Wathan Edhey Gothah – MDP » މިހާރު އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނަކީ ހުޅުވާލެވިފައިވާ މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއްޖެ

September 6, 2008

މިހާރު އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނަކީ ހުޅުވާލެވިފައިވާ މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލެއްވި އިލެކްޝަންސް ކޮމިޝަނަކީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ހުޅުވާލެވިފައިވާ މިނިވަން އިންތިހާބަކަށް ހެދޭނެ ފެންވަރުގެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކުރައްވައިފިއެވެ.

މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޕާލިމަންޓްރީ ގްރޫޕްގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕާލިމަންޓްރީގްރޫޕްގެ ވިޕް ޅ އަތޮޅުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އާ އިލެކްޝަންސް ކޮމިޝަނެއް ނުއުފެއްދުނު ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ކދ އަހުމަދު މަނިކު އިލެކްޝަންސް ކޮމިޝަނަރުކަމުގައި ބަހައްޓައިގެންނެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ ވިދާޅުވި ގޮތުގައި ކދގެ ކޮމިޝަނަރުކަން ނިންމުމަކީ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެކެވެ.

ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް މިއަދު ހާމަކުރެއްވި ގޮތުގައި މިހާރު ހޮވިފައިވާ އިލެކްޝަންސް ކޮމިޝަނަރކަމަށް ހޮވިވޑައިގަތް ބޭފުޅުންނަކީ އެމްޑީޕީން ތާއީދުކުރެއްވި ބޭފުޅުންކަމުގައެވެ. އަދި މި ލިސްޓަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ހިމެނޭ ފަސްބޭފުޅުން އެއްބަސްވެފައިވަނީ ޕާޓީއަށް ބެލުމަށްވުރެ ހުށަހެޅިފައިވާ ބޭފުޅުންނަށް ބެއްލުވުމަށްފަހުގައި ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އެދުވަހު ވޯޓަށް އެހުނު ވަގުތު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އެއްބޭފުޅާ ރީކޯ މޫސާ މަނިކު މިލިސްޓާއި ދެކޮޅު ހެއްދެވި ނަމަވެސް އޭގެ ކުރިން އެބޭފުޅާވެސް މި ލިސްޓަށް ތާއީދު ކުރައްވާފައިވާކަމުގައި އަފީފް ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އއ އުކުޅަހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުވެސް ވަނީ މިހާރު ހޮވިފައިވާ އިލެކްޝަންސް ކޮމިޝަނަރް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މިނޫސްކޮންފަރެންސްގައި ޗެއާޕާސަން މާރިޔާ ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި އުފެދޭ ޖުޑިޝަލް ކޮމިޝަންގައި ބޭރުގެ ފަޑިޔާރުން ތިބުމަކީ މައްސަލައެއް ނޫނެވެ. އަދި މީގެ އިތުރަށް ދާދިފަހުން އެމްޑީޕީގެ ކެބިނެޓް އޮފީހުގެ ލެޓާރހެޑްގައި ކުރީގެ އަމީން އާއްމުގެ ނަމުގައި ނެރެފައިވާ ޕްރެސް ރިލީސް އަކީ ދޮގު ޕްރެސް ރިލީސްއެއްކަމަށާއި އަދިއެ މައްސަލަ ތަހުގީގް ކުރުމަށް ފުލުސްއޮފީހަށް ހުށަހަޅާނެކަމުގައިވެސް މާރިޔާ ހާމަކުރައްވާފައިވެއެވެ.

2 Comments

  1. ހުސެއިން ރަޝީދު އަކީ މިހާރު ވަރަށް ޖާހިލް މީހެއް ކަމައްލަފާވޭ އެހެނީ ނޭގި ޖާހިލް ވާމީހާއަށްވުރެ އެގިގެންޖާހިލް ވާމީހާގެ ޖާހިލްކަށްބޮޑު ދޯ ހުސެއިން ކަލެއަށްވެސް އެގޭނު އެމްޑީޕީ އަކީ ދިވެހި ޖޫމްހޫރިއްޔާގެ ފުރަތަމަ ޕާޓީ އެޕާޓީގެ ލީޑަރ ކަލޭ ބުނާހާގޮތެއްހާދާކަށްނުޖެހޭނެ ވިސްނޭތަނުވިސްނޭނޭ މައުމޫން ގޮވައިގން ކޯޓަށްދާންވީނު ކަލޭ ތީ ބޯހަލާކުވެފާހުރި ބޮޑު ފިޑިއެއް . ދެންކަލޭމެން ކުރި ސުވާލަކީ މައުމޫން ބިސްމި ކިޔާފަ ވިއްކަށްހުއްދަ ދިނީ ޒަމްޒަމް ފެނާ މޭބިސް ކަދުރުހޭ މަގޭސުވާލަކީ ޤާސިމް އާ ތިޕާޓީގެ ބޮޑުން ބިސްމި ކިޔާފަވިއްކަނީ ޒަމްޒަމް ފެނާ މޭބިސްކަދުރުތޯއޭ ނޫސްވެރިން މިސުވާލްގެ ޖަވާބު ހޯދައިދިނުން އެދެން ބަގުރާޔާ އޫރުމަހާ ރާއްޖޭގާ ވިއްކައިގެންނުވާނޭ ކިޔާ ހަޅޭއްލީ މީހުންމިހާރުތިތިބީ އެތަކެތި އެއްމެގިނައިންވިއްކާމީހުންގެ ފަހަތުގާ އާޗާ ތީހަމަ ވަރަށްއަމިއްލައެދުން ބޮޑުބައެއް ،،،، އަދިބުނަން ހުސޭނާ ކަލޭމެންނަން ޕާޓީ ހަދަން ހުއްދަދިނީވެސް އެމްޑީޕީގެ މަސައްކަތުން.. މިހާރު ކަލޭމެން ޕާޓީގެ ރަނިންމޭޓަކަން ތިއައްޔަން ކުރީ އެއްކަލަ ޒަމްޒަމް ފެން ބޯ ބައިގަޑުގެ ބޮޑުމީހާ ދޯ ބަލަ އޭނައެހުރީކޮންމެ ގޮތެއްހަދާފަވެސްވެރިކަށް ހޯދަންނުކުމެ ވިސްނާށޭ ގައުމު

    Comment by Anonymous — September 8, 2008 @ 10:03 am

  2. ޚބަރުލިބޭގޮތުން ހަސަންސައީދުއަށް ތާއީދުކޮށްގެން ތިބި މީހުން ކޮޅުބަދަލުކޮށް އެމް ޑީ ޕީގެ ރިޔާސީކެންޑިޑޭޓަށް ތާއިދުކުރަންފަށައިފި.

    Comment by Anonymous — September 9, 2008 @ 1:20 am