Wathan Edhey Gothah – MDP » ނ އަތޮޅުގެ ފަސްރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު މާލެވަޑައިގަންނަވާނެ

September 10, 2008

ނ އަތޮޅުގެ ފަސްރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު މާލެވަޑައިގަންނަވާނެ

ނ އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިއަދު ހަވީރު މާލެވަޑައިގަންނަވާނެއެވެ.

މިޒޔާރަތުގައި ނަޝީދު އަންގާރަ ދުވަހު ފުރަތަމަ ވަޑައިގެންފައިވަނީ ވެލިދޫއަށެވެ. ވެލިދޫއަށް ނަޝީދު ފައިބައިވަޑައިގެންނެވި ވަގުތަކީ ހަވީރު ވަގުތަށްވީނަމަވެސް ވަރަށް ގިނަ ބަޔަކު ކެންޑިޑޭޓްގެ އިސްތިގްބާލަށް ބަނދަރު ސަރަހައްދަށް އައިސްފައިވެއެވެ. ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު އަންގާރަ ދުވަހުގެރޭ ނަޝީދުވަނީ ހުޅުދޫއަށް ވަޑައިގެންފައެވެ. އަދި އެރޭ 10 އެއް ޖަހަންދެން ހުޅުދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބައްލަވާފައިވެއެވެ. ކެންޑިޑޭޓް ނަޝީދު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި އެރޭ 10 ޖެހިއިރު ހުޅުދޫ މޭނާ ސްކޫލުގައި ޖަލްސާއެއް އޮތެވެ. ކެންޑިޑޭޓް ނަޝީދުގެ ރިޔާސީ ފަސްވަޢުދު ރައްޔިތުންނަށް ސާފުކޮށްދެއްވާ މިހާރުގެ ސަރުކާރުން ތަޖުރިބާ ހޯއްދަވައިގެން ވެރިކަމަށް ފައިނަންގަވާފައި ތިއްބެވި ކެންޑިޑޭޓުންގެ ހަގީގަތް ހާމަކޮށްދެއްވި މިޖަލްސާއަށް ވަރަށް ބޮޑު ތަރުޚީބެއް ލިބުނެވެ.

ބުދަދުވަހު ކެންޑިޑޭޓް ވަޑައިގަންނެވީ ފޮއްދޫއަށެވެ. އެއަށްފަހު ކެނދިކުޅުދޫއަށާއި މަނަދޫއަށް ޒިޔާރަތްކުރެއްވާނެއެވެ.

4 Comments

  1. އަންނި އަށް އައްސަރިބަހާ ސާބަސް…ނ.އަތޮޅުމިހާރު ކާމިނީގޭ މީހުން ބޭނުންވާ އެއްޗެއް ނުހެދޭނެ، މިއަތޮޅުގެ ޒުވާނުންނަށް ސިޔާސީ ހެޔޮވިސްނުން ގެނެސްދިނީ ކެނޑިޑޭޓް ނަސީދު އަހަރުމެންގެ ވޯޓް އޮތީ އަންނި އަށޯ.ހެހޭ ޒުވާނުންތިބީ ހޭލާފަ މިއަތޮޅުގެ ހުރިހާ ޒުވާނުން ވޯޓް ދޭނީ އަނެއް ދިވެހިރާއްޖޭގެ މާލިމީއަށް، އަންނިއަށް…އަންނި ޒިންދާބާދު

    Comment by Noonu Adhu — September 11, 2008 @ 2:52 pm

  2. އަނެއް ދިވެހިރާއްޖެއަށް ދާންމިތިބީ ކެތް މަދުވެފަ * މަނަދޫގައި ކެންޕޭން ކުރިޔަށް ދިޔަގޮތުގެ އެއްވެސްތަފްސީލް އެއް ނެތީތީ ހިތާމަކުރަން* މިރަށާ މިއަތޮޅު މިއޮޔް ހާލަތު ހަދުމަފުޅު ކުރަށްވާނޭ ކަމަށް އުއްމީދު ކުރަން

    Comment by manadhoo soru — September 12, 2008 @ 10:19 pm

  3. ްއަންނި ތިކުރާ ހިތްވަރަށް ސާބަސް. އަނެއް ދިވެހިރާއްޖެ އަށް ދާން ވަރަށް ބޭނުންވެ

    Comment by Anonymous — September 13, 2008 @ 7:40 pm

  4. އަންނި ތިކުރާހިތް ވަރަށް ހަމަ ސާބަސް މިފަހަރުގެ ވޯޓު އޮތިހަމަ އަންނިއަށް

    Comment by zee — September 13, 2008 @ 7:43 pm