ދަވްލަތުގެ ޚަރަދުގައި ރައީސް މައުމޫނު ކެމްޕޭން ކުރެއްވުން ހުއްޓަވާލެއްވުމަށް އިލްތިމާސް ކުރަން
ދަވްލަތުގެ ޚަރަދުގައި ރައީސް މައުމޫނު ކެމްޕެއިން ކުރައްވަމުންގެންދަވާ ގެންދިއުން ވަގުތުން ހުއްޓަވާލެއްވުމަށް އިލްތިމާސް ކުރަމެވެ.
ރައީސް މައުމޫނު މިފަހުން ބާ އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޚަރަދު އިންތިހާއަށް ބޮޑުކަން އެއީ އެކަމާމެދު ވިސްނަވާ ކޮންމެ ދިވެއްސަކަށް އެނގިލައްވާނެކަމެކެވެ. އުޅަނދު ފަހަރާއި ރަސްމިއްޔާތުތަކަށް ހިނގާނޭ ބޮޑު ޚަރަދުގެ އިތުރުން އެކި ނެށުންތަކަށް ޒީނަތްތެރި ހެދުން ފެހުމުން ފެށިގެން ރަށްރަށުގެ މަގުތައް ޒީނަތްތެރިކުރެއްވުމަށް ކުރެވިފައިވާ ބޮޑު ހޭދައިގެ އެތައްބައެއް އެއީ ކަނޑައެޅިގެން ކުރައްވާ އިސްރާފެވެ. ސުނާމީގައި ވިހާލިވެފައިވާ އެތަކެއްގިނަ ދިވެހީން ނުލާހިކު ނިކަމެތި ހާލުގައި ސަރުކާރުގެ އެހީއަށް އެދިއެދި ތިބޭތާ ތިންއަހަރު ވެފައިވާއިރު، ރަސްމީ ކަމެކޭ ވިދާޅުވެ މި ބާވަތުގެ ބޭކާރު ޚަރަދުތައް ކުރައްވައި، ގަވްމީ ޓީވީ އާއި ރޭޑިޔޯގެ މައްޗަށް މިހާތަނަށްވެސް ދުލެއްނުދެއްވާ ހިފަހައްޓަވާ ކޮންޓްރޯލް ބޭނުންކުރައްވައިގެން ދަތުރުފުޅުގެ މަންޒަރުތައް ދުރައް ދެއްކެވުމަކީ ނާޖާއިޒު ގޮތުގައި ދަވްލަތުގެ ވަޞީލަތްތައް ބޭނުން ކުރެއްވުން ކަމުގައިނޫނީ ނުހެއްދެވޭނެއެވެ. އަދި މިފަދަ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ކުރައްވާ ފުރައްސާރައެއްކަމުގައި ނޫނީ ސިފަ އެއް ނުކުރެއްވޭނެއެވެ.
ސާބަހޭ އައްނި! ގޮޅާބޯ އެއްގޮތަކައް ވެސް ނުވިސްނާ ރައްޔިތުން އުޅޭނެ ބިކަހާލެއް.ކުޑަ ކުޑަ ރަށް ރަށު ގައި ވެސް ގޯޅާބޯ އެއުޅެނީ ކާރުކޯޅުގައި. އެކަމަކު ރައްޔިތުން ބަލިވިޔަސް ހެލްތު ޕޯސްޓަށް ވެސް ގެންދަން ޖެހެނީ އައްގާނޑިޔާގައި އެވެ.
Comment by saaim — March 21, 2008 @ 10:43 am
މައުމޫނު ކުރައްވާ އެބާވަތުގެ ކަންކަމާއިމެދު ތިޔަބޭފުޅުން އެހާބޮޑަށް ޙައިރާންވެވަޑައި ނުގަންނަވާށެވެ. އެބޭފުޅާގެ ދީންވެރިކަމާ ނިޔަނެތިކަމާ ލިބިވަޑައިގެންހުންނެވި ތަޢުލީމުގެ މަތިވެރިކަމާއެކުވެސް އެހާމެނިޔަނެތިގޮތެއްގައި، ކުޑައެއްހިޕަވައިގެން ފާރުބުޑުބުޑުން ހިންގަވާއުޅުއްވި ހިތްދަތިމަންޒަރު ބަލަންތިބެންނުކެރިގެން އަޅުގަނޑުމެން އެންމެންވެގެންހިތުންރުހުމުން ޙަވާލުކުރި އަމާނާތަށް ޚިޔާނާތްވެވަޑައި ގަންނަވަންފެއްޓޭވީ ކުޑަވެސް ލަދުޙަޔާތްޕުޅެއްނެތިކަން ނުދަންނަނީ ފަހެކޮންދިވެއްސެއްތޯއެވެ. ހަމަގައިމުވެސް މިމުޑުދާރު ބަލީގެއަވައިގާޖެހިފަ ނުވާކޮންމެދިވެއްސަކު މިކަމަށް ހެކިވާނެއެވެ. އެއްގަމުންނަމަ ހަތަރު ކާރުކޮޅުގައިނޫނީ ތަކަށް ވަޑައިގެންނެވޭކަމަކަށްނުވެއެވެ. ކަނޑުމަގުންނަމަ ހައެއްކަލޯންޗުގައިނޫނީ ވަޑައިގެންނެވޭކަމަކަށްނުވެއެވެ. ވައިގެމަގުންނަމަ އެވަޑައިގަންނަވާތަނެއްގެ ކޮންމެވެސްބާރުގަދަ ޖަމާޢަތަކަށް ދައުލަތުގެ ބޭތެލިމާލުންބައިވަރެއް ދެއްވައިގެން ރަތްދޫލައަޅުވައިގެން އެވަޑައިގަންނަވާމަންޒަރު އަނެކާވެސް އެތައްބައިވަރެއްޚަރަދުކުރައްވައި ގެން ޚާއްޞަކޮށް ރާއްޖެތެރޭގެރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ޤައުމުގެ ޓީވީންދައްކުވައިގެންނޫނީ އެމަތިވެރި ހިތްޕުޅުހަމަޖެހޭކަމަކަށްނުވެއެވެ. ދިރިއުޅުއްވާކަށްމުލިއާގެއާއި އޭރުހުރި ތީމުގެވެސްވީކުޑަތަންފުކެއްކަމުގައެވެ. ދެންތީމުގެއަށްހެއްދެވިގޮތާ އެހިސާބުގަނޑުގައި ތިބިނިކަމެތި ރައްޔިތުންނަށް ހެއްދެވިގޮތާ އެވަރުންވެސްފުދިވަޑައިނުގަނެގެން ފައިފްސްޓާފެންވަރަށް އާރަށްހައްދަވައި އަރާމު ކުރައްވަމުން އެގެންދަވާއިރު ރަށްޔި ތުންތިބިޙާލާމެދު ކަހައިރުވަކެކޭވެސް އެމަނިކުފާނަކަށްހީފުޅެއްނުވެއެވެ.
ވޭތުވެދިޔަތިރީހަކަށްއަހަރުދުވަހު މިޤައުމަށްލިބުނިއްޔާލިބުނުހާއެއްޗެއްވަނީ ދިހަވަރަކަށްޢާއިލާގެމެދުގައިބަހާލާފައެވެ. ދެންތިބިހާބަޔަކު ދިރިއުޅެމުންގެންދަނީ މިދެންނެވިދިހަވަރަކަށްޢާއިލާގެމީހުންނަށާއި އެމީހުންގެނޯކަރުންނަށް ސަލާންޖަހައިގެންނެވެ. މިއީޤައުމީފެންވަރުގައިމިކަންއޮތްގޮތެވެ. ވޭތުވެމިދިޔަތިރީހަކަށްއަރުގެތެރޭގައި މިޤައުމަށްކޮށްދެއްވާފައިވީނަމަ ވީހާކަމެއްކޮށްދެއްވާފައިވަނީ އަހުރުމެންނާއި ޢަހުރެމެންގެދަ ރީންނާއި އެދަރީންގެދަރީންވެސް މުޅިދުނިޔެއަށްދަރުވާލާފައެވެ. ޤައުމަށްލިބުނުހާއެއްޗެއްވަނީ ޤައުމުގެވެރިކަމުގައިތިއްބެވި ޢިއްޒަތްތެރީންގެ ހިރިޔާފާތުރައިގެދަށުގައެވެ.
ހިތާމައަކީ މިހުރިހާކަމެއްފާޅުކަންބޮޑުގޮތެއްގައި މުޅިޤައުމުޙިޞޯރުކުރައްވައިގެން ހިންގަވަމުންގެންދަވާއިރު މިމަޅީގަނުގެހިތިއްބެވި ޢިއްޒަތްތެރީންވެސް މިހަޑިމުޑުދާރުދެދުނިޔޭގެބަދުނަސީބަށް ތަރުހީބުދެއްވާކަމެވެ. އޭގެތެރޭގައި ޢިއްޒަތްތެރިކުއްޓިއާއި ޢިއްޒަތްތެރި ޙަސަންކުރުސޯޓާއި ދީނީޢިލްމުވެރިޔައާޣާފާހަގަކޮށްލަމެވެ.
މިއީމިކަމާގުޅޭގޮތުން ލިބިފައިހުރިމަޢުލޫމާތުގެތެރެއި އިންކުޑަކުޑަމިންވަރެކެވެ.
Comment by DHUNTHARI — March 22, 2008 @ 5:04 pm