Wathan Edhey Gothah – MDP » ނ އަތޮޅު ކެމްޕޭން ދަތުރުގެ ފޮޓޯ

September 10, 2008

ނ އަތޮޅު ކެމްޕޭން ދަތުރުގެ ފޮޓޯ

Photos by M I Maniku

15 Comments

  1. ތިރީސް އަހަރުވެ، ހަންޓޯޓޯވެ، އަބަހައްދަ ވީއިރުވެސް ފަޑިއްބެ އަތުގައި ޖެހުނު ގެރިނަގޫހެން އަތުން ދޫނުވެ، ވެރިކަމާހެދި ފޫޓަކަށް ދޫނުމެގެން މިއުޅެނީ އެހެންމީހުންތަ؟ ގުޑުވާނުލެވުނު އަންނިގެ އަޒުމަކީ ޖީލުތަކަށް ހުރި މިސާލެއް.

    Comment by ibbe — September 11, 2008 @ 3:17 am

  2. ސާބަހޭ އަންނި. ތިޔައީ ފަޚުރުވެރި ދިވެހި ދަރިއެއް. ރަނގަޅު ގޮތަށް ނަގާފަ ހުންނަ ފޮޓޯ އަދިވެސް އިތުރުކުރަން ފެނޭ. =ލަޔާން

    Comment by Anonymous — September 11, 2008 @ 2:29 pm

  3. މަނަދޫ ޒުވާނުން ތިޔަ ދައްކައިދިނީ މިޤައުމުގެ މުސްތަޤްބަލަށްޓަކައި ތިޔަކުދިންކުރާ މިންނެއް މަސައްކަތް. ސާބަހޭ ކުދިންނޭ. ތީ މަނަދޫގެ ބަޠަލުން. އަބުއިކަމުގެތެރެއިން ނުކުމެ 30 އަހަރުވީ ރަށުބަންދުން ސަލާމަތްވުމަށް ތިޔަކުރާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. ވީވޯންޓް އެނަދަ މޯލްޑިވްސް.

    Comment by Anonymous — September 11, 2008 @ 11:58 pm

  4. ދިވެހިރާއްޖެމިދަނީ އަންނިތިޔަދެކެން ބޭނުންވާ މިސްރާބައް އިރާދަކުރެއްވިއްޔާ މިކަން ދިވެހި ރައްޔިތުން މިފަހަރު ވޯޓުން މިކަން ދައްކާނެ

    Comment by Anonymous — September 12, 2008 @ 2:05 pm

  5. ައަންނި އަށް ހަމަ ސާބަށް!!!!!!!!!!!!!!! ކުރިޔަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެންބޭނުމީ އަންނި!!!!!!!!!!!!!!!!! އިރާދަކުރެަްވިއްޔާ މިފަހަރު ހޮވޭނެ!!!!

    Comment by ane dhivehi raaje — September 13, 2008 @ 3:52 am

  6. ދިއެފްއެމް ޕޯލުން ތިހޯއްދެވި ފުރިހަމަ ކާމިޔާބަށް ފަށްފަށުން ތަހުނިޔާ. މީގެން ރަމްޒުކޮށްދެނީ ތީ ދިވެހިންގެ މަންޑޭލާކަން ދިވެހިން ބަލައިގެންފިކަން. ޕާރޓީން ކެނޑިގެން ބަޔަކުދިޔަނަމަވެސް އެމީހުންގެ މަގުސަދު ރައްޔިތުންނަށް ނޯޅޭކަން. އަދި އަންނިއާ އެމް.ޑީ.ޕީން މިގައުމަށް އިސްލާހުގެނައުމަށްކުރި މަސައްކަތްތައް ދިވެހިންގެ ތެރެއިން ގިނަބަޔަކު ހަނދާންނައްތާ ނުލާކަން. މާތް ﷲގެ އިރާދަފުޅާ ރަހްމަތްފުޅާއެކު އަޅުގަނޑުމެނަށް އަނެއް ދިވެހިރާއްޖެއަށް ދެވޭނެ. އެހެން ނަމަވެސް އަދިވެސް ވަރަށް މަސއްކަތްކުރަންޖެހޭ. އެއީ މައުމޫނަށް ލިބުނުވޯޓްވެސް ވަރަށްގިނަ. އަދި އޭނާއަށް ގިނައިން ސަޕޯރޓްކުރާނީވެސް މުސްކުޅިންކަމަށް ބެލެވޭ. އެމީހުން އެސް.އެމް.އެސްގަ ބައިވެރިއެއް ނުވާނެ.

    Comment by Anonymous — September 13, 2008 @ 7:30 am

  7. ބައްލަވާ ސައިޓް ހާދަ އަޕްޑޭޓް ނުވެޔޭ. މިދުކަސްކޮޅު ތިޔަހެން ނަހަށްދަވާ. އަހަރެމެން މިތިބީ އަނންނީގެ ކޮންމެ ހަބަރަކަށްވެސް ކިޔުމަށްޓަކައި ކެތްމަދުވެފަ.

    Comment by rilwan — September 13, 2008 @ 12:32 pm

  8. ބުރުމާ ޤާސިމް މެން މިހާރު އެދައްކަވާ ވާހަކަތަކަކީ އައްނި މީގެ އެތަކެއް އަހަރުތަކެއްގެ ކުރީގައި ދައްކާ ބާވެފައި ހުރި ވާހަކަ ތަކެއް… މިހާރު ދިވެހިނރައްޔިތުންނަށްވެސް އެގޭ އެދައްކަނީ ކޮންވާހަކަ ތަކެއްކަން… އަހަރެމެން ބޭނުމެއްނުވޭ އެވާހަކަތަކެއް ތަކުރާރު ކުރާކަށް، އަހަރެމެން ބޭނުންވަނީ މުޅިން އައު ދިވެހިރާއްޖެއް. އަޅުގަޑުމެންގެ ޑިމޮކްރަސީގެ ބައްޕަ ބުނާގޮތުންވިޔާ “އަނެއް ދިވެހިރާއްޖެ”

    Comment by shahym — September 13, 2008 @ 2:00 pm

  9. ބޭނުން ވަނީ ވެރިކަން ކުރާ ގޮތްބަދަލުކުރުން، ރާއްޖެއަށް މިއަންނަމުންދާ ބަދަލުތައް މިއަންނަމުންދާ ސްޕީޑައްވުރެ އަވަހައްގެނައުން، އަދި މިއަށްވުރެބޮޑަށް މިއަންނަމުންދާ ބަދަލުތައް ދިވެހިންގެ ވިސްނުމުގައި ބިންވަޅުނެގިގެންދިޔުން، މިކަން ކުރެވެނޭ ދެވަނަ މީހަކު އެބަހުރިތައް! ކަށަވަރުންވެސް އަންނި ނޫނީނެތް.

    Comment by އަހުމަދު — September 13, 2008 @ 5:32 pm

  10. ކޮލަމާފުށީ ޒާހިރުބެ….. މައުމޫނަކަށް ވޯޓެން ނުލާނަން

    Comment by Anonymous — September 14, 2008 @ 1:32 am

  11. ސާބަސް އަންނި………އަންނިއަކީ މިޤައުމުގެ ނެލްސަނއ މަންޑޭލާ….
    ބޮޑުތަކުރުފާނު،،،، އަހަރުނެން މިތިބީ އަންނިޔާއެކު ކުރިއަށްދާން….

    Comment by mola — September 14, 2008 @ 1:55 pm

  12. ވެރިކަމާ ނުތޮޅުމަށް ގއ.އަތޮޅުގެ އެންމެހާ ރައްޔިތުންގެ ފަރާތުން އަންނިއަށް އިލްތިމާސްކުރަން. އަޅުގަނޑުމެން ބޭނުންވަނީ ޤަޢުމު އައު އުސްމިންތަކަކަށް ގެންދެވޭނެ ފަދަ އިލްމީ ބޭފުޅެއް މިރާއްޖޭގެ ވެރިކަމަށް އައުން.

    Comment by Abjy — September 14, 2008 @ 5:07 pm

  13. އަޅުގަނޑުގެ މަންމައާ ބައްޕަ އަކީ ރަށުގައި މައުމޫނަށް މަރުދޭ ދެމީހުން. ވިސްނައިދޭން އުޅުނަސް ގަބޫލެއް ނުކުރޭ. ދައްކާ ވާހަކަ އަޑެއް ނާހާ. އެއް ދުވަހަކު އަޅުގަނޑު ބުނީ މަންމަ އާ ބައްޕަ ދެކެ ބޮޑަށް ލޯބިވާނީ އަޅުގަނޑާ މައުމޫނާ ދެމީހުން ކުރެ ކާކުހޭ؟ ދެމީހުން ދެމީހުން މޫނަށް ބަލަބަލާފަ ބުނީ “ކަލޯތީ އަހަރެމެންގެ ލޭ ވީމާ، ދަރިވީމާ ދުރު މީހަކަށް ވުރެ އަހަރެމެން ދެކެ ބޮޑަށް ލޯބިވާނީ ކަލޯ ނޫންހޭ.؟” ދެން އަޅުގަނޑު ބުނީ މަންމަ އާ ބައްޕަ ދެކެ އަޅުގަނޑު ވަރަށް ލޯބިވެއޭ އެކަމަކު ދެރައީ އަޅުގަނޑު ދައްކާ ވާހަކަ ދޮގުކޮއް، އަޅުގަނޑަށް އިތުބާރު ނުކޮއް، އަޅުގަނޑަކީ މަންމަ އާ ބައްޕަ އަށާ އަދި މިގައުމަށްވެސް ދެރަގޮތް ވުން އެދިގެން އުޅޭމީހެއް ކަމަށް މަންމަމެން ގަބޫލު ކޮއް، އަޅުގަނޑަށް ވުރެމާ ދުރުމީހެއް ދެކެ އަޅުގަނޑަށް ވުރެ ބޮޑަށް މަންމަމެން އިތުބާރުކޮއް، ލޯބިވާތީއޭ. އެހެން ބުނެފަ އަޅުގަނޑު ނުކުތީ ބޭރަށް. އެއްރޭ ވަންދެން ގޭތެރެ އޮތީބަސްމަދުވެފަ. އަނެއް ދުވަހު އަޅުގަނޑުގެ ކޮޓަރީގަ ހުރި މަޖއްލާ ތަކާ ނޫސްތައް ބައްޕަ އަށް ލިޔަން ކިޔަން ނޭނގޭތީ މަންމަ ކިޔައިދެނިކޮއް ފެނިއްޖެ. ރޭގަނޑު އަށެއްގެ ހަބަރަށް ބައްޕަ ޓީވީ ހުޅުވަނީ ފުރަތަމަ ކޮޅުދާހާ ވަގުތު ކޮއްފަ. އެއްދުވަހަކު އަންނިގެ ތަގުރީރެއްގެ ސީޑީ ދެއްކީމަ މަންމަ ރުއިތަން ދުށިން. އެދުވަހު ބުނީ ކުރިން ހުރީ ދަރިފުޅު އެކަންޏޭ . ދެވަނަ ދަރިމިފެނުނީ ޓީވީންނޭ… މިހާރު އެތިބީ ވިސްނިފަ. އަޅުގަނޑު އަންނި ކިޔާތީ ވަރަށް ނުރުހޭ. ބުނަނީ އެއީ އަހަރެމެންގެ ދެވަނަ ދަރިފުޅު މުހަންމަދު ނަސީދޯ. މިހާރު އެދެމީހުން އަޅުގަނޑަށް ފަހު އެންމެ ލޯބިވަނީ އަންނި ދެކެކަން އަޅުގަނޑަށް ހަމަ ޔަގީން.

    Comment by zuhairu — September 14, 2008 @ 5:37 pm

  14. އަންނި އަކީ އަހަރުމެންގެ މީހެއް، ރައްޔަތުންގެ މީހެއް. ޒުވަނެއް

    Comment by Anonymous — September 15, 2008 @ 12:31 am

  15. ހަމަ ޔަގީނުންވެސް އަޅުގަނޑު އަންނި އާއިއެކު ކުރިޔައްދަނަން

    Comment by Anonymous — September 15, 2008 @ 12:35 am