އެމްޑީޕީ އިއްތިހާދެއްގެ ސަރުކާރަކުން މިސަރަހައްދުގައި އެންމެ ފެންވަރު ރަގަޅު ހޮޓެލް ސްކޫލް ރާއްޖޭގައި ގާއިމްކުރައްވާނެ – ވަގުތީ ރައީސް ޒަކީ
އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިސަރަހައްދުގައި އެންމެ ފެންވަރު ރަގަޅު ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓެލް ސްކޫލް މިރާއްޖޭގައި ގާއިމްކުރައްވާނެކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ. ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދަކުން ގެންގުޅުއްވާނެ ޓޫރިޒަމް ސިޔާސަތާއި ވަޒީފާގެ ސިޔާސަތު ހާމަކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައެވެ.
ހޮނިހިރު ދުވަހު އެމްޑީޕީގެ ހަރުގޭގައި އޮތް މި ނޫސްކޮންފަރެންސްގައި ޒަކީ ވިދާޅުވި ގޮތުގައި އަދިވެސް ރާއްޖޭގައި ހުރީ އެންމެ ހޮޓެލް ސްކޫލެކެވެ. އަދި މިތަނުގެ ފެންވަރު ހުރީ އެންމެ ފުރަތަމަ މިތަން ހުޅުވުނުއިރުވެސް މިތަން ހުރި ފެންވަރާއި ދާދި އެއްވަރެއްގައި ކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާ އަދި ވަޒީފާގެ ބާޒާރަށްޓަކައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން އެންމެ އިސްކަންދޭނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ކަމަށް ޒަކީ ހާމަކުރެއްވިއެވެ. މީގެ އިތުރުން މިހާރު ރިސޯޓުތަކުގައި އެންމެ މަދުވެގެން 50% ދިވެހިން މަސައްކަތްކުރަންޖެހޭނެ ކަމަށް އޮތް އޮތުމުގެ ބަދަލުގައި 100% ދިވެހިން އުޅޭ ރިސޯޓުތައް ގާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް ޒަކީ ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް ސިޔާސަތު ހާމަކުރެއްވުމުގައި ޒަކީ އިތުރުން ބައިވެރިވެލެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަލީ ޝިޔާމު (ތްރީއޭ) އެވެ. އަލީ ޝިޔާމް ހާމަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން ރިސޯޓްތައް ބިޑްކުރާއިރު ނަގާ އެޑްވާންސް ފައިސާ އެމްޑީޕީގެ ސަރުކާރަކުން ނެގުން ހުއްޓާލާނެއެވެ. އަދި ރާއްޖޭގައި ވަޒީފާއަށް ނިކުންނަ މީހުން އެންމެ ގާބިލް ބަޔަކަށް ހެދުމަށްޓަކައި ވަޒީފާގެ ސިޔާސަތާއި ތައުލީމީ ސިޔާސަތު ބަދަލުކޮށް އެކަމަށް އެންމެ އެކަށޭނެ ގޮތްތަކެއް ގެންގުޅުއްވާނެއެވެ.
ވަޒީފާގެ ސިޔާސަތު ހާމަކޮށްދެއްވީ އެމްޑީޕީގެ ހިޔަނި ވަޒީރު ތަނޑިރަތްމާގޭ މުހައްމަދު ޝަފީގެވެ. ޝަފީގު ވިދާޅުވި ގޮތުގައި ވަޒީފާއަށް ނިކުންނަ މީހުން ގާބިލްބަޔަކަށް ހެދުމަށްޓަކައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިންސްޓިޓިއުޝަންތައް ގާއިމްކުރާނެއެވެ. އަދި ނާސިރު ދައުރުގައި ފެށާ އަދިވެސް އެފެންވަރުގައި ހުރި ވޮކޭޝަނަލް ޓްރޭނިން ސެންޓަރުތަކުގެ ފެންވަރު ރަގަޅުކުރައްވާނެއެވެ.
މީގެ އިތުރަށް ޒަކީ މިއަދު ހާމަކުރެއްވި ގޮތުގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިހާރުގެ ސަރުކާރުން ރިސޯޓްތަކުގެ ބިޑް އިވިލުއޭޓް ކުރުމަށް ގެންގުޅެމުންދާ ބޭއިންސާފު ގޮތްގަނޑު ހާމަކަން ބޮޑު ގޮތަކަށް ބަދަލުކުރުމަށާއި ކުއްޔަށް އިސްކަން ދީގެން ރިސޯޓްތައް ހަވާލުކުރުން ހުއްޓުވުމަށް އިސްކަން ދެއްވާނެއެވެ.
ކަލޭމެނަށް ކޮންކަމެއް ކޮއްދެވޭނީ ފުރަތަމަ. ކަލޭމެނަކީ އިސްލާމް ދީން ވެސް ގަބޫލުކުރާ ބައެއްނޫން. ބުނަންތަ ފާޑުފާދުގެ ވާހަކަ ނުދައްކާ ތިބޭ. ޔަހޫދީންނަށް މިޤައުމަކު ޖާގައެއް ނެތް. މާތްﷲ އިރާދަ ކުރެއްވިޔާ ކަލޭމެނަކަށް ވެރިކަމެއް ނުދެއްވާލެ. މިވާހަކަ މިދައްކަނީ ވަރަށް ގިނަ ހެކިތަކެއް ކަލޭމެންގެ މައްޗަށް ހުރުމުން.
Comment by ahmaru — September 22, 2008 @ 5:59 pm
އައްނި އަކީ މައުމޫނުގެ ޙުދުމުހުތާރު ވެރިކަން ބިމާ ހަމަކޮށް އަޅުގަޑުމެންނަށް މަދަނީ މިނިވަންކަން ހޯދާދެއްވި ބާނީ.
މިއީ ދިވެހި ތާރީޚުގެ ފަތްފޮތް ތަކުގައި ލިޔެވިގެންދާނޭ ހަގީގަތެއް.
އަޅުގަޑުމެން ބޭނުންވަނީ އައްނި ކަހަލަ ސާފް ސީދާ ބޭފުޅެއް
މިއަދު ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވަމުންދާ ބޭފުޅުންނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީން ބޭނުންކުރާބަޔަކަށް ވުމެވެ.
Comment by Shahym — September 23, 2008 @ 10:36 am
ހެއްކެއް ނެތް އެކަކު އަތަކުވެސް. ވާހަކަ ދައްކާތި ހަމަ ދައްކަނީ. އަހަރުމެންނަށް އެނގޭ މައުމޫނަކީ ކޮންކަހަލަ ދޮގު ހަދާ މީހެއްކަން. އޭނާ ވަނީ މީގެ ކުރިން އިސްލާމްދީނުގެ ސޭހުންގެ ފަރާތުން ވެރިކަމަށް ގެއްލުމެއް ވެދާނެތީވެ އެމީހުންނަކީ ކްރިސްޓިއަން ދީން ފަތުރާ މީހުންނޭ ކިޔާފަވެސް. މިކަން އެންމެ ރަގަޅަށް އެނގޭނީ ނޫރުލް ގުރުއާންގެ ފައުޒީއަށް. ދިވެހިންނަށް އަދިވެސް ހާދަ ނުވިސްނެއޭ ދޯ. މިގައުމަށް މިހާރު ބޭނުމީ ހަމަ އަންނި، އެހެން ދެވެނަ ޗޮއިސްއެއް ނެތް އަހަރުމެން އަތަކު
Comment by Anonymous — September 23, 2008 @ 10:49 am
ަަަަަަަޓުރެވެލް އެޖެން ސީތަކައް ކޮންކަހަލަ ކުރިއެރުން ތަކެއްތޯ އޮތީ؟
Comment by Mohamed — September 24, 2008 @ 12:31 am