2008 @ 4:42 pm

  2. އަންނި އަކީ ހިތްވަރު ގަދަ ފަހުލަވާނެއްކަން ރޭ އަޅުގަޑުމެންނަށް އެގިގެން ހިގައްޖެ.

    Comment by Anonymous — September 4, 2008 @ 4:43 pm

  3. ސާބަހޭ އަންނި.ތީ މިގައުމުގެ “މަންޑޭލާ” މުޅި ކޮލަމާފުށި މިއޮތީ އަންނިގެ ފަހަތުގަ.

    Comment by Anonymous — September 4, 2008 @ 11:32 pm

  4. އެމް ޑީ ޕީ އަކީ ރައްޔަތުންގެ ވިންދާ އެއްގޮތައް ކަންކުރާ ޕާޓީއެއްކަން ފާހަގަ ކުރެވެ. ރައްޔަތުންގެ ހިއްސާ އާއި އެކު މެނިފެސްޓޯ އިއުލާން ކުރުންއެއީ އެކަމުގެ ހެއްކެއް. އަޅުގަނޑު މިއަދު މި އެމް ޑީ ޕީ ގެ ކެންޑިޑޭޓް އަންނި އަށް ވޯޓް ދޭން މިނިންމީ އެމް ޑީ ޕީ އިން ގެންގުޅޭ ޑިމޮކްރަޓިކް އުސޫލުތަކަށްޓަކާ. ރައްޔަތުންނާ މެދު ބަހައްޓަވާ ގާތް ގުޅުންތަކަށްޓަކާ. އަންނިގެ ކުޅަދާނަ ކަމާއި ގެންގުޅުއްވާ ފުރިހަމަ ސިޔާސަތު ތަކައްޓަކާ. +ޒުވާނެއް+

    Comment by Anonymous — September 5, 2008 @ 2:21 am

  5. އެއީ ޒާހިރުބެގެ ކޮމެންޓެއް …..

    Comment by Anonymous — September 5, 2008 @ 2:22 am

  6. ކޮބާ ޒާހިރުބެގެ ކޮމަންޓަކީ

    Comment by Anonymous — September 5, 2008 @ 2:39 am

  7. މި ޑިބޭޓްގައި އަންނި ކުރިހޯދީ އޭނާގެ ވިޝަން ސާފުވީމާ.

    Comment by Waheed — September 5, 2008 @ 8:14 pm

  8. އަންނި ހަމަސާބަސް

    Comment by kimmoan — September 6, 2008 @ 12:15 pm

  9. އަންނި ހޯޕްހޯޕް

    Comment by mohamed — September 6, 2008 @ 12:16 pm

  10. އަންނި އައިލަވް ޔޫ

    Comment by maree — September 6, 2008 @ 12:17 pm

  11. އަންނިގެ ޕޮލިސީތައް ރަނގަޅު، ވަރަށް ތާޢީދު ކުރެވޭ، ބޭނުން ވަނީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް މިކަން ފޯރު ކޮށްދިނުން.

    Comment by kaleyfaanu — September 6, 2008 @ 12:43 pm

  12. އައްނި އާއި ދޭތެރޭ އެއްވެސް ސުވާލެއް އަހަރެމެންގެ ހިތުގައެއް ނެތް.އެއީ މިޒަމާން ދުނިޔެދުށް އެންމެ ހިއްވަރުގަދަ ބަތަލް.އެއީ ދިވެހިންގެ މިނިވަން ކަމުގެ ބައްޕަ.އެއީ ދިވެހިންގެ ޑިމޮކްރަސީގެ ބާނީ.ކުރިމަތިލާ ކޮންމެ ކަމެއް ކާމިޔާބުކުރާނެ ކަމާއިމެދަކު އެއްވެސް ޝައްކެތް ނެތް. އެއީ11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު ދެން މިރާއްޖޭގެ ވެރިކަމާއި ހަވާލުވާނެ ރައްޔިތުންގެ ޚާދިމް ރައީސުލްޖުމްހޫރިއްޔާ.

    Comment by illey — September 6, 2008 @ 1:33 pm

  13. އަންނި އަކީ މިޤައުމުގެ ހީރޯ ……

    އެކަމަކު ވެރިކަމަކައް އެކަޝީގެންނުވޭ ……
    މިއީ އަޅުގަނޑު ގެ ޙިޔާލު

    Comment by hassan — September 6, 2008 @ 2:32 pm

  14. އަޅުގަޑަށް ހީވަނީ އަންނި ބޭނުންވަނީ މާލޭ މީހަކު ވެރިކަމުގަ ބަހައްޓަން. މިއިންތިހާބުގެ ދެވަނަ ބުރަކަށް މައުމޫނު އާއި ޤާސިމް ހިނގައްޖެނަމަ މިކަން އެނގޭނެ.
    އެއްމެން ވެސް އަންނި ގެ ހުދުމުހުތާރު ވާހަކަ ދައްކާނީ ކޮންމެވެސް ކަމެއް ވީމަ ކަންނޭގެ.އެކަމަކު މަވެސް ވޯޓު ދޭނީ އަންނި އަށް.ސަބަބަކީ އެއީ އެމް.ޑީ.ޕީ ގެ ރިޔާސީ ކެނޑިޑޭޓު ކަމަށް ވާތީ. އެއްމެފަހުން އިލެކްޝަން ކޮމިޝަން ހޮވަން ވޯޓު ދިން ގޮތް މިސާލަކަށް ފުދޭކަންނޭގެ.ކަސްޓަމް ސަރަހައްދުގައި އުޅޭ މިޕާޓީގެ މެމްބަރުން ވެސް އެކަމާ ވަރަށް ހިތްހަމަ ނުޖެހޭ.
    އަހަރެމެން އެމް.ޑީ.ޕީ ގެ މެމްބަރުންނަށް މިކަންތަށްތަކުގެ ހަޤީގަތް ބުނެދިނުމަކީ މިޕާޓީ ހިނގަން ތިބި މީހުންގެ ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. ވީމާ މިކަންކަމުގެ ހަޤީގަތް ބުނެދިނުން އެދެމެވެ.

    Comment by member of MDP — September 6, 2008 @ 6:27 pm

  15. ކެޔޮޅާ ބޭބޭ ދޫންޏާ ހިނގާށެ ބޭރަށްދާން
    މިނިކާ ރާއްޖޭ ގަސްކަރަ ބަލާފަ އަންނަން ދާން

    Comment by any — September 7, 2008 @ 1:53 am

  16. ސާބަހޭ އަންނި. ތިޔައީ ހިތްވަރުގަދަ ފަހުލަވާނެއް.

    Comment by Anonymous — September 7, 2008 @ 10:42 am

  17. ރަގަޅުވާހަކައެއް ތިބުނީ. އަންނިގެ ހުދުމުހުތާރު ކަން މާބޮޑު

    Comment by Anonymous — September 7, 2008 @ 11:02 am

  18. އަންނިއަށް ހަމަސާބަސް.

    Comment by juney — September 8, 2008 @ 1:23 am

  19. ދާންވީ ހަމަ އަނެއް ރާއްޖެ އަށް. މީހުން މަރާ ، ކަޓަރު އަޅާ މިނިކާރާއްޖެ ދޫކޮއްލަންވީ.

    Comment by ibbe — September 8, 2008 @ 1:52 pm

  20. އަންނި ހުދުމުހުތާރު ވީގޮތް ބަޔާންކޮއްވަންވީނޫންތޯ……. 17 ވަނަ ކޮމެންޓް ލިޔުއްވިބޭފުޅާ..

    Comment by Ibbe — September 8, 2008 @ 2:43 pm

  21. ސާބަހޭ އަންނި… ރައްޔިތުންނައްޓަކައި ތިޔަވެވަޑައިގަންނަވާ ގުރުބާއައް… ސާބަހޭ….

    Comment by Ibbe — September 8, 2008 @ 2:46 pm

  22. އަންނި އަކީ އަމިއްލަ އެދުންބޮޑުމީހެއް…އެވާހަކަ ދައްކަން ނޭނގޭ ކަލޭގެ އަށް ކޮންވެރިކަމެއް….ކޮށްދެވޭނީ އެއްމެ ކަމެއް…ތަޅާފޮޅުމާ ކަޓަރު އެޅުމާ މީހުން މެރުން….

    Comment by any — September 8, 2008 @ 10:17 pm