Wathan Edhey Gothah – MDP » ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން – ކެންޑިޑޭޓް ނަޝީދު

September 23, 2008

ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން – ކެންޑިޑޭޓް ނަޝީދު


ދިވެހި ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަންކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދެއްގެ ސަރުކާރަކުން ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ގެންގުޅޭނެ ސިޔާސަތު ހާމަކުރެއްވުމަށް ހޯމަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ތަނެއް ތަރައްގީކުރުމަށް ބޭނުންނަމަ އެތަނަކުން ކޮރަޕްޝަން ވީހާވެސް ކުޑަކުރުމަކީ ނުވަތަ ނައްތާލުމަކީ މަޖުބޫރު ކަމެކެވެ. އަދި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިކަންތައް ރާއްޖޭގައި ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރާއި މެދު ކަންބޮޑުވާކަން ނަޝީދު މިއަދު ހާމަކުރެއްވިއެވެ. އަދި މިއަދު ރާއްޖޭގައި ކޮރަޕްޝަން އަށަގެންފައިވަނީ ރިޝަވަތާއި ނުލާ ވިޔަފާރި އެއީ ނުކުރެވޭނެ އެއްޗެއްކަމަށް ރައްޔިތުންނަށް ހީވާ ދަރަޖައަށްކަމަށް ނަޝީދު ވިދާޅުވިއެވެ. ގައުމަކުން ކޮރަޕްޝަން ނައްތާލަން ބޭނުންނަމަ ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން އަދި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކޮރަޕްޝަން ސިޔާސަތު އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ފަރާތުން ހޯދި ހިޔާލުން އެނގުނު ޝަކުވާތައް ނޫސްވެރިންނަށް ހާމަކޮށްދެއްވީ ގާނޫނީ ވަކީލް މުރާދެވެ. އަދި އެމްޑީޕީން ކޮރަޕްޝަން ނައްތާލަން ގެންގުޅުއްވާނެ ސިޔާސަތު ހާމަކޮށްދެއްވީ ކެންޑިޑޭޓް ނަޝީދެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތު އެންމެ ބޮޑަށް އަމާޒުކުރައްވާނީ ރިޝްވަތާއި ހިޔާނާތާއި ކޮރަޕްޝަންގެ އެންމެހާ ކަންތައްތަކުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ކުރު މުއްދަތުގައި ކުރާނެ ކަންތަކާއި ދިގު މުއްދަތުގައި ކުރާނެ ކަންތައްތައް ނޫސްވެރިންނަށް ކިޔައިދެއްވީ ރަނިންމޭޓް ޑރ ވަހީދެވެ. މިގޮތުން ވަހީދު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރަކުން ރިޝްވަތާއި ހިޔާނާތައް ހާމކޮށް އާއްމުކުރާ ފަރާތްތަކުން ހިތްވަރުދީ ހަދާނެ ކަމަށާއި ކޮރަޕްޝަންގެ ސާބިތު މައްސަލަތަކުގައި ރާއްޖެއިން ބޭރަށް ގެންދާ ފައިސާ އަނބުރާ ރާއްޖެ ގެނެވޭ ކަހަލަ ގާނޫނެއް ފާސްކުރުމަށް ބާރުއަޅާނެކަމަށްވެސް ޑރ ވަހީދު ފާހަގަކުރެއްވިއެވެ.

21 Comments

  1. ހަގީގަތުގަ ސާބެ (އަންނި ގެ ކޮއްކޮ ޔަކާ އިދެގެން އުޅޭ) ވޯޓް ދިނީ މައުމޫނަށް . އަލީ ފާއިޒު އާއި ފުއާދު ތައުފީގު ވޯޓް ދެއްވީ މައުމޫނާ އިދިކޮޅަށް . . ވަރަށް ދެރަ ވެއްޖެ ފުއާދު ގެ އަގުވެއްޓޭ ގޮތަށް ލިޔެފަ އޮތީމަ. ތިބޭފުޅުން އައްސަވާ ފުއާދު ކާރިން.. އަންނި ހަދާފަ އޮތް ޑީލް ގެ ދަށުން ސާބެ އަށް މަޖުބުރުވީ މައުމޫނަށް ކުރިމަތި ލެވޭ ގޮތައް ވޯޓް ދޭން.. އަޅުގަޑު މި ރޯދަމަހު ހިފި ހުރިހާ ރޯދައެއް އެއީ ރޯދައެއް ނޫން މި ބުނި ވާހަކަޔަކީ މިކަމުގެ ހަގީގަތް ނޫނިއްޔާމު. އައްސަވާ.. ބައްލަވާ. އަދި އެއްފަހަރު ވިސްނަވާ. އޭރުން އަޅުގަޑު މިބުނީ ތެދު ކަން އެގޭނެ.

    Comment by shabeer — September 23, 2008 @ 7:22 am

  2. ހުރިހާކަމެއްގެ ހުރަހަކީ މިހާރުގެ ވެރިމީހާ ކަމާމެދު ވިސްނޭ.

    Comment by Ahmed Rashyd — September 23, 2008 @ 10:09 am

  3. މިކަންތައް ކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް

    Comment by Anonymous — September 23, 2008 @ 10:44 am

  4. އަންނި ތިކުރައް ވާ ހިއްވަރަށް ހަމަ ސާބަސް ތިކުރައްވާ ހިއްވަރަށް މާތްﷲކާ މިޔާބު ދެއްވާށި އަބަދުވެސް އަޅުޤަނޑުމެން ނާ އެކު ތިއަޒުމުގައި ހުންނަވާތި

    Comment by Anonymous — September 23, 2008 @ 10:56 am

  5. އަންނި ތިކުރައް ވާ ހިއްވަރަށް ހަމަ ސާބަސް ތިކުރައްވާ ހިއްވަރަށް މާތްﷲކާ މިޔާބު ދެއްވާށި އަބަދުވެސް އަޅުޤަނޑުމެން ނާ އެކު ތިއަޒުމުގައި ހުންނަވާތި

    Comment by shaba — September 23, 2008 @ 10:57 am

  6. ސާބަސް އައްނިއާއި ޑ ވަހީދު ތިޔަކުރައްވާ މަސައްކަތައް އަހަރެމެން ސީއެޗްއެސްއީގެ ދަރިވަރުން މިތިބީ ތިޔަ ދެ ބޭފުޅުންގެ ފަހަތުގައެވެ. މި މަދަރުސާގެ ވޯޓްލެވޭ ކުދިންގެ އިންސައްތައިގެ 85 އިންސައްތައަކީ އައްނިގެ ވޯޓް. ….
    = ސީއެޗްއެސްއީގެ ފަރާތުން ކެމްޕެއިނާއި ހަވާލުވެހުރި ބޮޑުމީހާ ދެއްވަދޫ އަޝްހަދް (ބޮގަންބޯ) =

    Comment by ashadh (boganboa) — September 23, 2008 @ 12:38 pm

  7. ޑިއޯސައްޕޭ މެން ވަކިވިއަސް އަހަރެމެންގެ އަޒުމަކަށް ބަދަލެއް ނާދެ އެމްޑީޕީ ހަމަ ބަރާބަރު އަބަދުވެސް އިސްލާހަށް މަސައްކަތް ކުރަނީ އެމްޑީޕީ އެށްވެސް ޕާޓީއެއްގެ ފަހަތުން އެމްޑީޕީ އަކަށް ނުޖެހޭނެ ދާކަށް އެހެން ޕާޓީތަށް އަވަހަށް އެމްޑީޕީ ފަހަތުން އާދޭ އައްނި އަށް އށްސަރިބަހާ ސާބަސް

    Comment by mohamedyoosuf — September 23, 2008 @ 2:10 pm

  8. އަންނި މި ފާއިތުވި 3 އަހަރުތެރޭގައި ރާއްޖެއަށް ކޮށްދެއްވި ހިދްމަތުގެ އަގު މައުމޫނު 30 އަހަރު ދުވަހުތެރޭގައި ކޮށްދެއްވި ހިދުމަތަށްވުރެ ބޮޑު. ޝުކުރިއްޔާ! އަންނި.

    Comment by New Dhivehi Observer — September 23, 2008 @ 2:47 pm

  9. އެގޭތަ؟ އެސްއެމްއެސް ޕޯލްތަކުން އަންނި ކުރިހޯއްދަވާފައިވާތީ އިދިކޮޅު ފަރާތްތަށް މާޔޫސްވެ ގޮތްހުސްވެގެން ވަރަށްތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދައްކަނީ… ދެން އެމީހުންނަށް ކުރިލިބުނުނަމަ ހަމަވަގުތުން ބޮޑެތި ނޫސްބަޔާންތަށްވެސް ނެރެފަ ބުނާނެ ރައްޔިތުންގެ ތާޢީދުއޮތްމިންވަރު ހާމަވެގެން ދިޔަކަމަށް އަދި ވޯޓް ދެއްވި ފަރާތްތަކަށް ނިހާޔަތަށް ޝުކުރު ދަންނަވާކަމަށް.. ކީއްކުރާނީ ހަސަދަވެރި މީހުންގެ ފަރާތުން ތަޢުރީފްގެ ބަހެއްނުލިބޭނެ… އެމްޑީޕީ ކުރިއަށް ދިވެހިރާއްޖެ ކުރިއަށް!

    Comment by Anonymous — September 23, 2008 @ 7:56 pm

  10. އަދާލަތުގެ ޝެއިހުން ބުނެފި ފުއާދުއޭ، ދެންމިތާ ކޮމެންޓްކުރި ޝަބީރެއް އޭނަގެ ރޯދަ ދިޔަސް ހެޔޮކަމަށް ބުނެފި ފުއާދުއެއް ނޫނޭ، ދެންމިދެން ކިހާދެރަކަމެއްދޯ!! އަހަރަމެންނަށް އަންނިއެއް އޮޅުވައެއް ނުލެވޭނެ! އެއޭ މީގެ 18 އަހަރުކުރިންވެސް ދަންނަމީހެކޭ! ތާހިރު މިސާލެއް ފަދަ ކެމްޕޭނެއްކޮއްގެން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑި ކާމިޔާބު ކޮއްފައިވާ އިއްޒަތް ތެރިއެކެވެ. ރައްޔިތުންގެ ބިރުކަނޑުވާލުމަށް ސީދާހަރަކާތަކީ ޑިމޮކްރަސީގެ ތަނބެއްކަން ދަސްކޮއް ދިން މީހެކެވެ. ރައްޔިތުންގެ ތާއީދު ލިބިގެން މައުމޫނަށްވުރެގިނަ ވޯޓް ހޯދައިގެން މިވެރިކަން ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްމީހެކެވެ. ޝޯޓްކަޓް ނަގައިގެން ޕެރެޑައިސަށް ދާން އުޅޭމީހެއް ނޫނެވެ.

    Comment by އަހުމަދު — September 23, 2008 @ 8:59 pm

  11. ހަމަ މިއަދުން ފަށައިގެން ރާއްޖޭގެ ހުރިހާހިސާބެއްގާ މެދުނުކެނޑި ރައްޔިތުނަށް ކޮންމެ ރެޔަކު މައުލޫމާތް ލިބޭނެ ގޮތްތަށް ލިބޭނެގޮތްތަކާއި އެމްޑީޕީގެ ޖަލްސާ ތަށް ބެލޭނެ ގޮތްތަށް ހަމަ ޖެއްސުން އެދެން!!!!!!!

    Comment by Ameen — September 23, 2008 @ 9:26 pm

  12. އޭ ސަބީރު ހެކިދަށްކާ އަދި އާންމު ކުރޭ އޭރުން ތިކަމާ ވިސްނާނަން އިގޭ
    ތޯތޯ ވާހަކަ ނުދަށްކާ

    Comment by Ahmed Rashyd — September 24, 2008 @ 10:51 am

  13. އަދާލަތު މީހުން އެމް.ޑީ.ޕީ އާ ބައިވެރިނުވީ ކެމްޕެއިންގަ އަންނިގެ ފޮޓޯ ޕޯސްޓަރ ތައް ނުހަދާތީ. ބަރުލަމާނީގަވެސް އަދާލަތުގެ އިސްވެރިން ފޫހުވީ އެމް.ޑީ.ޕީ އިން ސޫރަ ޖަހާފަ ޕޯސްޓަރ ނުހަދާތީ. އިސްލާމިކް ކެމްޕެއިންއެއް ކުރާތީ.

    Comment by Waheedh — September 25, 2008 @ 12:55 pm

  14. މައުމޫނުގެ ތައުލީމީ ބިޑް – 3 ޑޮކްޓަރުން.
    މައުމޫނގެ ފައިސާގެ ބިޑް – ގާސިމް ( ބީ،ޖީ.ސިމް)

    Comment by Waheedh — September 25, 2008 @ 1:04 pm

  15. މިޕާޓީއަކީ ހުސް މުނާފިގުންއުލޭ ޕާޓީ އެއް

    Comment by Ali Riyaaz — September 28, 2008 @ 5:56 pm

  16. އަލ ރިޔާޒް ތިހާބޮޑަށް ގާސިމް މަތިން ތިޔަފޫހިވީ އަނެއްކާ އަލީރިޔާޒު އަންހުން ގާސިމް ކައިރިޔައް ލޯނުނަގަން ދިޔައިމަ މައްލާ އަންހެނުންނަށް ހެދިހެން ހެދީތަ. ހާދަ ދެރޔޭދޯ. އެހެންވެގެންނޭ މަބުނަނީ ލާރިޔާގެން އުޅެންޏާ ވާނީ ތިޔަހެނޭ.

    Comment by Raabiyaa — September 28, 2008 @ 10:36 pm

  17. ރާބިޔާއަށް އެގޭތަ މަށައް ހެދިގޮތް. ފާޑުފާދުގެ ކޮމެނޓް ލިޔަންޏާ ގާސިމް ކުރި ހުރިހާ ކަމެއް ކިޔާދީފާނަން. ގާސިމްގެ ދޮށީ އަތްބަކަށްހުރެ ތިޔަވާހަކަ ދައްކާކައް ލަދެއްނުގަނޭތަ.

    Comment by Nasheeda — September 28, 2008 @ 10:39 pm

  18. ކޮރަޕްޝަން ނެތިކޮއްލަން ކުރަންޖެހޭނެކަމަކީ، ނައުމޫނު، ގާސިމް އަދި ހަސަނު ވެރިކަމަށް އަޔަނުދިނުން.

    Comment by veymandoo — September 28, 2008 @ 10:44 pm

  19. ދެންނޭންގުނެއްނުން. ގާސިމް ވަރުގެ ރަނގަޅު މީހެއް ނުލިބޭނެ މި ގައުމުގެ ވެރިޔަކަށް.

    Comment by fathiha — September 29, 2008 @ 12:33 pm

  20. ގާސިމުކީ ދެން ކާކު… ޗީޑި

    Comment by ayya — September 30, 2008 @ 5:40 pm

  21. ގާސިމް އިޒް ދަ މޭން!!ގާސިމް ހޮވޭނީ މިފަހަރު!!!!ދެން ލަލަލަލަ!!

    Comment by dhonkalo — September 30, 2008 @ 11:52 pm