އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އއ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި
އއ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ފެއްޓެވި މިދަތުރުފުޅުގައި ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ފުރަތަމަ ޒިޔާރަތްކުރައްވާނީ ތޮއްޑޫއަށެވެ. އޭގެ ފަހުން ކެނޑިޑޭޓް ޒިޔާރަތްކުރައްވާނީ ރަސްދޫ، އުކުޅަސް، މާޅޮސް އަށެވެ. ކެންޑިޑޭޓް ކޮންމެ ރަށެއްގެވެސް ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ބުރާސްފަތިދުވަހުގެރޭ އުކުޅަހުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކެމްޕޭން އޮފީހުން މައުލޫމާތު ދެއެވެ.
އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ފަރާތުން އަރިއަތޮޅުގެ ރަށްތަކަށް މީގެ ކުރިންވެސް ޒިޔާރަތްކުރައްވާފައިވެއެވެ. މިގޮތުން މިދިޔަ އޮގަސްޓުމަހު އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އިސްކޮށް ހުންނަވައިގެން ލީޑަރޝިޕް ޓީމެއް އއ އަދި އދގެ ރަށްތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.
އއ.އަތޮޅުން ބޮޑުތަރުހީބެއް އަންނިއަށް ލިބޭނެ ކަމައް އުންމީދުކުރަން. އަންނި އަކީ އއ.މާޅޮހު ދަރިކޮޅަށް ނިސްބަތްވާ ހިތްވަރުގަދަ ފަހުލަވާނެއް. ތިއީ ރައްޔަތުން އެދޭ ބަދަލް ގެނެވޭނެ ލީޑަރަކީ. ތިއީ އަޅުގަނޑު މެންނަށް އަނެއް ދިވެހިރައްޖެ ހޯދައިދެވޭނެ އިންސާނަކީ
Comment by Anonymous — September 5, 2008 @ 2:38 am
އަހަރެމެންވެސް ބޭނުންވަނީ ފަހުރުވެރި އަނެއް ދިވެހިރާއްޖެއަށް ދިއުމަށް ނަމަވެސް ހުރަސްތައް ގިނަގުނަ. މަހުޖަނު ގާސިމު މިހާރު ޑީ.އޯ ވެސް ހިސޯރުކޮށްފި ބުނަން، މިކަމުން އެނގެނީ ރިފޯމިސްޓުހެދިގެން އުޅޭ ސައްޕޭމެ ކަހަލަ މީހުންނަކީވެސް ފަސޭހައިން ގަނެވޭ މީހުންކަން. އެގޮތަށްވެސް ނުވިކިހުރި ހަމައެކަނި ލީޑަރަކީ އަންނި. ވީމާ އަހަރެމެންގެ ތާއީދާ ހެޔޮދުއާ ވަނީ އަންނިޔާއެކު.
Comment by rilwan — September 5, 2008 @ 4:18 pm
އެމް.ޑީ.ޕީ އުފެދުނީ ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ގައްޔޫމްގެ ކެހިވެރި ވަކިތަކުން މިގައުމު ސަލާމަތްކުރުމަށް. މިއަދާ ހަމަޔައްވެސް އެންމެ އިފެކްޓިވްކޮން ޕާރޓީއެއްގެ ސިފައިގައި އެމަސައްކަތް ކޮށްފައިވައިވަނީ އެމް.ޑީ.ޕީން. އަހަރެމެން އެމް.ޑީ.ޕީއަށް އަދި އަންނިއަށްވެސް ހިތުގެ އަޑިން ތާޢީދުކުރަމުން މިދަނީ އެހެންވެ. ޑީ.އާރ.ޕީއަށް ބައިއަތުހިފައިގެން އެމީހުން ބޭނުންގޮތަކަށް، މައުމޫނަށް ފަހިވާގޮތަށް، އޭނާގެ ކެހިވެރި ރޭވުންތެރިކަން ކާމިޔާބުވާގޮތަށް އެމް.ޑީ.ޕީގެ ޢަމަލުތައް ބެހެއްޓުމަކީ އެމް.ޑީ.ޕީގެ އައިޑެންޓިޓީ ގެއްލިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އުއްމީދުތައް ވެއްޔާމޮޑެވިގެންދާނެ ކަމެއް. އެންމެ ފަހުން އިލެކްޝަން ކޮމިޝަން އެކުލަވާލަން އެމް.ޑީ.ޕީން ވޯޓްދިންގޮތުން އަހަރެމެން މިތިބީ އަންތަރީސްވެ ވާނުވާ ނޭގިފަ. އަންނިއަށް ތާޢީދު އިތުރުވަމުންދާ މިދުވަސްކޮޅު މިއެޅި ހަޑިމުޑުދާރު ފިޔަވަޅާމެދު އަޅުގަނޑުމެން ޖަވާބެއް ބޭނުމެވެ. ހަސީން
Comment by Anonymous — September 6, 2008 @ 6:42 am
ސާބަހޭ އަންނި. ތިޔައީ ހިތްވަރާއި އަޒުމް ވަރުގަދަ ކަމުގެ ނަމޫނާއެއް. ތިޔައީ ދިވެހިރާއްޖެ އުފެއްދި ކުޅަދާނަ ޝަޙުސިއްޔަތެއް. ރައްޔިތުންގެ ވިންދާއި އެއްގޮތަށް ހުރިހާކަމެއްގައި ވާހަކަދައްކަވައި އަމަލީގޮތުން އެކަން ދައްކަވާނަމަ ކާމިޔާބު ވާނެކަން ޔަގީން.
Comment by Anonymous — September 7, 2008 @ 11:57 am
އެމްޑީޕީ އިން އަބަދުވެސް ކަމެއްކުރަނީ ވަރަށް ވިސްނަގެންކަން އަޅުގަނޑަށް އިނގޭ. އެއީ އެމްޑީޕީ އިން މާޒީގައި ދައްކާފަ ހުރި މިސާލުތަކުން. އެހެންކަމުން އަޅުގަނޑު އެމްޑީޕީ އައި ދޭތެރޭ އެއްވެސް ވަރަކަށް ސައްކެއް ނުކުރަން. އަޅުގަނޑު ޔަގީންކުރާ ގޮތުގައި އެމްޑީޕީ އަކީ 100% ރައްޔަތުންގެ އިހުސާސްތައް ދަނެގެން ހިންގާ ހިކުމަތްތެރި ތާހިރު ޕާޓީއެއް. ނައިންޓެ
Comment by Anonymous — September 7, 2008 @ 4:36 pm