Wathan Edhey Gothah – MDP » އަނެއް ދިވެހިރާއްޖެ ކެމްޕޭން ހުޅުމާލެ ހަރުގެ ހުޅުވައިދެއްވައިފި

September 17, 2008

އަނެއް ދިވެހިރާއްޖެ ކެމްޕޭން ހުޅުމާލެ ހަރުގެ ހުޅުވައިދެއްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ އަނެއް ދިވެހިރާއްޖެ ކެމްޕޭން ހުޅުމާލެ ހަރުގެ އަންގާރަ ދުވަހުގެރޭ ހުޅުވައިދެއްވައިފިއެވެ. މިހަރުގެ ހުޅުވައިދެއްވީ ކެންޑިޑޭޓް ނަޝީދެވެ.

މިހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ވަރަށް ގިނަ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އާއި ޕާޓީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ގައުމީ މަޖިލިސްގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މިރަސްމިއްޔާތަށް ރިޔާސީ ކެންޑިޑޭޓް ހުޅުމާލެއަށް ފައިބާވަޑައިގަތްއިރު ހުޅުމާލޭގައި ދިރިއުޅުއްވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާއި އާއްމު ރައްޔިތުން ފާލަންދޮށަށް ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ކިޔުމަށް އައިސްފައިވެއެވެ. ކެންޑިޑޭޓް ނަޝީދު ހަރުގެއަށް ގެންދެވީ ރަސްމީ އިއްޒަތުގައެވެ.

މި ރަސްމިއްޔާތަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވާފައިވަނީ ޗެއާޕާސަން މާރިޔާއެވެ. އެކަމަނާގެ ވާހަކަފުޅުގައި ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުން މިފަދަ ފުރިހަމަ ހަރުގައެއް ހުޅުމާލޭގައި އުޅުއްވާ ޕާޓީ ވަރުގަދަ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ނަމޫނާ އަދި ވަރަށް ފުރިހަމަ މަސައްކަތެއްކަން ފާހަގަކުރައްވާ އެފަދަ ބުރަ މަސައްކަތެއް އެހާ ފުރިހަމައަށް ކޮއްދެއްވާފައިވާތީވެ އެމަސައްކަތް ކުރި އެންމެހައި ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަން އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރަމުންގެންދާ ގުލްޗަންޕާ މަލާއި ދިވެހިންނާއި ގުޅުންހުރި މިންވަރުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ މީޑިޔާ ޓީމުގެ މެމްބަރުން ހޯރަ އިބްރާހިމް ރަޝީދުއަށް ލިބިލެއްވި ފުރުސަތުގައި ވާހަކަދައްކަވާފައިވަނީ ރައީސް މައުމޫނުގެ ދިގު 30 އަހަރުދުވަހު ނުފުއްދިފައި ހުރި ގިނަ ވައުދުތަކުގެ މައްޗަށެވެ. އަދި ވައުދެއް ވެއްޖެނަމަ އެވައުދު އަމަނާތްތެރިކަމާއި އެކު ފުއްދާނޭ ގޮތުގެ މައްޗަށްވެސް އެބޭފުޅާ ވާހަކަ ދެއްކެވިއެވެ.


Photos by M I Maniku

3 Comments

  1. ތިޔަގޮތަށް ހުރިހާ ދަތުރެއްގެ ހަބަރުތަކާ ފޮޓޯތައްވެސް. ސައިޓުގައި ހިމަނަބަލަ. ފޮޓޯ މަދުވުމަކީ ބަލާބަޔަކަށް ވަރަށް ފަޅުކަން ގެނުވާކަމެއް.

    Comment by rilwan — September 17, 2008 @ 10:30 pm

  2. ސާބަހޭ އަންނި. މާލޭގެ ކެމްޕޭން އަދިވެސް ވަރުގަދަކުރައްވާ…

    Comment by Anonymous — September 18, 2008 @ 9:14 am

  3. އަންނި އަކީ ދިވެހި ކެރޭ ދަރިއެއް، އަހަރެންގެ ވޯޓް އަންނި އައް، މިހިރީ ޖާނުން ފިދާ ވާން ވެސް ތައްޔާރަށް އަންނި ބުނެފިއްޔާ ، ފާތުން

    Comment by faathun — September 18, 2008 @ 10:03 am