Wathan Edhey Gothah – MDP » editor

August 21, 2008

ހަރުގޭ “ތިލަދުންމަތީ ނައިޓް” ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ

އެމްޑީޕީގެ ތިލަދުންމަތީ އަޑު ގޮފިން ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ހޯދުމަށްޓަކައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރުގޭ “ތިލަދުންމަތީ ނައިޓް” ހޮނިހިރު ދުވަހުގެ ރޭ ބާއްވާނެއެވެ. މިކަންތައް އިންތިޒާމްކުރައްވާ ބޭފުޅެއް މައުލޫމާތު ދެއްވި ގޮތުގައި ހޮނިހިރު ދުވަހު ހަރުގޭގައި އޮންނާނެ ކަންތައްތަކުގެ ތެރޭގައި ތިލަދުންމައްޗަށް ނިސްބަތްވާ ރައްޔިތުންގެ ޚިޔާލު ހޯދުމާއި އެބޭފުޅުންގެ މައުލޫމާތު އެއްކުރުމާއި މުހައްމަދު ނަޝީދަށް ތާއީދުކޮށް ތިލަދުންމަތީގެ ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވުން އޮންނާނެއެވެ. މިހަރަކާތުގައި ވީހާވެސް ގިނަ […]

[ވިދާޅުވޭ...]

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މެދުރާއްޖޭތެރެއަށް މި ހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މެދުރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް މިހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެއެވެ. އެމްޑީޕީގެ ކެމްޕޭން އޮފީހުން މައުލޫމާތު ދޭގޮތުގައި މިދަތުރުފުޅުގައި ކެންޑިޑޭޓް ޒިޔާރަތް ކުރައްވާނެ އަތޮޅުތަކަކީ ފ، މ، ތ، ދ އަށެވެ. ހުކުރު ދުވަހު ފައްޓަވާ ނިންމަވާލެއްވުމަށްފަހު ކެންޑިޑޭޓް މާލެއައުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ ރެއެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ކެންޑިޑޭޓް ވަޑައިގަންނަވާނީ ފ އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން ހުކުރު ދުވަހު އެއަތޮޅުގެ ފަސް ރަށަށް ޒިޔާރަތްކުރައްވާނެއެވެ. ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު […]

[ވިދާޅުވޭ...]

August 20, 2008

އެމްޑީޕީގެ ލީޑަރޝިޕްއިން މާލެއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ކާމިޔާބުކަމާއި އެކު ނިންމާލައްވައިފި

ދިވެހި ރައްޔިތުން ދިރިއުޅުމަށް ހޭދަކުރުމުންދާ ޚަރަދުތައް އެމްޑީޕީގެ ސަރުކާރެއްގައި ކުޑަކޮށްދެއްވާނެކަމުގެ ވަޢުދު ރައްޔިތުންނަށްވުމަށްޓަކައި ޕާޓީގެ ލީޑަރޝިޕްއިން މާލެއަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅު ކާމިޔާބުކަމާއި އެކު ނިންމާލައްވައިފިއެވެ. އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އިސްކޮށް ހުންނަވައިގެން ކުރެއްވި މިދަތުރުފުޅުގައި ދެދުވަހުގެ ތެރޭގައި މާލެ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. މިގޮތުން ހޯމަ ދުވަހު ޒިޔާރަތްކުރައްވާފައިވަނީ ކާށިދޫއަށާއި ދިއްފުއްޓަށެވެ. ކާށިދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށުގެ ގެތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާ ދޮރުން […]

[ވިދާޅުވޭ...]

August 19, 2008

ރައްޔިތުންގެ ދިރިއުޅުމުގެ އަގުތިރިކުރުމުގެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކުރުން – ކެންޑިޑޭޓް ނަޝީދު

ރައްޔިތުންގެ ދިރިއުޅުމަށް ހޭދަކުރަންޖެހޭ އަގު ތިރިކޮށްދިނުމަށް އެމްޑީޕީންގެން ގުޅޭނެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކޮށް ބޭއިންސާފު ޓެކްސްތައް ކަނޑާލުން ކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީގެ ސަރުކާރަކުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ތިރިކޮށްދޭނެކަމަށް ވެފައިވާ ވައުދު ފުއްދާން ބޭނުންކުރާނެ ސިޔާސަތު ހާމަކުރުމަށްޓަކައި މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އަލްފްރެސްކޯ ކެފޭގައި ބެއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި ތަކެތީގެ އަގު […]

[ވިދާޅުވޭ...]

August 17, 2008

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް –ކެންޑިޑޭޓް ނަޝީދު

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މިއީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނެކޭ
އެއްވަރަށް ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އަދި ސަރުކާރަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން މިހަފްތާގެ “ވަޢުދު ކަމުގައިވާ ދިރިއުޅުމުގެ އަގު ތިރިކުރުން” އާއްމުކުރުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ގައުމެއްގެ އިޤްތިސާދު ހަލާކުވުމަށް ދިމާވާ އެންމެ އިސް ސަބަބަކީވެސް ދިރިއުޅުމުގެ އަގު ރައްޔިތުންގެ އަތްމައްޗަށް ނުކުޅަދާނަވަރަށް މަތިވެގެން ދިޔުމެވެ.

[ވިދާޅުވޭ...]

August 16, 2008

ޒުވާނުންނަށް އަމާޒުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕެއިން އިން މިއުޒިކް ޖޭމް ސެޝަނެއް ބާއްވައިފި

އަނެއް ދިވެހި ރާއްޖޭގެ ކެމްޕެއިން އިން ޒުވާނުންނަށް އަމާޒުކޮށް ފްރީ މިއުޒިކް ޖޭމް ސެޝަނެއް ބާއްވައިފިއެވެ. ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގެ ހިތްފަސޭހަ މައިޒާނުގައި ބޭއްވި މި ޖޭމް ސެޝަނުގައި ތިން ބޭންޑަކުން މިއުޒިކް ކުޅެފައިވެއެވެ. އަދި ވަކި ފަންނާނުންގެ ހުނަރުތައްވެސް މިތަނުން ފެނިގެން ގޮސްފައިވެއެވެ. އަނެއް ދިވެހި ރާއްޖެ ކެމްޕެއިންގެ ޔޫތު ގްރޫޕުން މައުލޫމާތު ދޭގޮތުގައި މި ސެޝަނުގައި ކުޅުނު ބޭންޑްތަކަކީ މޮބައިލް ޕަލްޕް، ފިޔުލް އިންޖެކްޝަން އަދި ކުރީގެ މަޝްހޫރު ބޭންޑް ސީޗައިލްޑްގެ […]

[ވިދާޅުވޭ...]

August 14, 2008

[Read More...]

Previous Page »« Next Page