Wathan Edhey Gothah – MDP » ގާނޫނީ ހުކުމަށް ފުރައްސާރަކުރާ މުސްކުޅި ސަރުކާރަށް މިހާރު ނޫނެކޭ ބުނަންވެއްޖެ- ރަނިންމޭޓް ވަހީދު

September 20, 2008

ގާނޫނީ ހުކުމަށް ފުރައްސާރަކުރާ މުސްކުޅި ސަރުކާރަށް މިހާރު ނޫނެކޭ ބުނަންވެއްޖެ- ރަނިންމޭޓް ވަހީދު

ގާނޫނަށް ހުރުމަތެއް ނުކުރާ ގާނޫނަށް ބޭނުމެއް ނެތް ގާނޫނީ ހުކުމަށް ފުރައްސާރަކުރާ މުސްކުޅި ސަރުކާރަށް މިހާރު ނޫނެކޭ ބުނަންވެއްޖެ ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި ބޭއްވި އެމްޑީޕީ އިއްތިހާދުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ކޯޓުތައް ބަންދުކޮށްގެން ޝަރީއަތްތައް ކޮށް ބޮޑެތި އަދަބު ރައްޔިތުންނަށް ދީ ރައްޔިތުންނާ ދިމާލަށް ގަޔަށް ބަޑިޖަހާ މީހުން މަރާފައި ތިބި މީހުންނަކަށް ދިވެހިރާއްޖެއަށް ޑިމޮކްރެސީއެއް ނުގެނެވޭނެކަމުގައެވެ.

ޑރ ވަހީދު ވިދާޅުވީ ޑިމޮކްރެސީއެއް ހިންގޭނީ ޑިމޮކްރަސީ ގަބޫލުކުރާ ބަޔަކަށް ކަމަށްވާއިރު، އެމްޑީޕީ އިއްތިހާދުން ރާއްޖޭގައި ޑިމޮކްރެސީގެ ސަގާފަތެއް އުފައްދައި ޑިމޮކްރެސީގެ އަގު ވަޒަންކޮށް ދެއްވަން ޖެހޭކަމަށެވެ. އަދި “އަނެއް ދިވެހިރާއްޖެ” އަކީ ޑިމޮކްރެޓިކް ވެރިކަމެއް އޮތް ރާއްޖެއަކަށް ހެދޭނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި އޭގެ ތެރޭގައި ޑިމޮކްރެސީގެ މުއައްސަސާތައް ބިނާކޮށް އެ މުއައްސަސާތައް ދިފާއުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ ވަހީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޒުވާނުންނާއި ފުރާވަރު ކުދިންނަށް މިއަދު ކުރިމަތިވެފައިވާ ޑްރަގްގެ މައްސަލައަށް އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފުރާވަރު ކުދިންނާއި ޒުވާނުންގެ ތެރެއިން 30،000 ކުދިން ޑްރަގްގެ ވަބާގައި ޖެހިފައިވަނީ އެކުދިންގެ ފަރާތުން ރައީސް މައުމޫނުގެ ވެރިކަމަށް ގޮންޖެހުމެއް ކުރިމަތިވެދާނެތީ ޣާފިލުކަން މަތީ ބޭތިއްބުމަށް ކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުން “ސިޔާސީ ބޭނުމަށްޓަކައި އަޅުގަނޑުމެން ޒުވާން ޖީލު އެކީ މިވަނީ ހަލާކު ކޮށްލާފައި.” ކަމަށެވެ. “ތިރީސްހާސް ކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިން އެއީ އިންޖެކްޝަން ޑްރަގް ބޭނުންކުރާ ކުދިން.” ޑރ ވަހީދު ވިދާޅުވިއެވެ. “އެކުދިންގެ ތެރެއަށް އެޗް އައިވީ އަތުވެއްޖިއްޔާ ދިވެހިރާއްޖެއަށް ބޮމެއް ވައްޓާލުމަށްވުރެ މާ ނުރައްކާތެރިވާނެ.”

ޑރ. ވަހީދުގެ އިތުރުން ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މޫސާ ލުތުފީވެސް ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކައިގައި ވޯޓުލާ ދުވަހު ވޯޓު ފޮއްޓާމެދު ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރެއްވިއެވެ. “ވޯޓުފޮށި ރަށަށް ގެންދިޔައީއްސުރެ ވޯޓުލާ ނިމެންދެން ވޯޓު ގުނާ ނިމެންދެން އެންމެ ފަހަރަކުވެސް ވޯޓުފޮށިން ތިޔަ ބޭފުޅުން ކަޅި ނައްޓަވާ ނުލައްވާތި” ޑރ މުސްތަފާ ވިދާޅުވިއެވެ. “ވިސްނަވަން ވާނެ އެހެން ގޮތެއް ނެތިއްޔާ ޖާދޫވެސް ހަދާނެކަން”

މިޖަލްސާގައި ދެން ވާހަކަދެއްކެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފެވެ. އަފީފުގެ ވާހަކަފުޅުގައި މައުމޫނު އަބްދުލްގައްޔޫމް ހަތިޔާރު ހިއްޕަވައިގެން ހުވާ ނުކުރައްވަންކަމަށާއި ހުވާ ކުރެއްވިއިރު އަތްޕުޅުގައި އޮތީ ހަތިޔާރު ގުދަނުގެ ތަޅުދަނޑިކަމަށް ބުނަމުން ދިޔަނަމަވެސް ހަތިޔާރު ގުދަނުގެ ތަޅުދަނޑި ހަވާލުކުރެއްވީ ހުވާކުރެއްވި ފަހުންކަމަށް އޭރުގެ ޑިފެންސް މިނިސްޓަރ ފާހަގަކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ސުނާމީގައި ލިބުނު ގެއްލުން ފޫބެއްދުމަށް ލިބުނު ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރު މައުމޫނުގެ އަމިއްލަ އެކައުންޓްތަކަށް ނުދާކަމުގެ ސާބިތު ހެކި ދެއްކެން ނެތްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

3 Comments

  1. މީގެ20އަހަރު ކުރީންސުރެވެސް އަޅުގަންޑު ބުނަމުން އައީ ނޫނެކޭ ދެންވެސް ބުނާނީ ނޫނެކޭ މައުމޫންއް؟

    Comment by hussani rameez — September 20, 2008 @ 10:43 pm

  2. އާން! އަނެއްކާ މައުމޫނު ހޮވޭ އިރަށް ބުނެފާނެ މެނިފެސްޓޯގައި ހުރިކަންތައްތަކަށް ދިވެހިން ތައްޔާރެއް ނުވެޔޭ! އަދި ޤާނޫނު އަސާސީގައި ލިބިދޭ ހެއްޤުތަކަށް ރައްޔިތުން ތައްޔާރެއް ނުވެއޭ! މިދެން ވަރުގަދަ ބެއްޔާއެކޭ މިހިރީ އިގޭ! ހުރިހާކަމެއް ރައްޔިތުންގެ ބޮލަށް ތަޅާލާފައި އެހުންނަނީ ހެވިފައި. އަހަރެން ހިތައްއަރާ ނޫސްވެރިންވެސް މިއީ ވަރުގަދަ ބަޔެކޭ. މިހިރަ މިހިރަ ސުވާލު ނުކުރަނީ ކީއްވެބާއޭ! ޑިމޮކްރަސީ ގެންނަން، ރައްޔިތުންގެ ހައްޤުތައް ހިފަހައްޓަން އެއީ މީހުން ދައްކާ ކަހަލަ އުޒުރުތަ؟

    Comment by އަހުމަދު — September 21, 2008 @ 1:07 am

  3. ަަްއެމްޑީޕިިީ އިއްތިހާދާ އެެކުގާ އަނެއް ދިވެހިރާްއްޖެ އައް ދާން ފޮށި ތަންމަތި ބަނދެގެން މިހިރީ

    Comment by Anonymous — September 22, 2008 @ 12:34 am