ޝުކުރުގެ ބަސްކޮޅެއް
ކެމްޕޭނުގެ ހަރަކާތްތެރީންނާއި، އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް، ހެޔޮ ދުއާ ސަލާމަށްފަހު ލިޔަމެވެ.
‘ތާހިރު ދިރިއުޅުމަކަށް’ އަޅުގަނޑު ފެށި ކެމްޕޭން ހިންގުމުގައި، އަޅުގަނޑަށް ތިޔަ ފޯރުކޮށްދެއްވި ހިތްވަރާ އަގު ނުކުރެވޭފަދަ މަސައްކަތަށްޓަކައި، ތިޔަ އެންމެހާ ބައިވެރިންނާ ހަރަކާތްތެރީންނަށް ހިތުގެ އަޑީން ޝުކުރު އަދާކުރަމެވެ. އެމްޑީޕީގެ ފުރަތަމަ ޕްރެޒިޑެންޝަލް ޕްރައިމަރީގައި ކެންޑިޑޭޓް ނަމްބަރު 3 ގެ ގޮތުގައި އަޅުގަނޑު ވާދަކުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހަމަގައިމުވެސް ތިޔަ މެމްބަރުންނާއި އެކުވެރީން އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަދި، ހެޔޮ ބަދަލަށްޓަކައި ތިޔަ ކުރައްވާ އުއްމީދު ހިމެނެއެވެ.
މާތް އަމުރާ އިރާދަފުޅުން7 މާރޗް 2008 ގައި ކަލާފާނު ސްކޫލް ގެ ގޯތިތެރެއިން އަޅުގަނޑު ފެށި މިދަތުރުގައި، ހއ. ކެލައިން ސ. ގަމާއި ދެމެދު އެތުރި އޮތް ފަސްދޮޅަސް އެތައް ރަށަކަށް ޒިޔާރަތްކޮށް، ޕާޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީގް، އަޅުގަނޑަށް ލިބުނެވެ. މިހުރިހާ ދަތުރުތަކެއް ކުރެވުނީ، ޖުމްލަކޮށް މިކެމްޕޭން އަޅުގަނޑަށް ކާމިޔާބާއެކު ފަށާ، އުފަލާއި ހިތްހަމަޖެހުމާއިއެކު ނިމުމަކަށް ގެނެވުނީ، ތިޔަ އެންމެހާ ފަރާތްތަކުގެ ވާގިވެރިކަން އަޅުގަނޑަށް ލިބުނީމައެވެ.
އަޅުގަނޑުގެ އުއްމީދަކީ ތާހިރު ދިރިއުޅުމެއް ކައިރި މުސްތަގްބަލެއްގައި ދިވެހީންނަށް ލިބި، ހާސްކަން މިގައުމުން ފިލާދިއުމެވެ.
ހިތުގެ އެންމެ އަޑިން ޝުކުރިއްޔާ!
މުހައްމަދު ނަޝީދު (އަންނި)
މަރުހަބާ އައްނި – ބައްޑޭ
Comment by Anonymous — April 26, 2008 @ 1:51 am
ސާބަހޭ އަންނިއަށް. ތިޔަ ސާބިތު ކޮއްދިނީ ރައްޔިތުންގެ ލޯބި އަންނިއަށް ލިބިފައިވާކަން. ދިވެހި ފަސްގަނޑަށް ތިޔަފަދަ ދަރިއެއް އުފަން ވީތީ ދިވެހިން ފަހުރުވެރިވޭ.
Comment by Voice of Lh. Kurendhoo — April 26, 2008 @ 7:57 am
މަރުޙަބާ އަންނި – ސަރުކާރުގެ ހީލަތާ މަކަރުން އަންނިގެ ނަން ކިލަނބުވެފައި އޮތް އޮތުމަށްފަހު މިއަދު އަންނިގެ އަޑު އަހައިފީމެވެ. އަޅުގަނޑު އަންނިގެ ކާމިޔާބީއަށް މަރުޙަބާ ކިޔަމެވެ. – އައިނަލީމްސް
Comment by Ibrahim Haleem — April 26, 2008 @ 8:38 am
އަންނި ހޯއްދެވި ކާމިޔާބީއަށް ފަށްފަށުން މަރުހަބާ އާއިތަހްނިޔާ ނަައިފަރުގެ ލޮބުވެތި ރަައްޔިތުންގެ ނަމުގަ އާއި އަޅުގަނޑުމެންގެ އަމިއްލަ ނަމުގަައި ރައްދުކުރަން
މަރުޙަބާ.
ނައިފަރިއަންސް.ކޮމް
Comment by naifarians — April 26, 2008 @ 10:55 am
ސާބަހޭ އައްނި ތީގެންވެސް އެގެނީ އަޅުގަނޑުމެން އައްނި އަށް ކުރާ ތާއީދު
Comment by saaim — April 26, 2008 @ 2:02 pm
ތިޔަހޯއްދެވި ކާމިޔާބަށް މަރުހަބާ – ވީމް
Comment by Anonymous — April 26, 2008 @ 2:03 pm
މަރުހަބާ އަންނި ! އިއްތިހާދުގެ މަތިން ހަދާން ނައްތާނުލާނެ ކަމަށް އުއްމީދުކުރަން .. ޝުކުރިއްޔާ . ވޯޓް ހައްގުވާ މީހުން.
Comment by Anonymous — April 26, 2008 @ 2:41 pm
މަރުހަބާ އަންނި !
Comment by Anonymous — April 26, 2008 @ 3:15 pm
މަރުހަބާ އަންނި….
ސާބަހޭ އައްނި ތީގެންވެސް އެގެނީ އަޅުގަނޑުމެން އައްނި އަށް ކުރާ ތާއީދު…
މަރުހަބާ އަންނި !
މަރުހަބާ އަންނި !
މަރުހަބާ އަންނި !
Comment by shahza ali — April 26, 2008 @ 4:07 pm
ރައްޔިތުންގެ މަޤުބޫލްކަން ވަނީ އަންނިއާއި އެކު. މަރުޙަބާ އަންނި!
ރާއްޖެއަށް މިއަދު އަންނަމުންމިދާ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އަންނި ހުންނަވައިގެން ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.
ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ޤައްޔޫމާއި އެބޭފުޅާގެ އައުވާނުން ކިތަންމެ ކަމެއް ކުރިކަމުގައި ވީ ނަމަވެސް ދިވެހި ދަރިން ފަށާފައިވާ މި ޤައުމު މިނިވަންކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމުގައި އަންނި އިސްކޮށް ހުންނަވާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަމެވެ. މިހާ ހިސާބަށް ރާއްޖެ ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި އަންނި އަށް ލިބިވަޑައިގެންނެވި އަނިޔާ އާއި ތަޙައްމަލްކުރެއްވި ވޭނަކީ އެންމެހާ ދިވެހިދަރިން ހަނދާންކޮށް އަބަދުވެސް ޝުކުރުއަދާކުރާނެކަމެއް.
Comment by badiu — April 26, 2008 @ 6:06 pm
ﷲއަށް ހަމްދާއި ޝުކުރުދަންނަވަން، މީދިވެހީންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.
Comment by Teetee Faroah — April 26, 2008 @ 10:49 pm
އަންނިއަށް ހެޔޮދުޢާ ސަލާމް، ކަންތައްތައް ތިޔަގެންދަވާ ޙިކްމަތްތެރި ގޮތުގެ-
މައްޗަށް،އުފާކޮށްޝުކުރުއަދާކުރަމެވެ..ތިޔަގޮތުގައި،ދެމިހުންނެވުމަށް،ނަސޭޙަތްތެރިވަމެވެ. އަޅުގަނޑު އެދެނީ އަންނަރިޔާސީއިންތިޚާބުގައި،އިއްތިހާދުގެ ކެނޑިޑޭޓަކަށް
އަންނިހޮވޭގޮތްވުމެވެ.ނަމަވެސް،މިދަނޑިވަޅުއަދި މަޑުކޮށްލެއްވުމަކީވެސް،ދެރަގޮތެއްކަ
މަކައްނުދެކެމެވެ.އަންނިއަކީ،އަދިހަމަޒުވާނެކެވެ.އިރާދަކުރެއްވިއްޔާ،މުސްތަޤްބަލްއޮތީއަދިކުރިއަށެވެ.އަވަސްއަރައިގަތުމަކީ،ބުއްދިވެރިގޮތެއްކަމަކަށްނުދެކެމެވެ.އަދިއެހެންނޫ –
ނަސް،އަންނިއަކީ،މިކަން،ކާމިޔާބުވުމުގެއަސްލެއްކަމަށް،މާތްﷲމެދުވެރިކޮށްދެއްވާފައިވާ،މާތްއިންސާނާމަށްދެކެމެވެ.ވީމާ،އެންމެދަށްވެގެންވެސް،ރަނިންމޭޓެއްގެގޮތުގައި،ތިޔަ
ބޭފުޅާފެނުމުގެއުފާ ޙާސިލްވާނެކަމަށް އުންމީދުކުރަމެވެ.ޝުކުރިޔާ،އަންނި….
.
Comment by DHUNTHARI — April 27, 2008 @ 9:07 am
މަރުހަބާ އަންނި !
Comment by shamin — April 27, 2008 @ 12:20 pm
މަރުހަބާ އަންނި!!!!!!
ހަނިމާދޫ ސާހިދު(އެމްޑީޕީ ހަނިމާދޫ ގޮފި)
Comment by ސާހިދު — April 27, 2008 @ 1:22 pm
ހަސަން ސައީދާއެކު ސަރުކާރެއް ހަދަން ނިންމާނަމަ، އަންނިއަށް އެ ހެދެނީ ވަރަށް ބޮޑު ގޯހެއް. އިސްލާހީ ހަރަކާތް ފުޑާލާ ކަފުންކޮށް ވަޅުލުމަށް ކަށިން ހިތްވަރު ނެރުނު އެކަކީ ޑރ.ހަސަން ސަޢީދު. އަންނިގެ ރަނިންގ މޭޓަކަށް ޙަސަން ސަޢީދު ހަދައިފިނަމަ، އަޅުގަނޑުމެންގެ ވޯޓެއް އަންނިއަކަށް ނުދޭނަން. އޭރުން ބެލެވޭނީ އަންނިއަކީވެސް އަނިޔާވެރިއެއް ކަމަށް
Comment by check — April 28, 2008 @ 8:10 am
މަރުޙަބާ އާއި ކާމިޔާބަށް އެދެން. އިބުރާހީމް
Comment by Anonymous — April 28, 2008 @ 5:02 pm
މަރުޙަބާ ! މަރުހަބާ ! އަންނި !!! ސާފު އޯގާވެރި ، ކިޔަމަންތެރި ، ވަފާތެރިވެ އިތުބާރު ހިފޭގޮތަކަށް މި ލޮބުވެތި ޤައުމުގެ ވެރިންނަށް
( ރައްޔިތުންނަށް ) ވެރިކަމުގެ ސާފް ފައިދާ ހޯދައިދެއްވާށެވެ!!! އޭރުން ކޮންމެ މީހަކީވެސް ތާހިރު ދިރިއުޅުމެއް އުޅޭނެ މީހެކެވެ.
އެދުވަހުން އަންނި އާއިވެސް ސުވާލުކުރެވޭނެކަން ހަނދުމަކުރާށެވެ!!!
= ޒްލެކްސް =
Comment by zulexx — May 3, 2008 @ 5:36 pm
ގައުމަށްޓަކާ އަންނި ތިކުރައްވާ މަސައްކަތަކީ ނުހަނު އިހްލާސްތެރި، ބުރަ، އެހާމެ ބިރުވެރި މަސައްކަތެކެވެ. އަންނިގެ ތިޔަ ވިސްނުމާ ފިކުރަށް އަޅުގަނޑު ތާއީދުކުރާހާލު ސުކުރުވެރިވަމެވެ.
ހަމަ ޔަގީނުންވެސް އަހަރެން ވޯޓް ލާނީ އަންނި އަށް….
ދެން ތިޔަބޭފުޅުންނޯ….
Comment by niyaa — August 25, 2008 @ 2:50 am
އަންނި މަރުހަބާ!! އަންނި އަށް ހަމަ ވޯޓް ލާނީ އަންނި އަށް ވަރަށް ސަޕޯޓް ކުރަން ވަރަށް ވަރަށް………. ޝަރާ 21 ވަރަށް ބައްދަލު ކުރާހިއްވޭ
Comment by shara — August 31, 2008 @ 5:21 pm
ރަމްލޯން މުބާރަކް….އަންނި..ތިޔަކުރައްވާ ހިތް
ވަރަށް ހަމަސާބަސް….އަޅުގަޑުގެ ވޯޓް އަންނި އަށް….ހެޔޮދުއާ ސަލާމާއެކު…
Comment by fathey — August 31, 2008 @ 7:42 pm
އަންނި ނޫނީ ވެރިކަން ކުރެވޭނެ މީހަކު ނެތް މިގައުމުގައި؟ އަންނި އަށް ހަމަ ސާބަސް އެކަމަކު ތި ކުލަ ވަރަށް ހަޑި::P
Comment by n.manadhoo — September 10, 2008 @ 4:25 pm
އަންނި ނޫނީ ދެން ހުރީ ކާކު ދޯ::: އެއީ ހަމަ އެކަނި ކެރޭ މީހަކީ.. ދެން ހުރީ ބިރު ފޮޑިން ހީހީީހީީޙިހި
Comment by shifaaz peace — September 10, 2008 @ 4:27 pm