ހުވަދު އަތޮޅުގެ ދެބުރިއަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ދެއަތޮޅުކަމަށާއި މުޅި ހުވަދޫން އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ގދ އަތޮޅުގެ ރައްޔިތުންނާއި ބުދަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަމުންނެވެ. މިބައްދަލުވުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތުގައި ގދ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް އެދެމުންދާތީވެ އެކަންތަކުގައި އެންމެ ބޮޑަށް އުޅެވޭނެ ގޮތެއް ހޯދުމަށާއި ކެންޑިޑޭޓް […]
[ވިދާޅުވޭ...]
ސުނާމީގައި ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަސްހާހަށްވުރެ ގިނަ މީހުންނަށް އެމްޑީޕީގެ ސަރުކާރަކުން އެއްއަހަރުތެރޭގައި އިންސާނުން ދިރިއުޅޭން ކަމުދާ ފެންވަރުގެ ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަޢުދުވެވަޑައިގެންފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ނޫސްވެރިންނަށް ތަފްސީލުކޮށްދިނުމަށް އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ހަރުގޭގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު […]
[ވިދާޅުވޭ...]
އއ އަދި އދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި އެމްޑީޕީގެ އިސްބޭފުޅުންގެ ވަފްދެއް އަންގާރަ ދުވަހު ދަތުރުފުޅެއް ފައްޓަވާނެއެވެ. އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި އިބްރާހިމް ހުސައިން ޒަކީގެ އިސްކޮށް ހުންނަވާ މިވަފްދު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ އދ އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން އެންމެ ފުރަތަމަ މިވަފްދު ޒިޔާރަތްކުރައްވާނީ ހަންޏާމީދޫއަށެވެ، އެރަށަށްފަހު އަންގާރަ ދުވަހު ދިޔުމަށް ހަމަޖެހިފައިވަނީ އޮމަދޫ، ކުނބުރުދޫ، ދިގުރަށް، ދިއްދޫ އަދި މާމިގިއްޔަށެވެ. މީގެން ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް […]
[ވިދާޅުވޭ...]
ރާއްޖޭގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ގއ އަތޮޅުގެ ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ޒިޔާރަތްކުރެއްވުމަށްފަހު އެރޭ އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުގައި ދާއަޅައިގެން މަސްކޮޅު ގެންދިޔުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެކަމުގައެވެ. އަދި މިކަންކުރައްވާނީ މިހާރު ހަމައެކަނި ގައުމުގެ ރައީސްގެ ސަލާމަތަށްޓަކައި އުޅޭ […]
[ވިދާޅުވޭ...]
ހުކުރުދުވަހުގެ ރޭ މާފަންނު މަދަރުސާގައި އޮތް މިބައްދަލުވުމުގައި މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޒުވާނުން ކިޔަވާކުދިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖީސީއީ އޯލެވަލް ރަށުން ނިންމުމަށްފަހު އަލުން މާލެ އައިސް ހަމަ އެފެންވަރުގައި ކިޔެވުމަށް އިށީންނަން ޖެހުމެވެ. މިކުދިން ކިޔެވުމަށްޓަކައި އުޅޭ ހާލު އެމްޑީޕީއަށް އެނގޭކަމަށާއި އަދި އެމްޑީޕީގެ ވެރިކަމެއްގައި މިކުދިންނަށް ހިތްހަމަޖެހިގެން ތިބެ، ހާސްކަމެއް ނެތި، މެދުކެނޑުމެއް ނެތި އަދި އަލުން ކިޔެވުމަށް “ރިސިޓް” ކުރަން ނުޖެހޭ ގޮތެއް ހައްދަވާދެއްވާނެ […]
[ވިދާޅުވޭ...]
ކެމްޕޭނުގެ ހަރަކާތްތެރީންނާއި، އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް، ހެޔޮ ދުއާ ސަލާމަށްފަހު ލިޔަމެވެ. ‘ތާހިރު ދިރިއުޅުމަކަށް’ އަޅުގަނޑު ފެށި ކެމްޕޭން ހިންގުމުގައި، އަޅުގަނޑަށް ތިޔަ ފޯރުކޮށްދެއްވި ހިތްވަރާ އަގު ނުކުރެވޭފަދަ މަސައްކަތަށްޓަކައި، ތިޔަ އެންމެހާ ބައިވެރިންނާ ހަރަކާތްތެރީންނަށް ހިތުގެ އަޑީން ޝުކުރު އަދާކުރަމެވެ. އެމްޑީޕީގެ ފުރަތަމަ ޕްރެޒިޑެންޝަލް ޕްރައިމަރީގައި ކެންޑިޑޭޓް ނަމްބަރު 3 ގެ ގޮތުގައި އަޅުގަނޑު ވާދަކުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހަމަގައިމުވެސް ތިޔަ މެމްބަރުންނާއި އެކުވެރީން އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަދި، ހެޔޮ ބަދަލަށްޓަކައި ތިޔަ […]
[ވިދާޅުވޭ...]

Mohamed Munavvar: 2,394 (21.4%)
Reeko Moosa: 989 (8.4%)
Mohamed Nasheed (Anni): 7,656 (68.4%)
Invalid Votes: 161 (1.4%)
Total turnout: 11,200.
These results are derived from www.mdp.org.mv on 26th April 2008 at 9:50pm
more information:
Minivan News
Dhivehi Observer
Haveeru News
MDP
[Read More...]