Wathan Edhey Gothah – MDP » ރިޔާސީ ކެންޑިޑޭޓް ނަޝީދު ފެލިދެ އަތޮޅަށާއި މުލަކު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފި

September 16, 2008

ރިޔާސީ ކެންޑިޑޭޓް ނަޝީދު ފެލިދެ އަތޮޅަށާއި މުލަކު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފި

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ފެލިދެ އަތޮޅަށާއި މުލަކު އަތޮޅުގެ ރައްތަކަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނަންމާލައްވައިފައި ރޭ ދަންވަރުގެ ވަގުތެއްގައި މާލެވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އާދީއްތަ ދުވަހު ކެންޑިޑޭޓް ވަޑައިގެންނެވި ރަށްރަށަކީ ވ އަތޮޅުގެ ރަކީދޫ، ފެލިދޫ، ފުލިދޫ، ކެޔޮދޫ އަދި ތިނަދޫއަށެވެ. ހޯމަ ދުވަހު ވަޑައިގެންނެވީ މ އަތޮޅުގެ ކޮޅުފުށި، މުލައް، މަޑުއްވަރީ އަދި ދިއްގަރަށެވެ. މިއިން ކޮންމެ ރަށެއްގައިވެސް ނަޝީދު ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބެއްލެވިއެވެ. އަދި ކެޔޮދޫގައާއި ދިއްގަރުގައި ޚާއްސަ ޖަލްސާ ބާއްވާފައިވެއެވެ.

ކެޔޮދޫގައި ކެންޑިޑޭޓް ދެއްކެވި ވާހަކަފުޅުގައި އެންމެބޮޑަށް ފާހަގަކުރައްވާފައިވަނީ އެމްޑީޕީ ބަދަލެއް ނުވާނެކަމަށާއި އަމާޒު ދޫކޮށް ނުލާނެކަމުގައެވެ. އެމްޑީޕީން އަބަދުވެސް ކުރާން އުޅެނީ ނުވާނެކަންކަން ކަމަށާއި، މިރާއްޖޭގައި ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އެކުލަވާނުލެވޭނެކަމަށާއި، މިރާއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނެކަމަށާއި މިރާއްޖޭގައި ކޮންމެބަޔަކު ވެރިކަމުގައި ތިބިކަމުގައިވިޔަސް އަހަރުމެން ރައްޔަތުން ހަމައުޅޭނީ މިހާލުގައިކަމަށާއި މީއަޅުގަނޑުމެންނަށް ތަކުރާރުކޮށް އަބަދުމެ އަޑުއިވެމުންއައި އަޑުތަކެއްކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއެކު މިނިވަން އިންތިހާބެއް ރައްޔިތުންގެ ކުރިމަތީގައި ފެންނަން އޮތްއިރު އަޅުގަނޑުމެން ކޮންމެހެން ބޭނުންވާކަމަކީ ރައްޔިތުންގެ ވެރިކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިއްގަރުގައި ދެއްކެވި ވާހަކަފުޅުގައި ކެންޑިޑޭޓް އެންމެ ބޮޑަށް ފާހަގަކުރެއްވީ މައުމޫނާއި އިދިކޮޅު ވޯޓުތައް ބައިބައި ކުރުމަށްޓަކައި ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާކަމުގައެވެ. ” އޭގެން މިވާގޮތަކީ މިވެރިކަމަށް އިންކާރުކުރާ ވޯޓު ބައިކުރަނީ. އަޅުގަނޑުމެންނަށް ގެއްލުމެއްނުވާނެ. އަޅުގަނޑުމެން ތިބޭނަން ހަމަ ޕަސެންޓްގަ 50ޕަސެންޓްގަ. އެހެންނަމަވެސް ސާދާކަމާ ފަސޭހަކަމާ އެކީގަ މިކަން އެއްބުރުން ނިންމަވަނީނަމަ ކީއްތޯއޭ މިދަންނަވާ ބާވަތުގެ ވިޔަފާރިވެރިން ކުރުއްވާން އެއުޅުއްވަނީ؟” ނަޝީދު ސުވާލުކުރައްވާފައިވެއެވެ. މީގެ އިތުރުން އެމްޑީޕީއާއި އެކު މަގުމައްޗަށް ނިކުތުމުން ބައެއް ބޭފުޅުން ހިތްބަރު ކުރައްވާފައިވާނަމަ އެކަމަށް ނަޝީދު މާފަށް އެދިވަޑައިގަތެވެ. އަދި އެއީ އެހިނދަށް އެނޫން އެހެން ގޮތެއް ނެތިގެން އެމްޑީޕީން ކުރިކަމެއްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. “އަޅުގަނޑު ހަދާނެއްނުވޭ އެއްވެސް އިރެއްގައި އަޅުގަނޑަކީ މަގުމަތީގަ ހަޅޭއްލަވަމުން ދުވާ މީހެއްގެ ގޮތުގައެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިކަން ކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ ކަމެއް ކޮށް ނިންމައިފިން. ތީގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭ ކުޑަކޮށް ހިތްބުރަކޮށްވެސް ތިއްބަވާފާނެ. އަޅުގަނޑު އެބޭފުޅުންގެ ކިބައިން މައާފަށް އެދި އަޅުގަނޑުމެންނަށް އެކަން އެވަގުތު އެގޮތަށް ކުރާންޖެހުނީއޭ. ކުރާންޖެހިފާ އޮތް ކަމެއްވީމަ އަޅުގަނޑުމެން އެކަން ކުރީއޭ” އެބޭފުޅާ ވިދާޅުވިއެވެ.


Photos by Mauroof

4 Comments

  1. ލަވަތައް ވަރަށްމަދު ކަމަށް ފާހަގަކުރެވޭ. ގިނަލަވަތައް އަޕްލޯޑްކޮށްދިނުން އެދެން. އަލިފުށީގަ ޖެހިލަވަ ޚާއްޞަކޮށް ވަރަށް ރީތިކަމަށް ފާހަގަކުރެވޭ.

    Comment by Anonymous — September 16, 2008 @ 4:43 pm

  2. ޯާޕާޓިއެއް ހިންގޭނެ ގާބިލްކަން ހުރި ހަމަ އެކަނި ދިވެހި ދަރިއަކީ އަންނި

    Comment by Anonymous — September 16, 2008 @ 10:08 pm

  3. އަޅުގަންޑު މެންނައް އިންގޭ މަގުމައްޗައް ނިކުންނަން ޖެހުނީމަޖެހޭނީނިކުންނަންކަން އަޅުގަންޑުގެ އެއްވެސް ށަކުވާއް ނެތް އަންނި ކުރިހިއްވަރައް ހަމަސާބަސް ހުސެންރަމީޒު ގެ އާއިލާގެ އެންމެންގެ ވޯޓް ދޭނީ އަންނި އައް ހދ. ކުމުންދޫ

    Comment by rameez ranbbe — September 17, 2008 @ 10:38 pm

  4. އަހަރެން އަބަދު ވެސް ތާއީދު ކުރަނީ އައްނި އަށް ރަށްޔިތުން ނަން ކުރިއެރުން ލިބޭނީ އައްނި ވެރިކަން ލިބިގެން

    Comment by mohamedyoosuf — September 18, 2008 @ 1:16 pm