Wathan Edhey Gothah – MDP » ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހެޅުއްވި ފުރަތަމަ ބޭފުޅެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ނަން ހުށަހަޅުއްވައިފި

September 18, 2008

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހެޅުއްވި ފުރަތަމަ ބޭފުޅެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ނަން ހުށަހަޅުއްވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހެޅުއްވި ފުރަތަމަ ބޭފުޅުންގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި އެބޭފުޅާގެ ރަނިންމޭޓްގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަދި ރަނިން މޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން ހުށަހެޅުއްވާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ކެންޑިޑޭޓާއި ރަނިންމޭޓްގެ އިތުރުން ކެންޑިޑޭޓްގެ ކެމްޕޭން އެޖެންޓާއި ކެމްޕޭންގެ ރަސްމީ އޮޑިޓަރުގެ ނަމާއި އެހެންނިހެން ލިޔުންތައްވެސް ހުށަހަޅުއްވާފައިވެއެވެ.

ކެމްޕޭން އެޖެންޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މ. ސަލްޖަމްގޭ މުހައްމަދު ޒިޔާދުއެވެ. ކެމްޕޭން އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އަބްދުލް ހަމީދު އަބްދުލްކަރީމެވެ.
ޚަބަރުލިބިފައިވާ ގޮތުގައި 48 ގަޑި އިރުތެރޭގައި ކެންޑިޑޭޓްގެ ނަން ބަލައިގަތްކަމުގެ ޖަވާބު އިލެކްޝަންސް ކޮމިޝނުން ދެއްވާނެއެވެ

2 Comments

  1. ހަމަ އެމްޑީޕީ ސްޓައިލް. ހަމަ ނަމަބަރު 1

    Comment by Anonymous — September 19, 2008 @ 12:57 am

  2. ނޫނު އަތޮޅުގެ ގިނަ ރައްޔިތުންގެ ތާއީދު އައްނިއަށް ކުރަމުން ދާކަމަށާއި އަދި ތާއީދު އިތުރުކުރުމުގެ މަސައްކަތްވެސް އިތުރުފޯރިއަކާއިއެކު މިހާރު ކުރަމުން އެބަގެންގަން އަންނިއަށް ދަންވާލަންބޭނުންވަނީ ސާބަހޭ ހަމަސާބަހޭ ތިޔަކުރަށްވާ ހިތްވަރަށް ހަމަސާބަހޭ.ޒަރީރު/ކުޑަފަރި

    Comment by zareer — September 19, 2008 @ 10:22 am