އަލްޖަޒީރާ އިނގިރޭސި ޗެނަލްގެ ވަންއޯވަން އީސްޓް ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފިއެވެ. މަޝްހޫރު ޝޯ ޕްރެޒެންޓަރ ފައުޒިއްޔާ އިބްރާހިމް ހުށަހަޅައިދޭ މިޝޯއަށް ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ދެއްވި އިންޓަވިއުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް ނަޝީދު ކޮށްދެއްވާނެ ކަންތައްތައް ހާމަކޮށްދެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް މިންވަރު ސަބަބާ އެކު ނަޝީދު ހާމަކޮށްދެއްވިއެވެ. ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން […]
[ވިދާޅުވޭ...]
ހަތް ސިޔާސީ ޕާޓީ ގުޅިގެން ހިންގަމުންދާ “ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެ ޖަގަހައެއް ހުޅުވާ، އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ހުކުރު ދުވަހުގެރޭ ހުޅުވި ދެޖަގަހައަކީ ހ. ދޮންއަންނާރުގޭގައި ހުޅުވި ގާމަގު ޖަގަހައާއި މ. ވިލުފުށީގައި ހުޅުވި “ޕިންކް ޖަގަހަ”އެވެ. މިދެޖަގަހަ ހުޅުވައިދެއްވުމުގައި ހަތްސިޔާސީ ޕާޓީގެ އިސްބޭފުޅުންނާއި އެކު އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަތެވެ. ޖަގަހަ ހުޅުވުމުގެ އިތުރުން ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާ […]
[ވިދާޅުވޭ...]
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގެން މަޖިލީހުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފިއެވެ. އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މި ޖޮއިންޓް ގްރޫޕްގެ ލީޑަރ އަދި މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މި ގްރޫޕް އުފެއްދެވީ މަޖިލީހުގައި މިހާރު ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ލިޑަރުންގެ އެއްބަސްވުމެއްގެ މަތީންކަމުގައެވެ. އަދި މި ގްރޫޕްގެ މަގާމްތަކަށް މެމްބަރުން ހޮވާފައިވަނީ މަޝްވަރާގެ މަތީން މަގާމްތަކަށް ހުރިހާ […]
[ވިދާޅުވޭ...]
ދިވެހި ރާއްޖޭގެ ހާކިމާގެ ގޮތުގައި މައުމޫނު އަބްދުލް ގައްޔޫމު ހުރެގެން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކުރައްވާ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ދީނޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދައްކަވަމުން ގެންދަވާނަމަ އެކަންތަކާ އަޅާ ނުލާ މަޑުން ނުތިބެވޭނެކަމަށް އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް ޝައިހް އާދަމް ނަސީމް (ބީއޭ) ވިދާޅުވެއްޖެއެވެ. ނަސީމް މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ ސަރުކާރަކުން ގެންގުޅުއްވާނެ ދީނީ ސިޔާސަތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ. ރައީސް […]
[ވިދާޅުވޭ...]
އަލިވިލޭ ދުވަހަކަށް ކުރި އިންތިޒާރު ހަނދުމަފުޅު ވޭތޯއެވެ؟ އެ ދުވަހަކީ 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަސް ކަމުގައި ވުމުގެ ހެޔޮ ތައުފީގް އަޅުގަނޑުމެންނަށް ދެއްވާށިއެވެ. ރައްޔިތުން ހޭލައިފިކަމުގެ ހެކި އަޅުގަނޑުމެން ދުށީ، މި ދިޔަ 8 އޮކްޓޯބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. އެ ބުރު ނިމިގެން ކަންތައްތައް ވަމުން އައިސްފައިވާ ގޮތް، ތިޔަ އެންމެހާ ބޭފުޅުންނަށްވެސް މިހާރު އޮންނާނީ އެނގިވަޑައިގެންފައެވެ. ވޯޓުދިން މީހުންގެ 60 އިންސައްތަ ބޭނުންވީ، އެހެން ވެރިކަމެއް މި […]
[ވިދާޅުވޭ...]