Wathan Edhey Gothah – MDP » އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނ އަތޮޅަށް މިއަދު ވަޑައިގަންނަވާނެ

September 9, 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނ އަތޮޅަށް މިއަދު ވަޑައިގަންނަވާނެ

ނ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވާނެއެވެ.
މިޒޔާރަތުގައި ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ވެލިދޫއަށެވެ. ވެލިދޫއިން ނަޝީދު ވަޑައިގަންނަވާނީ ހު
ޅުދޫއަށެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި މިރޭ 10 ޖަހާއިރު ހުޅުދޫ މޭނާ ސްކޫލުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިޖަލްސާ ދިއެފްއެމް ރޭޑިޔޯއިން ލައިވްކުރާނެއެވެ.

އަންގާރަ ދުވަހު ކެންޑިޑޭޓް ވަޑައިގަންނަވާނީ ކެނދިކުޅުދޫއަށެވެ. ކެނދިކުޅުދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ދޮރުންދޮރަށް ކެންޑިޑޭޓް ހިންގަވާނެއެވެ. އެއަށްފަހު ކެންޑީޑޭޓް ވަޑައިގަންނަވާނީ މަނަދޫއަށެވެ.
ކެންޑިޑޭޓް މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރެވެ.

1 Comment

  1. އިރާދަ ކުރެއްވިއްޔާ އައްނި އަށް ކާމިޔާބުވާނެ. އަހަރެން ދުއާ ކުރަން އައްނިއަށް ވެރިކަން ލިބޭތޯ

    Comment by Anonymous — September 14, 2008 @ 8:14 am