މެމްބަރުން އެދިލައްވާތީ އަންނި އަލުން އައްޑޫ މުލަކަށް
އައްޑޫ އަތޮޅު އަދި ފުއައް މުލަކުގައި ތިއްބެވި މެމްބަރުން އެދިލައްވާތީ އެމްޑީޕީ ގެ ރިއާސީ ޕްރައިމަރީސް ގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި) އެ ދެ އަތޮޅަށް ކުރައްވާ ދަތުރެއް 18 އޭޕްރިލް 2008 ދުވަހު ފައްޓަވާނެއެވެ.
އައްޑު އަތޮޅުގައި ފޭދޫ މަރަދޫ-ފޭދޫމަރަދޫ ހިތަދޫ އަދި ހުޅުމީދޫ އަށް އަންނި ވަޑައިގަންނަވާނެއެވެ. ފުއައް މުލަކުގައި ފުނާޑު، މިސްކިތްމަގު، ހޯދަޑު، މާލެގަމު، ދޫޑިގަމު، މާދަޑު، ދިގުވާދާއި ދަޑިމަގަށް ކެންޑިޑޭޓް ޒިޔާރަތް ކުރައްވައި، މެމްބަރުން އަދި ރައްޔިތުންނާއި މުޚާތަބު ކުރައްވާނެއެވެ.
ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދެވުމުގައި 7 މާރޗް 2008 އިން މިހާތަނަށް ކެންޑިޑޭޓް މުހައްމަދު ނަޝީދު ވަނީ 52 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މާޗް 09 އިން 14 އަށް އައްޑޫ އަށާއި ފުއައްމުލަކަށް އަންނި ވަނީ ދަތުރުކުރައްވައި ކެމްޕެއިން އޮފީސް ހުޅުއްވަވައި މެމްބަރުންގެ ގޭގެއަށް ޒިޔާރަތް ކުރައްވާފައެވެ.
އެމްޑީޕީ ގެ އާންމު މެމްބަރުންނަކީ ޕާޓީގެ އެންމެ ވަރުގަދަ ޝަހްޝު ތައް ކަމުގައި ދެކެވަޑައިގަންނަވައި، އާންމު މެމްބަރުންގެ ބާރުވެރިކަމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫ އާޢި ފުއައްމުލަކު މެމްބަރުން ހާމަކުރައްވަމުން ގެންދަވާ މަތިވެރި ތަރުހީބަށް އަމަލީގޮތުންމެ އިހްތިރާމް ކުރައްވާނެކަމަށެވެ.
Anni, you do not seem to have got what it takes to be someone who can run this country. Your views and judgements give clear evidence on this! MDP and Maldives need people who are sincere, truthful and committed to undertake the painful task of changing the present system and reform the country.
Comment by muiz — April 19, 2008 @ 2:34 pm