Wathan Edhey Gothah – MDP » އިތުރު ފޮޓޯ

September 8, 2008

އިތުރު ފޮޓޯ

Photos by M I Maniku

14 Comments

 1. އަންނި އަށް އިތުރު ތާއީދުލިބެނީ މިހާރަށްވުރެވެސް ބޮޑަށް ރާއްޖެތެރެ ފީލްވާގޮތަށް ކެމްޕޭން ބައްޓަން ކޮށްގެން. ދެސެގްމެންޓެއް ބޮޑަށް ރަނަގޅުވާނީ. މާލެއާ މާލޭގެ 10ވަނަ އަވާއެކު އެއީ މާލެވަންތަ ސިޔާސަތު. ދެންހުރިހުރިހާ ރަށަކަށް ރާއްޖެތެރެވަންތަ ސިޔާސަތު. މިސަލަކަށް ބޮދުމީހާހެން ރަށަކަށް އަރައިފިނަމަ އެރަށެއްގައި ހުންނަ ނުކުޅެދޭ ނުވަތަ އެންމެ މުސްކުޅި ނުވަތަ އެންމެ ތުއްތު ކުއްޖާގެ ބޮލުގައި ފިރުމާލާ ހެޔޮއެދުމުގެ ބަހެއް ބުނެލާ އައިލާމީހުންނަށް ގެން ނުކުންނަމުން ޓާޓާ ކިޔަލާ ހެދުން. އަތް ކުޑަކޮށް ސްލޯ މޯޝަނުގައި މަތީގަ އިރުކޮޅަކު ވޭވްކޮށްލާނީ. ދެން ކެމެރާއިން އަތުގެ ފޮޓޯއެއް ނެގިޔަސް ނާރުތައް އެރިޔަނުދޭތި. އޭރުން އެބަލައިގެން ބޮޑުމީހާ އަންނިގެ މުސްތަގުބަލު ކޮޅާލާނެ. އަހަރެންވެސް އަނެއް ދިވެހިރާއްޖެ ދެކެލަން ބޭނުން.

  Comment by Abdullah Shafeeu — September 9, 2008 @ 4:09 am

 2. ސްޕްރީމްކޯޓަށް ބޭރުގެ ފަނޑިޔާރުންލާން އެމް.ޑީޕީން ތާއީދުކޮށްގެން ނުވާނެ. ދިވެހި ފަނޑިޔާރުންނަށް އިތުބާރުކުރައްވާ. ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް އުފެދޭ މިނިވަން މުސްތަގިއްލު ކޯޓާމެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ މުހިއްމުކަމެއް. އަދި ރައީސް މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ސްޕްރީމްކޯޓާ ހަވާލުކުރުމާމެދު އެމް.ޑީ.ޕީން ދެކޮޅުހަދައިގެން ނުވާނެ. ދެކޮޅު ހަދައިފިނަމަ އެކަމުގެ ފައިދާ އެހެން ސިޔާސީ ޕާރޓީތަކުން ނަގާނެ. މިހާރުވެސް އެމް.ޑީ.ޕީން މިއޮއް ހުރިހާދުވަހު ކުރިމަސައްކަތުގެ ކްރެޑިޓް އެހެން ޕާރޓީތަކުން އެގެންދަނީ ނަގަމުން. މައުމޫނުގެ ހުދުމުހުތާރުވެރިކަން ނިންމުމުގައި އެމް.ޑީޕީ އަބަދުވެސް ހުންނަންވާނީ އެންމެ ކުރީގައި.

  Comment by Anonymous — September 9, 2008 @ 4:33 pm

 3. ކަޓަރު އަޅާ ހަކުރު ބޮއެ، މީހުން މަރާ ، ވައްކަމާ ޒިނޭ އާ ލިވާތާ ކޮރަޕްޝަނާ ބޭއިންސާފުގެ ރާއްޖެ ދޫކޮއް ނުދާނީ ކޮންބައެއްކަން އެނގޭ. ހުންނާނެ މީހަކު މިތާހުރޭ، އަހަރެން ބޭނުމީ އަނެއްދިވެހިރާއްޖެ. ޓާޓާ. ބާއި ..

  Comment by moosabe — September 9, 2008 @ 4:40 pm

 4. އަންނި އިސްތިއުފާ

  Comment by drp fan — September 9, 2008 @ 11:39 pm

 5. އައްނި މިހާރުވެސް (25 ދުވަސް) ވޯޓުލިމަށް މިކަން ހުއްޓާލާފައި ގެއަށް ވަދެބަލަ، މައުމޫނު ނިކުމެ ދެންތިތިބަ ކެންޑިޑޭޓުން ގަނެލާ މިނިސްޓަރުކަންދީ އަނެއްދައުރަށް ހޮވިލާލެއް ރީތިކަން ދައްކާލާނެ ކަށަވަރު ވީމާ ހުރިހާ ބޭފުޅުންވެސް އިހުލާސްތިރިކަމާއިއެކު މިކަން ކުރި އައްނިއަށް ވޯޓް ދެއްވާ ޖަލީލު

  Comment by Jalla — September 10, 2008 @ 2:41 am

 6. އޭ މާބޮޑު ކަމެއްނު މިޖެހެނީ. އަންނި އިސްތިއުފާޔޯ. ކޮންމަގާމަކުން ކަމެއް ނޭނގޭ. ރައްޔިތުކަމުންތަ؟ ފިސާރި ފިރިހެނަކަށް ވާތީ އެކަމުންތަ؟ ތާނަ ލިޔަން އެނގުނަސް ކޮންމެ ކޮންމެ މީހަކަށް ކޮމެންޓު ކުރެވޭތީ ހާދަ ދެރައޭ.

  Comment by moosabe — September 10, 2008 @ 3:25 am

 7. ސާބަހޭ އަންނި ތިކުރާ ހިތްވަރަށް!!! މާދަމާއަކީ އަޅުގަޑުގެ ގޭގައި އަންނިއަށް ކެމްޕޭނު އޮފީހެއް ހުޅުވައިގެން ފަށައިގަންނަ ދުވަސް.. އަޅުގަޑަކީ އެމް. ޑީ. ޕީ ރަޖިސްޓްރީ ވުމުގެ ކުރިންވެސް އިދިކޮޅު ޚިޔާލު ހުންނަ އަދި ޕާޓީ އުފެދުނީއްސުރެން ތިޔަ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ) ނަމަވެސް އަންނިއަކަށް އަޅުގަޑަކީ ކާކުކަމެއް ނޭގެ އެގޭނެކަމެއް) އެކަމަކު ހޫރޭ، މަޖީދުސޯ، އަމީން ފައިސަލް، ކެމެރާ ފައިސަލް، އަދިވެސް ކިތަންމެ ބަޔަކަށް އަޅުގަޑު ގެ ހަރަކާތްތެރިކަން އެގޭނެ. މިހާތަނަށް ތިޔަ ޕާޓީން ބޭއްވި މަގުމަތީ ހުރިހާ ހަރަކާތެއްގައި އަޅުގަޑަކީ އުޅޭ އޮފީހުގެ ވަޒީފާގެ އެއްވެސް ބިރެއްނެތި ބައިވެރިވަމުން އަންނަ މީހަކީމެވެ. އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަޑުގެ އަމިއްލަ ގޭގައި ކެމްޕެއިން އޮފީހެއް ހުޅުވައިގެން އަންނިއަށް ރައީސްކަން އިރާދަފުޅާއި ލައިގެން ހޯދައިދިނުމަށް މިފަށާ މަސައްކަތް އަންނި ބަލައިގަންނާނެ ކަމަށް ހީކުރަމެވެ. އަޅުގަޑުވެސް އަންނި ދަންނަގޮތަސް އަންނިއަށްވެސް އަޅުގަޑު އެގެން ބޭނުންވެއެވެ.
  އެމް. ޑީ ޕީ އަށް ޖާނާއި މާލުން ޤުރުބާންވުމަށް ތައްޔާރަސްހުރި
  ޢަލީ ރަސީދު / މއ. ފޯޗިއުން/ މާލެ’

  Comment by ali — September 11, 2008 @ 10:07 pm

 8. އަލީ ރަޝީދު، މއ. ފޯޗިއުން މެންފަދަ ސަޕޯޓއރުންނަކީ އެމް.ޑީ.ޕީ ގެ ދިރުން. ތިޔަކުރާ ހިތަވަރަށް ހަމަ ސާބަސް. އަދި އަންނި ތިވާ ގުރުބާނީއަށްވެސް ޝުކުރިއްޔާ. އިންޝާﷲ މިއީ އަހަރެމެންގެ ފަހަރު. އެމް.ޑީ.ޕީ އާ އަންނިގެ ފަހަރު.

  Comment by rilwan — September 13, 2008 @ 1:04 pm

 9. މީ ފަހަރޭ އަހަރެމެންގެ ފަހަރޭ ދޫނުކުރާށޭ މިއިންތިހާބޭ. އޭ އަންނި
  މީ އަންނިގެ ފަހަރޭ ހާސްނުވާށޭ މޮޅުވެސް ވާނޭ. އަހަރެން ބޭނުމެއްނޫން އުސްތަންތަނަށް އަރާކަށް. އަރަންއުޅެނިކޮށް ވެއްޓިއްޖިއްޔާޔޯ. އަހަރެންވެސްދާނަން އަނެއް ދިވެހިރާއްޖެއަށް

  Comment by Leef — September 23, 2008 @ 8:40 am

 10. އަނެއް ދިވެހި ރާއްޖެ ދިޔުމުގެ ޓިކެޓު މިހާރު އޯކޭ ވެއްޖެ…. ސާބަސް އަންނި!!!!!!!!!!

  Comment by annige suppotarun — October 8, 2008 @ 12:16 pm

 11. ސާބަހޭ ސާބަހޭ އަންނި ތިކުރާ ހިތްވަރަށް ސާބަހޭ !!!!އަހަރެންވެސް އަނެއް ދިވެހިރާއްޖެއަށް ދާނަން!!!!!ސާބަހޭ ސާބަހޭ؟؟؟

  Comment by unknown — October 20, 2008 @ 9:31 am

 12. މިއީ އަހަރެމެންގެ ފަހަރު އިންޝާﷲ މައުމޫނައްތާއިދުކުރާ ހުރިހާފަރާތް ތަކަށް ހެޔޮވިސްނުން ދެއްވާ އަންނިއައް ވޯޓް

  Comment by naanu — October 21, 2008 @ 12:04 am

 13. ސާބަހޭ ތިޔަކުރެއްވި ހިތްވަރަށް! މަރުޙަބާ އަނެއްދިވެހިރާއްޖެ! މަރުޙަބާ އަންނި! މަރުހަބާ އިއްތިޙާދު! އަލްޙަމުދުލިއްލާޙި

  Comment by fathun — October 29, 2008 @ 5:57 am

 14. އިންސާފުވެރި އިންތިހާބެއްނޫން ވޯޓްގުނުމުގައި މަކަރު ހަދާފައިވޭ!

  Comment by Anonymous — November 1, 2008 @ 12:28 am