އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތާއި ކުޅިވަރުގެ ސިޔާސަތާއި މައުލޫމާތާއި ސަގާފަތުގެ ސިޔާސަތު ހާމަކުރައްވައިފި
އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތާއި ކުޅިވަރާއި ބެހޭ ސިޔާސަތު އަދި މައުލޫމާތާއި ސަގާފަތާއި ބެހޭ ސިޔާސަތު ހާމަކުރައްވައިފިއެވެ.
މިތިން ސިޔާސަތު ހާމަކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގޭގައެވެ. މިސިޔާސަތުތައް ހާމަކުރެއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އާއި އެބޭފުޅާގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ މިހާރު ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ މައްޗަށްކަމަށްވާތީވެ ކޮންމެ ސިޔާސަތެއް އާއްމުކުރުމުގެ ކުރުން އެދާއިރާއަކާއި ގުޅުން ހުރި ބޭފުޅެއް އެކަމާއި މެދު އޮތް ރައްޔިތުންގެ ޝަކުވާތައް ކިޔައިދެއްވިއެވެ. މިގޮތުން ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޝަކުވާތައް ހުށަހަޅައިދެއްވީ ޒިޔުނާ ނަމަކަށް ކިޔާ ޒުވާނެކެވެ. ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހާމަކޮށްދެއްވީ ކްރެކެޓް ކުޅުންތެރިޔާ އަލީ ނިޔާޒެވެ. މައުލޫމާތާއި ސަގާފަތުގެ ރޮނގާއި މެދު ރައްޔިތުން ކުރަމުންދާ ޝަކުވާ ހުށަހަޅުއްވައިދެއްވީ ގާނޫނީ ވަކީލް އަދި މަޝްހޫރު މިޔުޒިކް ޕްރެޒެންޓާރ އިމްތިޔާޒު (އިންތި)އެވެ.
ކުޅިވަރުގެ ރޮނގުން އެމްޑީޕީގެ ސިޔާސަތު އޮންނާނެ ގޮތް ހާމަކޮށްދެއްވީ އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދާވާ ބޭފުޅެއްކަމުގައިވާ ހާމިދު އަބްދުލްޣަފޫރެވެ. ޒުވާނުންނާއި ބެހޭގޮތުން ސިޔާސަތު ހާމަކޮށްދެއްވީ ރަނިންމޭޓް ޑރ. ވަހީދެވެ. އަދި މައުލޫމާތާއި ސަގާފަތާއި ބެހޭ ގޮތުން ގެންގުޅުއްވާނެ ސިޔާސަތު ހާމަކޮށްދެއްވީ ކެންޑިޑޭޓް ނަޝީދެވެ.
މި ސިޔާސަތުގެ ތަފްސީލް ލިބިދާނެތޯ؟
Comment by Ahmed — September 19, 2008 @ 1:52 am
ސާބަހޭ އަންނި، ތީ އަހަރުމެންގެ ހަގީގި ހީރޯ.
Comment by sappe — September 20, 2008 @ 6:29 pm