Wathan Edhey Gothah – MDP » ވާދަވެރި ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށް ގޮވާލަން

September 13, 2008

ވާދަވެރި ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށް ގޮވާލަން

ދިއެފްއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެންދެވި ސާރވޭއިންނާއި އެހެނިހެން ޚިޔާލު ހޯދުންތަކުންވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުކަން ވަރަށް ސާފުކޮށްވަނީ ހާމަވެފައެވެ.

މިނަތީޖާއަކީ އަޅުގަނޑުމެންނަށްވެސް އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ހާމަވެ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ.

ދިވެހި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ގިނަ ޕާޓީ ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބުގައި މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށާއި ނަތީޖާ ފުރަތަމަ ބުރުން ކާމިޔާބުކުރުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށްޓަކައި މިފުރުސަތުގައި ގޮވާލަމެވެ.

މިއަދުގެ ސަރުކާރު ބަދަލުކޮށްލެވޭނެ ޕާޓީއަކާއި ގުޅިގެން މަސައްކަތްކުރުމަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި މިއަންނަ މުހިއްމު ހިނދުކޮޅުގައި ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އެފަދަ ހުރިހާ ފަރާތްތަކަށް އަދިވެސް ދަޢުވަތު އަރުވަމެވެ.

3 Comments

  1. އަންނިއެއް ކަމަކު ކަޑައެއްޗެއް ބުނެފިއްޔާ އެކަން ފާހަގަ ކުރާނަން. އެކަން އެހެން ކުރަން ދަސްކޮއްދީ އެއީ މުހިންމު ކަމެއްކަން ފާހަގަވީވެސް އަންނި ގެ ސަބަބުން… ބުނަން ވާދަވެރިޕާޓީ ތަކެއް ނެތް. އުޅެނީ މައުމޫނަށް ތީމުގެ ގެއްލިދާނެތީ، އިދިކޮޅު ކަމަށް ހެދިގެން ނުކުމެ އޭނަ އާ ދެކޮޅު ވޯޓުތައް ބައިބައި ކޮއް އޭނަ ގެ ބޮނޑި ބޮޑުކޮއްދޭން އުޅޭބައެއް. އިދިކޮޅު މިއޮތީ މިކޮޅު. އެއީ އެމްޑީޕީ. މީގަ ތިހުރީ އަންނި . ދެންނެތް. އަހަރުން މިހުރީ އެމްޑީޕީ އަކު ނޫން އެކަމަކު ވޯޓުދޭނީ އަންނި އަށް.

    Comment by ali — September 15, 2008 @ 4:17 pm

  2. anni alhuganduge hiyaalugai vaa kameh dhannavaalan beynun e kamakee raageygai medhufanthege viyafaari kuraa faraaithah miharuvanee dharaavikifa adhi insaaf oyaagossavaathee cort thakun massala nimmanee emeehun hithuhurigothakah mihen vumun varahgina bayaku bangrootve hadhaane goineyngi varah fikurboduve baeh meehun raajein beyrahgos mifadha hisaabakah kanthah gossavanee veemaa annige sarukaarehgai mifadha meehunna ve dhevidhaane ehee eh haama kollumakee rayyathungetherein varah gina bayakuge hithah finikan libeyne kameh satheyka percent muslim gaumeh gai zakaathuge bainves mihaarah vure insaafuveri gothakah ekan kureveyne kamah alhugandu dheken hurihaa dhimaaleh nuthaahiruvefa otheema saafu kuravvaairu mikamahves samaalukameh dhevvumakee varah gina bayakah ebaimeehunge dhiriulhumah nuvatha viyafaariah enburi aadheveyne kameh kamugai dhekeythee mivaahaka dhannavaalee

    Comment by shaheed — September 17, 2008 @ 10:52 pm

  3. މިރޭ އަހަރެންނަށް އުފަލުން ރޮވުނު! ތީ ފުރިހަމަ ހޮވުމެއް . ވަހީދު އަށް ޝުކުރު ހުރި…އިތުރު ހިތްވަރެއް ލިބިއްޖެ. އަންނި މިފަހަރު އިންތިހާބު ކާމިޔާބު ކުރާނެކަން ޔަޤީން ކުރެވިއްޖެ. އަންނި އަށް ނޫން މީހަކަށް މަ ވޯޓެއް ނުލާނަން. އަދި އަހަރެންގެ ވަންހަ ކޮޅު އެންމެންވެސް ވޯޓް ދޭނީ އަންނި އަށް ކަން ޔަޤީން ކޮއްދެން. ހިއްވަރު ކޮށްލާ! ( މަޓޭ)

    Comment by Anonymous — September 18, 2008 @ 6:48 am