އެމްޑީޕީ އިއްތިހާދުގެ އަނެއް ދިވެހިރާއްޖެ ކެމްޕޭން ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އެދިލައްވައިފިއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިގޮތަށް އެދިލެއްވީ އެމްޑީޕީގެ ފުރަތަމަ ރަޖިސްޓްރީ ކުރި ގޮފިކަމުގައިވާ ޖަންބުގޮފީގެ ފަރާތުން އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހަރަކާތްތައް ހިންގުމަށްޓަކައި ރޭ ހުޅުވި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މިޖަގަހަ ހުޅުވުމަށްޓަކައި ކެންޑިޑޭޓް ވަޑައިގެންނިވީ ޖަގަހައާއި ޖެހިގެން ހުރި ބައެއްގޭގައި ދިރިއުޅޭ […]
September 23, 2008
އެޓޯލް ރޭޑިޔޯއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު ބޭފުޅެއް ބެލުމަށްޓަކައި އެޓޯލް ރޭޑިޔޯގެ ފަރާތުން ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފިއެވެ. އެސްއެމްއެސް ފޮނުވައިގެން ވޯޓުލެވޭ ގޮތަށް ހަފްތާއެއް ތެރޭގައި ކުރިޔަށް ގެންދިޔަ މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ %71 އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ކުރައްވައެވެ. މުޅި އެކު 7000 […]