އިންތިގާލީ ބާބާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީ ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލާ، ހޯމް މިނިސްޓަރ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލުން
މިހާރު އަމަލު ކުރަމުންދާ ގާނޫން އަސާސީއިން ވެސް ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްގާއި، ޕެންޝަނުގެ ޙައްގާއި، ހިފާހައްޔަރު ކުރުމުގައާއި، ތަހުގީގާއި ޝަރީއަތުގެ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ޙައްގު ފަދަ މުހިންމު އެތަކެއް ޙައްގުތަކެއް ދިވެހިރައްޔިތުންނަށް ލިބިނުދީ ހިފަހައްޓާފައިވަނީ، ގާނޫނީ ހަމަތަކުން ބޭރުގައި ޑީއާރުޕީން ވެރިވެގަނެގެން އުޅޭ މިހާރު މިއޮތް ސަރުކާރާ، އެސަރުކާރުގެ ވާގިވެރިންގެ ހީލަތްތެރި ރޭވުމުންނެވެ. ހަމަ މިދެންނެވި މީހުން އިސްވެތިބެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ […]