Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދާއި ގުޅިގެން މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށް މަސައްކަތްކުރުމަށް ގޮވާލަން

September 20, 2008

އެމްޑީޕީ އިއްތިހާދާއި ގުޅިގެން މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށް މަސައްކަތްކުރުމަށް ގޮވާލަން

ދިއެފްއެމް ރޭޑިޔޯއިން ނެގި އެސްއެމްއެސް ވޯޓުން ޖައްސަޖައްސައިގެން ދެހަފްތާ ވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ކަށަވަރުކުރައްވާފައިވާކަން އަނެއް ދިވެހިރާއްޖެ ކެމްޕޭނުން ފާހަގަކުރަމެވެ.

ހުކުރު ދުވަހުގެރޭ ނެގި ވޯޓުން އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވަނީ %49 ކަށަވަރު ކުރައްވާފައެވެ. ރިޔާސީ ރޭހުގެ ޕްރޮގްރާމުގައި މިދިޔަ ހަފްތާގައި ނެގި ވޯޓުންވެސް ނަޝީދުވަނީ %40 ކަށަވަރުކުރައްވާފައެވެ.

ހުކުރުދުވަހުގެރޭ 11 ން 12 އަށް ދިއެފްއެމްގެ ނެގި މިވޯޓުގައި ޖުމުލަ 10,887މީހުން އެސްއެމްއެސްގެ ޒަރިއްޔާއިން ވޯޓުލާފައިވާއިރު ކެންޑިޑޭޓް ނަޝީދު ކުރި ހޯއްދަވާފައިވަނީ 5344 ވޯޓު ލިބިލައްވައިގެންނެވެ. ނަޝީދާ އެންމެ ކައިރިން ވާދަކުރެއްވި ބޭފުޅާއަށްވެސް ލިބިލައްވާފައިވަނީ 2121 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 19 ޕަސެންޓެވެ.

ދިއެފްއެމްއިން ނެގި އެސްއެމްއެސް މިވޯޓު ސައްހަ ކަމަށް ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ތިން ނޫސްވެރިން ކަމުގައިވާ ހަވީރު ނޫހުގެ އަހުމަދު ހަމްދޫނާއި ދިވެހިރާއްޖޭގެ އަޑުގެ މުހައްމަދު އަފްސަލު އަދި ޖަޒީރާ ނޫހުގެ މުހައްމަދު ރަފީގު (ރިވަރިން) ސޮއިކުރައްވާފައިވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަކީ 30 އަހަރުވީ ޚުދުމުޚްތާރުވެރިކަމެއް ވައްޓާލުމަށް ލިބޭ ފުރުސަތެއް ކަމަށްވެފައި އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓެއްގެ އަމާޒަކީ މިއީ ކަމަށްވާތީވެ އަޣްލަބިއްޔަތު ލިބިފައިވާ އެއްކެނޑިޑޭޓެއްގެ ދަށުން މަސައްކަތްކޮށްގެން މިވެރިކަން ބަދަލުކުރުމަކީ ފަސޭހަވާނެކަމެއްކަމުގައި މިކެމްޕޭނުން ދެކެމެވެ. އަދި މީގެކުރިން މިކެމްޕޭނުން ގޮވާލާފައިވާނޭ ފަދައިން އެމްޑީޕީ އިއްތިހާދާއި ގުޅިގެން މިހާރުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްކުރުމަށް އަދިވެސް ގޮވާލަމެވެ. އަދި އެމްޑީޕީއާއި އިއްތިހާދުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްކަމަށްވާ ގައުމީ އިއްތިހާދު ގުޅިފައިވާތީވެ އެކަން އުފަލާއި އެކީ ފާހަގަކޮށް އެބޭފުޅުން އެދެއްކެވި ހިތްވަރަށް ސާބަސްދެމެވެ.

3 Comments

  1. އަންނި ތިޔަ ހޯދަވާ ކުރިއެރުމަށް އަޅުގަނޑު ސާބަސް ކިޔަން.އަޅުގަނޑު މެން ޒުވާނުން ބޭނުންވަނީ ބަދަލެއް.އެބަދަލު އެންމެ ހައްގީ އެކަމަށް އަޅުގަނޑު މެންގެ ލޯހުޅުވާދިން ފަރާތަށެވެ.އެޔީ ހަމަ ޝައްކެވެސް ނެތް އަންނިއެވެ.އަޅުގަނޑު މެން ޒުވާނުން މިތިބީ އަންނި އާއި އެކުގައެވެ.

    Comment by juvaaneh — September 22, 2008 @ 1:23 am

  2. އަންނި ތިކުރާ ހިތްވަރަށް ހަމަ ސާބަސް… ތިއީ ރާއްޖޭގެ މަންޑޭލާ..

    Comment by katheeb — September 22, 2008 @ 3:43 pm

  3. އަނނި އަކީ އަޅު ގަނޑުމެން ބޭނުންވާ ކަހަލަ ހިޔާލުތަށް ގެންގުޅުއްވާ ލީޑަރެއް އަޒުމްވަރުގަދަ ހިއްވަރުގަދަ ކެރޭ ބިރުކުޑަ ބޭފުޅެށް ހަމަސާބަސް

    Comment by shaba — September 23, 2008 @ 11:03 am