Wathan Edhey Gothah – MDP » ރައްޔިތުން ބޭނުންވަނީ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތުގެ ތެރެއަށް ވަދެ އޭގެން ތަޖުރިބާ ލިބިފައިނުވާ ސާފުސާދާ ބަދަލެއް – ކެންޑިޑޭޓް ނަޝީދު

September 10, 2008

ރައްޔިތުން ބޭނުންވަނީ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތުގެ ތެރެއަށް ވަދެ އޭގެން ތަޖުރިބާ ލިބިފައިނުވާ ސާފުސާދާ ބަދަލެއް – ކެންޑިޑޭޓް ނަޝީދު

ދިވެހި ރައްޔިތުން މިވަގުތު މިތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ރައްޔިތުން ބޭނުންވަނީ ވޭތިވެދިޔަ 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތުގެ ތެރެއަށް ވަދެ އޭގެން ތަޖުރިބާ ލިބިފައިނުވާ ސާފުސާދާ ބަދަލެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ނ ހޮޅުދޫ މޭނާ ސްކޫލުގައި ރައްޔިތުންނާއި ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް ފައިނަންގަވައިގެން މިއުޅުއްވާ ބައެއް ބޭފުޅުންނަކީ މިހާރު މިއޮތް ވެރިކަމުގެ ބައިވެރިންކަމުގައެވެ. އަދި އެއީ އެކިގޮތްގޮތަށް އެކިވަގުތު މިވެރިކަމުގައި ބައިވެރިވެ އޭގެން ތަޖުރިބާ ލިބި އަލުން އަނބުރާ ވެރިކަމަށް އަންނަން އުޅޭ ބައެއްކަމުގައެވެ. ނަމަވެސް ރައްޔިތުން ބޭނުންވަނީ އެހެން ބަދަލެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ އަނެއް ދިވެހި ރާއްޖެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ﷲގެ އިރާދަފުޅާއި އެކު މިހާރު ފެންނަމުން މިދަނީ އެމަންޒަރުކަމުގައިވެސް ނަޝީދު ފާހަގަކުރެއްވިއެވެ. ރާއްޖެ ބަދަލުވަމުން މިދަނީ މީގެކުރިން ގަބޫލުނުކުރެވޭ މިންވަރަކަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެރޭ ނަޝީދުވަނީ ވޭތިވެދިޔަ 30 އަހަރު ވެރިކަމުގައި ހުންނެވި ޑީއާރުޕީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމަށް މިއަހަރުގެ އިންތިހާބުގައި ވޯޓު ދޭނީ ވަރަށް މަދު ބޭފުޅުންކޮޅެއްކަމުގައި މިހާރު ގަބޫލުކުރެވޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމާއި މެދު ނަޝީދު ވިދާޅުވީ ވިޔަފާރިވެރިން ތިއްބަވާނީ ފިހާރައިގެ ކޮށިގަނޑުގައިކަމުގައެވެ. އަދި އެބޭފުޅާ މިހާތަނަށް ކުރައްވާފައިހުރި ވިޔަފާރިތަކާ އަދި ފަހުންއައިސް މާލީވަޒީރެއްގެ ގޮތުގައި ހޭދަކުރައްވާފައިވާ ތިން އަހަރު ކަންތައްކުރައްވާފައިވާ ގޮތް މިހާރު ރައްޔިތުންނަށް މިނާލަން ލިބިވަޑައިގަންނަވާނެކަމުގައި ނަޝީދު ވިދާޅުވިއެވެ. ގާސިމަށްފަހު މިސަރުކާރުން ތަޖުރިބާ ލިބިލައްވާފައި ހުންނެވި ޑރ.ހަސަން ސައީދާއި މެދު ނަޝީދު ވިދާޅުވީ މިއަދާ ހަމައަށް ދިވެހި ރައްޔިތުން މަސައްކަތްކުރަމުން މިއައީ ގިނަ ސިޔާސީ ޕާޓީހިމެނޭ ވެރިކަމެއް މިރާއްޖެއަށް ތަޢާރަފުކުރަންކަމުގައެވެ. ބުރަމަސައްކަތުން އެފަދަ ނިޒާމެއް ގާއިމްކުރުމުން އަމިއްލަ ފަރުދެއްގެ ގޮތުގައި ޑރ. ޙަސަން ސަޢީދު ކުރިމަތިލެއްވީމާ ދޭހަވަނީ ރައްޔިތުން ތާއީދުކުރާ ބަދަލަށް އެބޭފުޅާ ގަބޫލުނުވަނީކަމަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

މިސަރުކާރުން ނަޝީދަށް ދިން އެންމެބޮޑު ޝަޒާއެއްގެ ވާހަކަ ހިއްސާ ކޮށްލެއްވުމަށް ހުޅުދޫ ރައްޔިތަކު އެދުމުން ނަޝީދު ވިދާޅުވީ އެއީ އެބޭފުޅާ އާއްމުކޮށް ދައްކާއުޅޭ ވާހަކައެއްނޫންކަމުގައެވެ. “އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަފާނަން އަޅުގަނޑަށް ލިބުނު އެންމެބޮޑު އަނިޔާއަކީ އަޅުގަޑުގެ ދެކުދިން ވިހެއި އިރުގަވެސް އަބަދުވެސް އަޅުގަނޑުގެ ކުޑަދަރިފުޅު ދޫކޮށްލާފާ ކޮންމެ ފަހަރަކުވެސް ޖަލަށްދާން ޖެހޭކަން. އެކުދީންނާ ނުލާ އެތައްދުވަހެއް ހޭދަކުރަންޖެހޭކަން. އެއީ ހަޤީޤަތުގައި އަޅުގަނޑަށް ތަހައްމަލު ނުކުރެވޭ އަނިޔާއެއް” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ.

7 Comments

  1. މާޅޮހު މީހެއްގެ ނަމުގަ ދަހިވެތިކަމާ މުނާފިގުކަން”ހާމަ”ވި ނޫހުގަ އެމްޑީޕީ އާ ދެކޮޅަށް ލިޔާލިއުން ތަކަކީ އެންދެރިކޯލު ތެރޭން ރޭވިގެން އަންނަ ލިއުން ތަކެއް. ރަނިންމޭޓް ނަގަން އައި އަމުރަކީ،” އެއީ އަހުމަދުގެ ބޭފުޅެއްގެ ފިރިކަލުންނޭ” . ފޯނުން އެންގުމާ އެކު ކެންޑިޑޭޓް ހުންނެވީ ބިރުފުޅުން ރޫރޫއަޅާ ހާލު އާދެ!އާދެ! އޭ ދަންނަވަން. އަސްލު މިވާގޮތަކީ ހަމްދޫންމެން ރަނޑުހިނގުމެއްގަ ގޮސް ނައިބުކަން ހޯދާ، ލޮނދިގޮތަކަށް ކާމިނީ ކޮޅަށް ޑީއާރުޕީ ކަހާލިޔަސް ، އެޕާޓީގެ ޒައީމަށް ތާއީދު ނެތް ކަމާ ނުހޮވޭނެ ކަން އެންދެރިރާނީ އަށް އެނގޭ. އެހެންވީމާ ގެންގުޅުނުސޮރުލައްވާ “ގޮއްމުއްހޫރި” ޕާޓީ ހައްދައިގެން އަދިވެސް ގައުމުގަބަގުޑި ލެވޭތޯ އެސޮރުލައްވާ މާތް ކަމަށް ހީވި މީހުން ގަނެ، އަޅުވެތި ކޮއް ، ނިކަމެތި ކޮއްފަ އެތިބީ. ކުރިއަށް މިދާކަމަކީ
    ކާމިނީ ދަރިކޮޅުގެ ވެރިކަމަށް ޑީއާރުޕީ ކެމްޕޭން. އެންދެރި ދަރިކޮޅުގެ ވެރިކަމަށް ގޮއްމުއްހޫރި ކެމްޕޭން. އެކަމަކު މިފަހަރު ދެއާއިލާ ދޫކޮއް ރައްޔިތުން ދާނި އެމްޑީޕީއާ އެކު އަނެއް ދިވެހިރާއްޖެ އަށް.

    Comment by ibbe — September 10, 2008 @ 4:56 pm

  2. މިނިކަނީވެސް މިހާރު މިރާއްޖޭގަ މިތިބަ ވެރިން. “ކާ” ކުރިއަށް ލާފަ ފަހަތައް “މިނީ” ލީ ދިވެހިންނަށް އޮޅުވާލަން . އަސްލު އެއީ ހަމަ “މިނިކާ” ގޭ މީހުން. އެމީހުން ދޫކޮއް. މިވެރިކަން ނިންމުމަށް ފަހު އަނެއްދިވެހިރާއްޖެ ބޭނުމީ!

    Comment by ibbe — September 11, 2008 @ 2:11 pm

  3. ެނަޝީދުގެ ތިމާގެ ބޭފުޅެއްގެ ފިރިކަލުން އެމް.ޑީ.ޕީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށައެޅިކަން ދެރަ. ތިމާގެ ބޭފުޅުން ޕާޓީންނާއި ވެރިކަމުން ދުރުކުރުމަށް އެދެން.
    ޒަކީ ޕާޓީގެ އިސްމަގާމުތަކުން ދުރުކުރަން ފެނޭ. އެހެނީ އޭނާއަކީ ޙުދުމުހުތާރު ވެރިކަމުގެ ސަގާފަތުގެ ތަޖުރިބާއާއި އެތައްމިލިޔަން ޑޮލަރެއް ހޯއްދަވާފައިވާބޭފުޅެއް.

    ނަމަވެސް، މިފަހަރު އަޅުގަނޑުގެ ވޯޓް އަންނިއަށް ދޭނަން.

    Comment by Riyaz — September 11, 2008 @ 5:44 pm

  4. މެނޭޖަރު: ” އަންނިވެސް ހެދިގޮތައް، ހެދި ގޮނޑުދޮށުގަ އަޅުގަނޑުމެން ވެސް ކެމްޕޭން ލޯންޗް ކުރަން މިނިންމީ”
    ބޮސް: ” އޭނނ ކެމްޕޭން ލޯންޗޭ؟ އިބުރާހިމް ކައިރީބުނެ އަންނާށޭ”
    އިބުރާހިމް: ” މަސާހިބު ވިދާޅުވިންތޯ؟”
    ބޮސް: ” އާނ! މާދަމާރޭ އެބަޖެހޭ މަގޭ ކެމްޕޭން ލޯންޗް ކުރަން. 1ނަމްބަރު ފާލަމުން މަގޭ ބޮޑުލޯންޗް ގަ ފިސާރި ބާރަށް ދުއްވާފަ ގޮސް ހެދިގޮނޑުދޮށާ ދިމާ އަށް އަހަރެން ޖެހެނީ ލޯންޗްގަ އެއްގަމަށް އަރަން. ދެންދޭ”

    Comment by sofoo — September 13, 2008 @ 3:27 pm

  5. އަންނިއަކީ ގައުމީފަހުލަވާނެއް އަހަރެން ވޯޓް ދޭނީ އަންނިއަށް ސާބަހޭ ތިކުރާހިއްވަރައް އައްލޯހު އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ

    Comment by rameez ranbbe — September 13, 2008 @ 9:58 pm

  6. އަންނިއަކީ ދިވެހިރާއްޖޭގެ މަންޑޭލާ

    Comment by amex — September 14, 2008 @ 11:50 am

  7. ﷲ ލިޔާއިރު އަރަބިން ލިޔެލުން މުހިންމު. އަޅުގަނޑުވެސް ވޯޓް ދޭނީ އަންނިއަށް

    Comment by Anonymous — September 15, 2008 @ 12:37 am